ކުޑަ ކުއްޖާގެ ފުއްޕާމެއިން ނެގި ލެގޯ--
20 އޮކްޓޯބަރ 2019 - 10:27
އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި، ކުޑަކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކެއް މިއަދު ނަގައިފި އެވެ.
އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހަ އަހަރު ކުއްޖާގެ އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ފުއްޕާމެއިން ލެގޯ ބްރިކް ނެގުމުގެ އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލްގެ ފުއްޕާމެ އާއި ނޭވާލާ ނިޒާމާ ބެހޭ ހާއްސަ ޑޮކްޓަރުންގެ ޓީމަކުންނެވެ.
ފުއްޕާމެއިން ނަގާފައިވަނީ ކުޑަ ލެގޯ ބްރިކެކެވެ.
6 އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެެއިން ލެގޯ ކޮޅެއް އައީ.ޖީ.އެމް.އެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުން 6 އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ކާމިޔާބު ކަމާއި އެކީ ނަގައިފި. ކުއްޖާގެ ހާލު ރަނގަޅުވަމުންދަނީ. pic.twitter.com/MQ4pG0KYE8
— IGMH (@igmhmv) October 20, 2019
ދިރުނު ލެގޯ ކޮޅު ނެގުމަށް އޮޕަރޭޝަން ކުރަނީ---
ބޮޑަށް ބެލެވޭގޮތުގައި އެ އެތިކޮޅު ކުއްޖާގެ ފުއްޕާމެއަށް ދިޔައީ ނޭފަތަށް ލައިގެން އުޅުމުގެ ތެރޭގަ އެވެ. މިކަހަލަ އެއްޗެއް ދިރުވާލެވިގެން ފުއްމާޕެއަށް ދިއުން ނާދިރު ކަމަށް ޑޮކްޓަރުން ބުނެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާ ނުގުޅޭތީ، މިކަމާ ބެހޭ އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނާ
26 October 2019
ޢެންމެ ތުއްތު އިރުން ފެށިގެން ކުރަންވީ ކަންތަކާ ނުކުރަންވީ ކަންތައް އުމުރާ ގުޅޭ ގޮތަށް ކިޔައިދޭން ޖެހޭ އެކަން ނުކުރެވޭތީ މައްސަލައަކީ ނުކުރާށޭ ބުނެފަ ދޫކޮށްލާ އިރު ވީވަރަކުން ސަބަބު ބުނެދެވޭ ނަމަ ގަބޫލު ކުރޭ
މާއިން
21 October 2019
ކުދިން ގެންގުޅެވޭގޮތް އެއީ މިފަދަ ކަންކަން ހިންގުމަށް މެދުވެރިވާ ސަބަބު. ވަރަށް ގިނައިން ފެންނަ މަންޒަރެއް، ކުދިންނަށް ކާންދޭން މިޖެހެނީ އެކުދިންގެ ފަހަތުން ދުވަމުން ނޫނީ ގޭގެ ދޮރުމަތީ ބައިންދައިގެން، ނޫނި ފޯނު، ޓީވީ ދައްކައިގެން. އޭގެ ބަދަލުގައި ގާންދޭ ގަޑިގައި ކާމޭޒު ކާރީގައި ތިބެގެން ކާން ދަސްކޮށްދޭންޖެހޭ. މަޑުން ތިބުމަކީ ކުޑަ ކުދިންނަށް ވަރަށް އުނދަގޫ ކަމެއް، އެކަމަކު އެއީވެސް އެކުދިންވެސް ދަސްކުރަންޖެހޭ ކަންކަން.
މަތީން
21 October 2019
ރާއްޖޭގައި މިއަދު މައިންބަފައިްނގެ ވިސްނުން ހުންނަ ގޮތަކީ ކުޑަ ކުއްޖެހޭ ކޮންމެ ކަމެއްވެސް "އެކްސްޕޮލޯ" ކުރަން ދޭންޖެހޭނެ، އެކުދިން ބޭނުން ކަމެއް ކުރެވެންޖެހޭނެ. މިހެންވެ ކުޑަކުދިން ބޮޑު ވަމުން އަންނަ އިރު ކުރަންވާ ކަންކަމާ ކުރަންނުވާ ކަންކަން އެކުދިންނަށް އެންމެ ރަގަޅަށް ބުނެ ނުދެވި މިއޮންނަނީ. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނޭ، ކުދިން ކަންކަން "އެކްސްޕޮލޯ" އަދި ކުޅުމުގައިވެސް.
ވޯލް
21 October 2019
6 އަހަރުގެ ކުއްޖަކު ނޭފަތަށް އެއްޗެހި ލުމަކީ ދަރަކަމެއް. 6 އަހަރަކީ އެކުއްޖާއަށް އެފަދަ ކަންކަން ކުރަން ނުވާނެކަން ވިސްނޭ އުމުރެއް، ފަހަރުގައި މިކުއްޖާއަކީ އެެހެން ކޮންމެވެސް ކަމެއްގެ ސަބަބުން އެއުމުރުގެ ކުދިންނާ އެއްގޮަށް ވިސްނުން ހުންނަ ކުއްޖަކަށް ނުވެދާނެ، އެފަދަ ހާލަތުގައި އެކަހަލަ ކުދިންގެ އަތުޖެހޭ ހިސާބުގައި 3 އަހަރުގެ ކުޑަ ކުދިންނާ ނުގުޅެ ސާާމާނު ނުބެހެއްޓުމުގައި ސަމާލުކަން ދޭންވާނެ.
ޢަލީމް
20 October 2019
އަޅުގަނޑަށް އުފެދޭ ސުވާލަކީ ނޭފަތުން ދިޔަޔަސް ދިރުވާލައިގެން ދިޔަސް، ކަރާ ހިސާބުން ދެން އޭތި ދާނީ އެއް ޕެސެޖް އަކުން... ވީމާ، ނޭފަތައް ލުމުން “ބްރޮންކަސް”(ފުއްޕާމެއަށް ކަރުތެރެއިން ދާ ވައި ވަންނަ ތަން) ހުޅުވިފައި، ދިރުވާލައިގެން ނުހުޅުވެނީބާއޭ ސުވާލަކީ. ހަ އަހަރުގެ ކުއްޖެއްގެ ބައްޕައަކަށް ވެފަ، އުފެދުނު ސުވާލެއް
މޮހޮޖް
22 October 2019
ޔެސް. އަނގައިން ދާއިރު ކްލޯޒް ކުރާނެ އޮޓަމެޓިކުން. ބަޓް އަނގައިގަ އޮއްވައި ކިބިއްސެއް ކެއްސުމެއް އައިއްސިނަމަ ފުއްޕާމެއަށް ދަމައިގަތުމުގެ ފުރުޞަތު ބޮޑުވާނެ
ކަކުނިބޯ
20 October 2019
"އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާ ނުގުޅޭތީ، މިކަމާ ބެހޭ އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ." މީނާ މިމަޤާމުގައި ބަހައްޓާފައެ ހެރީ އައިޖީއެމްއެޗް އަށް ބަލަދުއަރާގެންތަ މި ހާރު މީ ބޮޑު ބޮލުގަރި ހުމަކަށް ވެއްޖެނު ބަލާލަބަލަ އައިޖީއެމް އެޗް ގެ ކޮންމެ ހަބަރެއްވެސް އޮންނާނީ މި ހެން
ޖަމްހަރީ
20 October 2019
ނޭފަތަށް ލެވޭ ވަރުގެ ލެގޯ ބްރިކް ހުރޭބާ؟ އަހަރެމެން ކުޑަ އިރު ކުދިން ނޭފަތުން އެންމެ ގިނައިން ނެރެނީ މަދޮށި
ވޯލް
21 October 2019
އާން. ލެގޯ ދުވަހަކުވެސް ނުދެޖެނީތަ؟ ވަރަށް ކުދިކުދި ލެގޯ ބްރިކްސް ހުރޭ.
އާސާމަނިކެ
20 October 2019
ބެލެނިވެރިން މިކަހަލަ ކަންކަމަށް ސަމާުލުކަން ދޭނީ ކޮންދުވަހަކުން ބާ؟
ފާތުން ނޮޓް މެޑަމް
20 October 2019
24 ގަޑި އިރު ކުލި ހޯދަން ގުލާނު ނުކޮށް ދަރިބަލަން ވަގުތު ވީ ދުވަހަކުން.
ބެލެނިވެރިން
20 October 2019
ދަރިން ލިބުނު ދުވަހަކުން ހިތައް އަރާނެ މި ކޮމެންޓް ނުކުރެވުނުނަމަ ދޯ އޭ..
ފުންއަސަރު
20 October 2019
ކިތަންމެ ބަލައިގެން އުޅުނަސް ކަމެއް ވެދާނެ. އެކަމަކުވެސް ކުދިން އަތުޖެހޭތަންތާ ކުޅޭއެއްޗެތީގެ ގޮތުގާ ކުދިތަކެތި ނުބަހައްޓާވޭތޯ މަސައްކަތްކުރަންވާނެ. އެކުދިންނަށްދޭ ކުޅޭތަކެއްޗަކީ އެކުދިންގެ އުމުރާގުޅޭ އެއްޗެތި ކަމުގާ ވާންވާނެ. އެކުދިން ކޮންމެފަދަކަމެއްވެސް ކޮށްފާނެ. އެކަމަކު އަހަރެމެންނަކީ ބޮޑެތިމީހުން. ދަރިންގެ ހައްގުގާ ބޮޑެތި ގުރުބާނީތައްވާ ފަރާތް. މަމެންވެސް ކަންކަމަށް ތަސައްރަފުފުދެންވޭ!
ހާމީން
20 October 2019
އަވަސް ޝިފާ އަކަށް އެދެން