ފުލުހުންތަކެއް މާލޭގެ މަގެއްގައި ހަރަކާތްތެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 އޮކްޓޯބަރ 2019 - 22:48
އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް، ސްކޫލެއްގެ ލެބޯރެޓަރީން ކެމިކަލްތަކެއް ވަގަށް ނަގައިގެން، ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން މިރޭ ފަށައިފި އެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި އަދި އެއްވެސް ކުއްޖަކު، މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ކެމިކަލްތައް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރި މޯޑު
28 October 2019
ގޮވާތަކެތި ހަދަން ވަގަށް ނެގި ކެމިކަލްތައް ފުލުހުންގެ ބެލުމުގެ ދަށުގަ ހުރި އިރު ކޮން ތަންތަނެއްބާ މިހާރު މި ފާސް ކުރަނީ
ކެމިކަލްއިންޖިނޭރު
28 October 2019
ސުކޫލް ލެބޯޓަރީގަ ނުހުންނާނެ ގޮވާ ޒާތުގެ އެއްޗެއް ހެދޭކަހަަލަ ކެމިކަލްއެއް! ގެރި ވަރަށް ބާރަށް އެބަދުވޭ!
ބޭހޮއްކޮ
28 October 2019
ޑުރާމާއަކަށްފަހުނޑުރާމާއެއް... ފަހަރުގަ މީތިވިލާތުގަ ހިނގާފާނެ
ސޯބު
28 October 2019
ޔަހޫދީންގެ ގޮތަކީ އަމިއްލައަށް ރާވާގެން ބޮޑު ޖަރީމާއެއް ހިންގާފައި އެކަން އެހެންބައެއްގެ ބޮލުގައި އަޅުވާފައި އެބަޔަކާ ދޭތެރޭ މީހުންގެ ހިތް ގޯސްކުރުވާ އަދި އެބަޔަކަށް ފިޔަވަޅު އެޅުން. މިދަނޑިވަޅުގައި ރާއްޖޭގައިވެސް މިކަހަލަ ކަމެއް ހިންގުން ވަރަށް އެކަށީގެންވޭ. ރޫހާނީ ލީޑަރަކީ އެކަމުގެ ބޮޑެއް.
ވަސީލް
28 October 2019
ޕެރޭޑު ޖަހާފަ ފީޗާ ފިލްމު އުފައްދާން ތިބޭ ބަޔަކު ދައްކީ ތިޒާތުގެ ވަހަކ ގަބޫލެއް ނުކުރެވޭނެ.
ފާރި
28 October 2019
ހުސް ދޮގު. ތިއުޅެނީ ޝަހިންދާ ސަލާމަތް ނުކުރެވިގެން.
ކަނޑުކޮސް
28 October 2019
އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް، ސްކޫލެއްގެ ލެބޯރެޓަރީން ކެމިކަލްތަކެއް ވަގަށް ނަގައިގެން، ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން ތައްޔާރު ކުރަން އުޅެނިއްޔޯ.. ރައްޔިތުންނޭ ހޭއަރާ ތިބޭ. މިއޮތްގެން ރާއްޖޭގަ 3 ވަނަ ބޮޑުހަނގުރާމަ ފެށެނީޔޯ.. ކަކަކަކަކަކަކަކަކަކަކަ...........
ކަޅިރަވަ
28 October 2019
އަސްލު 'ދެބޯގެރި ދުއްވުން' އަކީ މިއީ.
ޕުލީސް
28 October 2019
ފެންނަމުން މިދަނީ ޓެރަރިސްޓުންގެ ދިފާއުގަ ނިކުންނަ ބަޔަކާ. ލާދީނީ މީހުންގެ ދިފާއުގަ ނިކުންނަ ބަޔަކާ. ދެންތިބި މީހުން މިގޮވަނީ ދެބައި މީހުންނަށްވެސް ހައްދުފަހަނަ އަޅާ ނުދާށޭ.
ޙަސަނަ
28 October 2019
މިކަހަލު އަމަލު ހިންގީމަ ކުޑަކުއްޖަކަސް ބޮޑު މީހަކަސް ޖަލަށްލާންޖެހޭނެ. މިހާރު އޮންނަ ގާނޫނުގަ މިކަހަލަ ކަމެއް ކުރިޔަސް އެމީހުނަށް ކުރެވޭނެ މާބޮޑުކަމެއް ނޯވެ.