ޖަޕާނަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ބޯޓުން ފައިބައިވަޑައިގެން، ނައިބް ރައީސް އާއި ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ވަޑައިގަންނަވަނީ. --ފޮޓޯ:ރައީސް އޮފީސް
28 އޮކްޓޯބަރ 2019 - 00:56
ޖަޕާނުގެ އާ އެމްޕެރާ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިހްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ޖަޕާން ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވައިފަ އެވެ. މިގޮތުން އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ބޭއްވެވި ބައްދަލުކުރެއްވުން ފާހަގަކޮށްލެވެ އެވެ. ދެ ގައުމުގެ ރަސްމީ ވާހަކަތައް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާ ބެހޭގޮތުންނާއި ދެ ގައުމުގެ މި ގުޅުން ކުރިމަގުގައި އެކި ދާއިރާތަކުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެ އެވެ.
ރައީސްގެ ދަތުރުފުޅުގައި، ރާއްޖޭގައި ޖަޕާނުގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ކުރިޔަށްގެންދާތާ އެތައް އަހަރެއްވެފައިވާ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ރައީސް ސިނީޗީ ކިޓައޯކާއާ ބައްދަލު ކުރައްވާފައިވެ އެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ޖައިކާ އިން ރާއްޖޭގައި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފަ އެވެ.
ރައީސް ޖަޕާނަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި، ދިވެހި އާއިލާތަކާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އެ ގައުމުތަކުގައި ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތީމޭ
28 October 2019
ރައީސް ޖަޕާން އަށް ކުރެއްވި ދަތުރުން ރާއްޖެ އަށް މޮކޮސް ވެސް ނުލިބެއޭ މަމެން ބުނަން ނެތީމޭ...
ބޯވަމީހާ
28 October 2019
ދައުލަތުގެ ދަތުރު ހަރަދު މިދަނީ ވަރަށް ބޮޑު ތަނުން މައްޗަށް، ދަތުރުވެސް ކުރަން ވާނެ، އެކުމު ހަރަދަށް ވެސް ބަލަން ވާނެ
މަރީީމަރީ
28 October 2019
ގައުމުގެ ރައީސް ތިހެން އެއްގައުމުން އަނެއް ގައުމައް ދަތުރު ކުރެއްވުން ހުއްޓަވާ ލައްވާފަ ގައުމުގަ މަޑުކުރައްވާ ކައް ނުވޭތޯ.
ކަރީކަރީ
28 October 2019
މަޑުކުރައްވައިގެން ކުރަނީ ކޮންކަމެއްތޯ؟
ކަތީބް
28 October 2019
ރައީސް ސޯލިހް އަކީ ހުލްގު ރަނގަޅު ވަރަށް ހިތްތިރި އޯގާތެރި ވެރިއެއް. ނަމަވެސް ސޯލިހުގެ ސަރުކާރުގެ ތެރޭގައި ވަރަށް ކަމުނުދާ މީހުން ތިބިކަން ހިތާމައާއެކު ފާހަގަ ކޮށްލަން.
ކޮސްގޮވާ
28 October 2019
މަރުހަބާ ރައީސް ސޯލިހު. ސޯލިހު ގެ ދަތުރުތަކުން ގައުމަށް އިތުރު އިންވެސްޓްމެންޓް އައްނާނެކަމީ ޝައްކުކުރާކަމެއްނޫން. ޖަޕާނުން ޓޫރިސްޓުން އިތުރުވެ ސިޔާސޫމައިދާނުގައި ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރުކުރިއެރުން އައްނާނެކަން ކަށަވަރު. އަދި ރާއްޖެ ތަމްސީލްކުރައްވަން ކުރާ ދަތރުތަކުގައި ދެމަފިރިކަބަލުން ތުރުކުރައްވާ ހެދުން އެހާނަލަވެފައި ހިތްގައިމެވެ.
ޢެހެންތަ ހީވަނީ
28 October 2019
ދެމަފިރި ކަބަލުންގެ މުއްސަދި ކަމުން ގައުމުގެ މައިތުލްމާލް ހުސްއަރުވައިލައިގެން ތިބެ ލައިގެން ތިބޭ އަންނައުނަށް ބަލަންތިބެ ރައްޔިތުން ހިންދިރުވާލާށޭ ތަ ތިކިޔަނީ.އެއޮތްފަދަ ޖަފާނުގަ ރައްޔިތުން ލޭބަލް ކުރުވީ މިއީ ޓެރެރިސްޓުން ތިބޭ ގައުމެކޭ ކިޔައިގެން އެކަމަށް ފައިސާ ހޯދަން ރައްޔިތުންގެ ތައުލީމަށް އެތިކޮޅެއް ހޯދައިދިންނަމަ . މިހާރުވެސް އެހާތައުލީމީ ފެންވަރު ދަށްވެ ކިޔެވައިދިނުމުގެ ފެންވަރު ދަށްވެއްޖެ ތީޗަރުން ކޮޅެއް ހޯދަން ފައިސާ ކޮޅެއް ހޯދިނަމަ .
މަލާކާ
28 October 2019
އިބްރާހިމްބޭބޭ. ބޭބެ ކަމަކީ ސެއްފީ ނަގައިގެން މުޅި ދުނިޔެއަށް ތީ ދެއްކުންތެރިއެއްކަން އެންގުންތަ. އަޅޭ ބޭބެ މި ގައުމަށް ތިޔަހެން ނުހައްދަވާ. ބޭބެވެސް މަރުވާނެ, ހިސާބު ބެލެވޭނެ. އެކަމަށް ވިސްނާ. ބޭބެމެން އެންވުމަށް ކޮއްކޮމެނަށް ގޮވާ. މިހާރުގެ އިދިކޮޅުންގޮވާލީމަ ހީކަރުވަނީ. އެހެން ނުހައްދަވާ
ނާއިލާ
28 October 2019
ކިޔަވާ ކުދިން ނިކުމެ ގޮވައިގެންތަ ބޭބެ އަށް ގަބޫލު ކުރެވެނީ ކަންކަމަށް ގޮވަން ބޭނުންވެފަ ތިބޭ ކަށް ބޭބެއަށް ސަނާ ކިޔާތީ ބޭބެއަށް ހީވަނީ މަގޭ މިދެއްކުންތެރިކަމާމެދު ރައްޔިތުން ތިބީ ރުހިގެނޭ .
ތުނިޔަ
28 October 2019
މިރައީސްގެ ކަމަކީ ދަތުރު ކުރެއްވުމާއި ސެލްފީނެންގެވުން...ނައިބު ރައީސް ފެނިލާނީ ކޮންމެވެސް ރަށުކައުންސިލަކާ ބައްދަލުކުރެއްވިއޭ ކިޔާފަހުރި ފޮޓޯއަކުން...ގައުމު ހިންގަނީ ނުވަތަ ގައުމުގެ ކަންކަމަށް ބަސްބުނަނީ ރޫހާނީ ބޮޑުވަޒީރެއް! ފުކެއް ބޮޑުވަރު.!
55555
28 October 2019
ގައުމުގެ ބަޖެޓު ކުސްކޮށް އިންޑިޔާޢިން 13 މިލިއަން ޑޮލަރު ލޯނު ނަގައިގެންވެސް ކުރާކަމަކީ ދަތުރުކުރުން. ދިވެހިރާއްޖޭގެ ސިއްހީ ހާލަތު ވެއްޓިފައިމިއޮތީ 2009 ގެ ދަރަޖައަށް. އަތޮޅުތަކުގެ ބޭސްފިހާރައެއްގައި ބޭހެއްނެތް.
ޖަހޯބަރާ
28 October 2019
ދެންް އަނެއްކާވެސް އެހެން ދިމާލަކަށް އަވަހަށް ނައްޓާލާ.. މިގައުމު އިގްތިސާދީ ގޮތުން އިޖްތިމާއީގޮތުން ދުވަހަކަށް ވުރެ ދުވަހެއް މިދަނީ ދަށަށް.. ބޭންކުތަކުން ލޯން ދިނުން ހުއްޓިއްޖެ. ބޮޑެތި ލޯންތައް ޑީފޯލްޓް ވަމުންދަނީ. ބޭންކަށް ވަންނަފައިސާ މަދުވެއްޖެ. ކޮންސްޓްރަކްޝަން އިންޑަސްޓްރ މުޅިންހެން ބިކެވެއްޖެ. ވިޔަފާރިތައް ދަނީ ބަނގުރޫޓްވަމުން.. ކުރީގަ މުދާއުފުލި ކުދި ޕިކަޕުތައް ދަތުރެެއްނުލިބި މަގުމަތިންވެސް ގެއްލިއްޖެ..މިގައުމުގައި ރައީސްއަކު އެބަހުރިތަ
ނާއިލާ
28 October 2019
ހުރޭ ރައިސެކޭ ކިޔައިގެން އުޅޭ މީހެއް ޒިންމާދާރު ކަމެއްނެތް ރައިސެއް .
ޝޮކްތެރަޕީ
28 October 2019
ޖަޕާނު ބަލާލަން ގޮސް އައީދޯ. ވެރިކަމަ އެރީ ހަނީމުން ދަތުރުކުރަން.
އޮނަރަބްލް އަފީފު ދީދީ
28 October 2019
އަދުލުއިންސާފަށް މަސައްކަތްކުރައްވާތީ އުފާވޭ. އެހެނަސް މަނިކުފާނުގެވަޒީރުންގެތެރެއިން ބައެއްވަޒީރުން (ނަހުލާ، ޝާހިދު، އަމުރު) ފަދަބޭފުޅުން ހަބޭހަށްމަސައްކަތްކުރައްވާއިރު ބޮޑުގޮހޮޑާވާހަކަކިޔާދޭ ވަޒީރުންތަކެއްވެސްއެބަފެނޭ. # ގެސްޓްހައުސްސިޔާސަތަކީ އެމްޑީޕީގެ ވައުދުނާމާގެރޫޙް އެކަންކުރާންހުރިމީހާ "ފަހަތުފަޔަށް ބުރަވެފައިހުރިއިރު" ބިދޭސިންގެމައްސަލަހައްލުކުރާންހަވާލުވި ވަޒީރުވެސް "ހޮޅިވާހަކަ" ދެއްކުން ނޫންކަމެއް ނުކުރޭ. ވަޒީރުން އިވިލިއޭޓް ކުރައްވާ.