ލައިފްސްޓައިލް

މޭގަން މާކަލްއާ މެދު އާންމުން ދެކޭ ގޮތް ރަނގަޅު

28 އޮކްޓޯބަރ 2019 - 06:08

އިނގިރޭސީ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް އަކީ ޝާހީ އާއިލާއެއް ރަނގަޅެއް ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

ޓެޓްލާ މެގަޒިން އިން ކުރިއަށް ގެންދިޔަ ސާވޭގައި ބުނިގޮތުގައި އިނގިރޭސިވިލާތުގެ ދެބައިކުޅަ އެއްބައި މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާ އަށް ނިސްބަތްބާ މޭގަން ޝާހީ އާއިލާއާ ގުޅުމަކީ ރަނގަޅަކަށް ދިމާވި ކަމެކެވެ. އަދި އެކަމަނާގެ ސަބަބުން ޝާހީ އާއިލާ އަށް ހެޔޮ ބަދަލުތަކެއް ވެސް އައިސްފައިވެ އެވެ. އެކަމަކު ސާވޭގައި ބައިވެރިވި 44 ޕަސެންޓް މީހުން އެގޮތަށް ގަބޫލެއްނުކުރެ އެވެ.

އަދި ސާވޭގައި 40 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި އިނގިރޭސި މީޑިއާތަކުން މޭގަންއާ ދޭތެރޭ ކަންތައް ކުރަނީ އިންސާފުވެރިކޮށެއް ނޫނެވެ. އަދި އެކަމަނާއާ ދޭތެރޭ ނަސްލީގޮތުން 27 ޕަސެންޓް މީހުން ދެކޭ ކަމަށް ވެސް ބުންޏެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި އެ ކައިވެންޏަށް މި އަހަރުގެ މެއި މަހުގެ 6 ގައި ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފައިވެ އެވެ.

ހެރީ، 35، އާއި މޭގަން، 38 ނޮވެމްބަރު 27، 2017 ގައި އެންގޭޖްވެވަޑައިގަތް ހިސާބުން ފެށިގެން އެ ދެ ބޭފުޅުންގެ ގުޅުމާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވި، ބައެއް މީޑިއާތަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

އޭގެ ތެރޭގައި ހެރީ އަށް ވުރެ އުމުރުން ދޮށި މީހަކާ ކައިވެނި ބައްލަވައިގަތުމާއި ކުރިން ވެސް ކައިވެންޏެއްކުރައްވާފައިވާ ބޭފުޅަކު އިހުތިޔާރުކުރެއްވުމާއި އިނގިރޭސިވިލާތުން ބޭރު މީހަކާ ކައިވެނިކުރެއްވުމާއި ފިލްމީ ތަރިއަކާ ކައިވެނިކުރެއްވުން ފަދަ ވާހަކަތައް މީޑިއާތަކުގައި ވަރަށް ގަދަ އަށް ދެކެވިފައިވެ އެވެ.

މީގެ އިތުރުން ގުޅުން ކުޑަ، ވިއްސިވިހާލިވެފައިވާ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުގަ އާއި ޝާހީ އާއިލާގެ އުސޫލުތަކާ ހިލާފަށް ބައެއް ކަހަލަ ކަންކަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ވެސް މީޑިއާތަކުން މޭގަން ސިފަކޮށްފައިވެ އެވެ. އަދި އެކަމަނާ އަށް ބައްޕާފުޅު ފޮނުއްވި ސިޓީއެއް ވެސް މީޑިއާތަކުގައި ލީކްކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން އެ ނޫހަށް މިހާރު ވަނީ ދައުވާ ވެސް ކުރައްވައިފަ އެވެ.

ދާދި ފަހުން ދެކުނު އެފްރިކާ އަށް ހެރީއާ އާއި މޭގަން ކުރެއްވި ދަތުރާ ގުޅޭ ގޮތުން އައިޓީވިން ގެނެސްދިން ޑޮކިއުމަންޓްރީ "ހެރީ އެންޑް މޭގަން: ދި އެފްރިކަން ޖާނީ" ގައި މޭގަން ވިދާޅުވީ ޝާހީ އާއިލާގެ ބޭފުޅަކާ ކައިވެނި ބައްލަވައިގަތުމަކީ ކިހާ ވަރެއްގެ ކަމެއްކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މީޑިއާތަކުގެ ޕްރެޝަރާ ވެސް ވަރަށް ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވި އެވެ.

"ހެރީއާ ދިމާވުމަކީ ވަރަށް ބޮޑު އުފަލެއް. އެކަމަކު އަހަރެމެން ކައިވެނިކުރަން އުޅޭކަން އެނގުނީމަ އަހަރެންގެ އިނގިރޭސި ބައެއް ރައްޓެހިން އެކަން ނުކުރަން ނަސޭހަތް ދިން. އެ މީހުން ބުނި އަހަރެންގެ ދިރިއުޅުން މީޑިއާތަކުން ހަލާކުކޮށްލާނޭ،" މޭގަން ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި އެމެރިކާ އަށް ނިސްބަތްވާ މީހަކު ޝާހީ އާއިލާ އަށް ފިޓް ނުވާނެ ކަމަށް ބުނެ މީޑިއާތަކުން ދެއްކި ވާހަކަތަކުގައި އެއްވެސް ކަހަލަ ބުރަދަނެއް ނެތެވެ. އަދި އެއީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މީހަކު ވަކި ގައުމަކަށް ނިސްބަތްވުމެއް ނޫން މުހިއްމީ. އަހަންނަށް ދަސްވި އެއްޗަކީ ކަންކަމާ ކުރިމަތިލައިގެން ކުރިއަށްދާން އެ މީހަކަށް އެނގެންޏާ ކޮންމެ ކަހަލަ ބަޔަކާ އެކީގައި ވެސް އުޅެވިދާނެކަން،" މޭގަން ވިދާޅުވި އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454