ދެ ވަނަ ބޮޑު ހަނގުރާމައިގައި ފައްތާލި ޖަޕާނުގެ އަކާގީ މަނަވަރު.
22 އޮކްޓޯބަރ 2019 - 13:03
ޓޯކިޔޯ (އޮކްޓޯބަރު 22) - ދެ ވަނަ ބޮޑު ހަނގުރާމައިގައި ފައްތާލި ޖަޕާނުގެ މަތިންދާ ބޯޓު އުފުލާ ދެ މަނަވަރު ޕެސިފިކު ކަނޑުގެ އަޑިން ހޯދައިފި އެވެ.
އެމެރިކާ އާއި ޖަޕާނުން 1942 ވަނަ އަހަރު ބަދަލުކުރި ވައިގެ ހަމަލާތަކުގައި ވަނީ ހަތް މަނަވަރު ފައްތާލައިފަ އެވެ. އެއީ ޖަޕާނުގެ ހަތަރު މަނަވަރާއި އެމެރިކާގެ ތިން މަނަވަރެވެ. އޭގެ ތެރޭން ޖަޕާނުގެ އެއް މަނަވަރު ކަމަށްވާ "ކާގާ" ވަނީ މިދިޔަ ހަފުތާގައި ހޯދައިފަ އެވެ. އަނެއް މަނަވަރު ކަމަށްވާ "އަކާގީ" ހޯދާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
"ބެޓްލް އޮފް މިޑްވޭ"ގެ ނަމުގައި އެމެރިކާ އާއި ޖަޕާނުގެ ކަނޑުގެ ސިފައިން ޖޫން 4-7، 1942 ގައި ކުރި ހަނގުރާމައިގައި މިހާތަނަށް ހޯދިފައި ވަނީ އެމެރިކާގެ އެންމެ މަނަވަރެކެވެ. އެއީ 1998 ވަނަ އަހަރު ކަނޑު އަޑިން ހޯދި ޔޫއެސްއެސް ޔޯކްޓައުން މަނަވަރެވެ.
މަނަވަރުތައް ހޯދާފައި ވަނީ މައިކްރޯސޮފްޓުގެ ކޯ-ފައުންޑާ ޕޯލް އެލަންގެ ކުންފުނި ވަލްކަންގެ ޕިޓްރަލް އުޅަނދުންނެވެ.
މަނަވަރުތައް ހޯދާފައި ވަނީ ކަނޑުގެ 18،000 ފޫޓް (5،490 މީޓަރު) އަޑިންނެވެ.
ހަނގުރާމައިގެ ދުވަސްވަރު، ނޯތު ޕެސިފިކުގެ މިޑްވޭ އެޓޯލް އެމެރިކާ އިން ބޭނުންކޮށްފައި ވަނީ އަސްކަރީ މަރުކަޒެއްގެ ގޮތުގަ އެވެ. ޕާލް ހާބަރަށް ދިން ހަމަލާ އަށް ފަހު ޖަޕާނުން ވަނީ އެ ރަށް އަތުލަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެމެރިކާ އިން ޖަޕާނުގެ ކޮމިއުނިކޭޝަނަށް ހުރަސް އަޅައި، ޖަޕާން ސިފައިން ޖޫން 4، 1942 ގައި މިޑްވޭ އެޓޯލަށް ދިޔަ އިރު އެމެރިކާ ސިފައިން ތިބީ ހަމަލާ ދޭން ތައްޔާރަށެވެ. އެ ހަނގުރާމައިގައި ވަނީ ޖަޕާނުގެ 2،000 ސިފައިންނާއި އެމެރިކާގެ 300 ސިފައިން މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުކަލޯ
22 October 2019
ދެން ތީތި ތިލަފުއްޓަށް ގެނޭ.
ޝޮކްތެރަޕީ
22 October 2019
ޖަޕާނަކީ ވަރުގަދަ ޤައުމެ މިހާރު މިވަނީ އެމެރިކާ ޕަޕެޓަކަ ހަދާފަ.
ރަލިކް
22 October 2019
ހަގުރާމައިން ބަލިވެ އަމާން ދިނުމުން އެމެރިކާ އިން ޖަޕާނު އޮކިއުޕައި ކުރީ 1945 އިން 1952 އަށް. އޭގެ ފަހުގައި ޖަޕާނުން ފޭބީ ޖަޕާނުގެ ގާނޫނު ބަދަލު ކޮށް، އެމްޕެރަރ ގެ ދަރަޖަ ހަމަ އެކަނި ރަސްކަލެއްގެ ދަރަޖަ އަށް ތިރި ކޮށްފައި. އޭގެ ކުރީގައި ޖަޕާނު މީހުން ދެކުނީ އެމްޕެރަރ އަކީ ޑިވައިން އެންޓިޓީއެއްގެ ގޮތުގައި.