އައިޖީއެމްއެޗް-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 މެއި 2025 - 11:21
ކުޑަކުދިންގެ އައިސީޔޫގައި ފެތުރުނު ނުރައްކާތެރި ބެކްޓީރިއާގައި ހާލު ދެރަވި ކުދިން ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ރޭ ބުނެފި އެވެ.
ނާޒުކު ހާލަތުގައި އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ގައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
އެކަމުގެ ތަފްސީލާއެކު ރޭ ނެރުނު ބަޔާނެއްގައި ބުނީ 28 ހަފުތާއަށް ވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓުކޮށް، ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ގައިން މާޗު 27 ގައި ނެގި ސާމްޕަލްއަކުން އެމްޑީއާރު "ބާކޯލްޑޭރިއާ ސްޕޭޝިއާ" ފެނިފައިވާ ކަމަށެވެ.
އެއާ އެކު، އެ ތަނުން އިތުރު ސާމްޕަލް ނަގައި އިންފެކްޝަން ކޮންޓްރޯލްކުރަން ފިޔަވަޅުތައް އެޅި ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ ފަހުން އިތުރަށް ނެގި ސާމްޕަލްތަކުން އެންއައިސީޔޫގެ ވެންޓިލޭޓަރުގައި ތިބި އިތުރު ހަތަރު ތުއްތުކުއްޖެއްގެ ގައިން އެ އިންފެކްޝަން ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުވަސް ނުފުރާ ވިހެއި ތިން ކުދިން އަދި ދުވަސް ފުރާ ވިހެއި ކުއްޖަކު ހިމެނެ އެވެ.
އެ އިން ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައި އެންޓިބަޔޮޓިކް ފަރުވާ ދެމުން އަންނައިރު، އެ ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި، ޖަރާސީމު ފެތުރުން ހުއްޓުވަން އެ ހުރިހާ ކުދިން އައިސޮލޭޓުކޮށް އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އެއާ އެކު، އިންފެކްޝަން ފެތުރުން ވަނީ ހުއްޓިފަ އެވެ. މިދިޔަ މަހުގެ 15 ގެ ފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައި ވެސް ނުވާ ކަމަށް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުންޏެވެ.
މި ވައިރަސް ފެނުނު ފަހުން 84 ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދީފައިވެ އެވެ. މި ވަގުތު ވެސް 10 ކުދިން އެޑްމިޓުކޮށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި އެ ވައިރަސް ޖެހިފައި ތިބި ފަސް ކުދިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
03 May 2025
ހުޅުމާލޭ ހޮސްޕިޓަލު ފާޚާނާވެސް އައިޖީއެމްއެޗް ފާޚާނާތައްވެސް ފެން ހިކިފަހުއްޓާ ނުފެނޭ. އަބަދުވެސް ފެނާއެއްކޮށް.
އައިމިނާ
03 May 2025
ދަރުމަވަންތަހޮސްޕިޓަލް ހުޅުވިގެން އުޅުނުއިރު ފާޚާނާގަ ޓިޝޫވެސް ހުރޭ މިހާރު ނުހުރޭ. އެކަމަކު އެތަނުގެ ފާޚާނާތައް ސާފުކޮށް ހުންނަނީ.
ކަލޭނޭ
02 May 2025
ޓިވާނީ ވިޓަމިން ކޭ ވެކްސިން ޖަހައިގެން ދިމާވި ވެކްސިން އެންޖުރީއެއް ފޮރުވަން އެހެންކަމެއް މަތި ކުރީކަމަށް. ތުއްތު ކުއްޖާއަށް މައިމީހާގާތުން ދޭ ކިރު ނޫން އެޗެއް ނުދޭށޭ ކިޔާ ދިރޭރަހަ އަދި އަލްމިނިއަމް އޫރު ދިޔަ އަދި ޅަދަރިން އެބޯޓުް ކޮށްގެން އެކުދިންގެ ދިޔަ އަޅައިގެން ހަދާފަ ހުރި ވެކްސިން ޖަހަން މަޖުބޫރު ކޮށް ދިމާވާ އެއްވެސް ކަމެއް ހާމަނުކޮށް ކިހާދުވަހަކު ހިފަހައްޓާ ލެވޭނެބާ؟ ޤައިމުވެސް ޤިޔާމަތްދުވަހުން މަސްޓް އާންސާ.
ޓެގުޓީމު
02 May 2025
ނިބްލައިޒްކުރާއިރު ސްޓެރައިލްނުކޮށް ދެވަނަ މީހާ ނުވަތަ ކުއްޖާ އިންޑިއާ ނަރުހުން އަދި ރާއްޖެ ނަރުހުން ފަރުވާ ދޭ.
89989889
02 May 2025
އައިޖީއެމްއެޗްއިން ސަފުކުރާ އެއްޗެހި ހުސްވި ވާހަކަ ނަމަނަމަ ނުޖަހާތި. ރަސްފަކަސް މާލެ އެ ބަ ހިއްއެއްނު ދަރާ ބޯހިކިގެން.
ނަމުރޫދު
02 May 2025
ޑިސައިންފެންކްޓް ވައިޕް ހޮސްޕިޓަލުން ހުސްވެ ނުލިބުނަސް މަނަވަރާއި މިސޭލާއި ޓޭންކަރާއި ޑްރޯން ގަންނަން ބައިތުލްމާލުގެ ލާރި ހުރޭ. ލަދުން ބޯހަލާކު
ޙބއހއހ
02 May 2025
ތުއްތު އެތަކެއް ފުރާނައެއް ނުރައްކަލަށް ހުށަހެޅުމުގައި އިހުމާލުވި މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މުޒާހަރާ ކޮށްލާނެ މީހަކުވެސް ނުވީ ސިޔާސީ ކަމަކަށް ނުވީމަތޯ؟
ޙަޤީޤަތް އހ
02 May 2025
މުޑުދާރު އިންޑީއާ ނަރުހުންނާ ޑޮކްޓަރުން އަރާ ޑިއުޓީގައި ކިހިނެތްތޯ ކުއްލިއަކަށް ތާހިރުވާނީ... ޜާއްޖޭގައި ކަން ކަން ލިޔާނި ހަމައެނި އަމަލެއް ނުކުރާނެ.. ޕުރޮޓޯކޯލް އޮންނާނީ އޮޅާލާފަ. ޑެންޓަލް ކުލިނިކުގަ ހުންނަ އެއްޗެހި ހިޔެއްނުވޭ ސްޓރައިލްކުރާހެންނެތް އަދި ހޮސްޕިޓަލުގަ ހުންނަ އާލާތްތައް ހިޔެނުއްނުވޭ ދެވަނަ މީހަކަށް ޔޫސް ކުރެވޭވަރަށް ސްޓެރައިލް ކުރާހެންނެތް.
އައިމިނާ
02 May 2025
ދޮށީއުމުރުގެ ފަރާތްތައް ވެސް އެޑްމިޓްކޮށް ފަރުވާދޭއިރު އެޑްމިޓްކޮށް ދެތިންދުވަހުން އިވޭނީ ކޮންމެވެސް އިންފެކްޝަނަކަށް ފަރުވާދޭ ވާހަކަ. ބަލިމީހުން ތިބޭ އެނދު ހުސްވިޔަސް ޑިޓޯލުން ސާފުވެސް ކޮށްނުލާ. ހަމަ އެކަނި އެނދުގެ އެއްޗެތި ނަގާލީމަ ނިމުނީ. އަނެއް ބަލިމީހާ ބާއްވަންވީ. ވަރަށް ފަރުވާކުޑަ. ކުރިން ރަނގަޅު
އައިމިނާ
02 May 2025
ހޮސްޕިޓާތަކުގެ ސާފުތާހިރުކަމުގެ ވާހަކަ ދައްކަންވެއްޖެ. ފިޒިއޮ ހަދާ ގަޑިތަކުގަ އެނދުމަތީ ބާއްވައިގެން ހަދަންޖެހޭ އެއްޗެހި ހަދާއިރު އެކަކު އޮށޯވެފަ އޮންނަ ބެޑްޝީޓް ބަދަލު ނުކޮށް އަނެކަކު އެބަ ބާއްވާ. ވަރަށް ބޮލަށް ފަސޭހަކޮށް ކަންފަސޭހަ ކޮށް އުޅެނީ. ކިޔާނީ ތިބެގެން ވ.ބިޒީ ބިޒީ.