ޕެންޝަން އޮފީހުން އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް-- ފޮޓޯ: ޕެންޝަން އޮފީސް
29 އޮކްޓޯބަރ 2019 - 10:47
"މިއީ މާ މުހިއްމު ކަމެއް ނޫން، ދައުލަތުން ރައްޔިތުންނަށް ކުރިމަތި ކުރާ ބޮޑު ތަކްލީފެއް،" މިއީ ޕެންޝަން ފަންޑާ މެދު ސުވާލުކޮށްލުމުން އާއްމު ރައްޔިތެއްގެ ހިޔާލެވެ. މި ފަންޑަށް ރާއްޖޭގެ އެތައް ބަޔަކު ފައިސާ ޖަމާ ކުރާ އިރު ފަންޑުގެ ބޭނުމަކީ ކޮބައިކަން އަދިވެސް ގިނަ ބަޔަކަށް ސާފެއް ނުވެ އެވެ.
އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ޕެންޝަންގެ ގޮތުގައި 5،000 ރުފިޔާ ދޭއިރު މި ފައިސާ ހޭދަކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. ރިޓަޔަމެންޓް ޕެންޝަނަށް ފައިސާ ޖަމާކުރި ނަމަވެސް، ދައުލަތުން ޕެންޝަނަށް ކުރަންޖެހޭ ވަރު ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން ކޮށްފައިވާ ދިރާސާއިން ސާފުވާ ގޮތުގައި މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ބޭރުން ޕެންޝަންތަކެއް ދެމުންދާ ނަމަ މިހާރު ހޭދަކުރާ ވަރު ކަމުގައިވާ 200 މިލިއަން ރުފިޔާ އިން 3.8 ބިލިއަން ރުފިޔާ އަށް 2058 ވަނަ އަހަރަށް އަރާނެ އެވެ.
މިހާ ބޮޑު ހޭދައެއް ޕެންޝަނަށް ކުރަންޖެހުމުން އެންމެ ބޮޑަށް ހުރަސް އެޅެނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. ރާއްޖޭގެ ކޮންމެ ސްކޫލަކުން ދޭ ތައުލީމީ ފެންވަރާއި ދައުލަތުން ދޭ ސިއްހީ ހިދުމަތް ފެންވަރުގެ އިތުރުން ދިވެހި ގައުމުގެ އިޖްތިމާއީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ފައިސާ ލިބުމަށް މިކަމުގެ ސަބަބުން ހުރަސް އެޅެއެވެ. ދިވެހިރާއްޖެ އަށް ބޭނުންވާ ކުރިއެރުން އެންމެ ފުރިހަމަ ގޮތުގައި ފެންނާނެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަދުވާ އެއް ސަބަބަކީ ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދުތައް އިތުރުވުމެވެ.
ގައުމެއް ތަރައްގީ ވާނީ އެ ގައުމެއްގައި ތިބި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށްވާއިރު އެ ހިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ޓެކްސްގެ އިތުރުން ޕެންޝަނުން ލިބޭ ނަފާ އިތުރުވުމަކީ ވެސް މުހިއްމު ކަމެކެވެ. މީގެ އިތުރުން ޒުވާން އުމުރުގައި ކުރާ މަސައްކަތުން ޕެންޝަންގެ ގޮތުގައި ރަނގަޅު އަދަދެއް ޖަމާ ކުރެވޭ ނަމަ، ދައުލަތުން ޕެންޝަނަށް މިހާރު ކުރާ ހަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ އެވެ. ތަރައްގީ އަށް ހޭދަކުރުމުގެ އިތުރުން ޕެންޝަން ފައިސާ އިންވެސްޓް ކުރުމުން އިގްތިސާދުގައި ފައިސާ ދައުރުވެ ބޭނުންވާ ކަންތައްތަކަށް ހުންނަ ފައިސާ އިތުރުވެ އެވެ. ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތައް އިގްތިސާދުގައި އިތުރުވުމުން، ގައުމުގެ ތަރައްގީގެ މަސައްކަތްތަކުގައި ބޭންކަށް ބަރޯސާވުން ކުޑަވެ އެވެ. އަދި ބޭންކުތަކުން އާންމު ފަރުދުންނަށް ލޯނުގެ ގޮތުގައި ދެވޭނެ ފައިސާ އިތުރުވާނެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ދާއިރާ ކަމުގައިވާ ސިއްހީ ދާއިރާ ކުރިއެރުވުމަށް ވެސް މި ފައިސާ އިގްތިސާދީ ނިޒާމުގެ ތެރޭގައި ދައުރުވުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން މިއީ ހަމައެކަނި ރައްކާކޮށްފައި ބަހައްޓަންޖެހޭ ފައިސާއެއް ނޫނެވެ. ޕެންޝަން ފަންޑުގެ މައިގަނޑު އަސާސަކީ ކޮންމެ މީހަކު ވެސް ވަޒީފާއިން ރިޓަޔަކުރުމަށް ފަހުގައި ވެސް އާމްދަނީ ލިބޭނެ ގޮތެއް ފަހިކޮށްދީ، ދިރިއުޅުން ކުރިއަށް ގެންގޮސްފިނުމެވެ. މިކަން މިހެން އޮތް ނަމަވެސް، ގައުމުގެ ތަރައްގީގެ މުހިއްމު ކަންކަން ކުރުމުގައި ނުވަތަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ޕެންޝަން ފައިސާ މުހިއްމު ދައުރެއް އަދާ ކުރެ އެވެ.
ޕެންޝަން އޮފީހުން އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް-- ފޮޓޯ: ޕެންޝަން އޮފީސް
ރާއްޖޭގެ ޕެންޝަން އޮފީހަށް 10 އަހަރުވެފައިވާ އިރު މިދިޔަ ދުވަސްތަކުގައި އެ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދިނީ ޕެންޝަން ސްކީމު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމާއި އިދާރީ ގޮތުން ކަންކަން ހަރުދަނާ ކުރުމަށެވެ. މިދިޔަ ދުވަސްތަކުގައި ޕެންޝަންގެ ނިޒާމު ފުޅާ ކުރުމާއި އާންމުންގެ ބައިވެރިވުން އިތުރު ކުރުމުގައި އެ އޮފީހުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވެ އެވެ. އެ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ޕެންޝަންގެ ފައިސާ އެންމެ ފުރިހަމަ ގޮތެއްގައި އިންވެސްޓްކޮށް، އޭގެ ނަފާ އިތުރު ކުރުމެވެ.
މީގެ އިތުރުން ޕެންޝަން ފަންޑަށް ޖަމާ ކުރާ ފައިސާގެ އިތުރު ކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ އިންވެސްޓްކޮށްގެން އެ އައަދު ދެ ގުނަ ބޮޑު ކުރެ އެވެ. މިއާ އެކީ ހަމައެކަނި އިތުރުވަނީ ދައުލަތަށް ލިބޭ ފައިދާއެއް ނޫނެވެ. އާންމު ރައްޔިތުންގެ ޕެންޝަން ވެސް ބޮޑުވުމުގެ ފުރުސަތު އޮންނާނެ އެވެ. ޕެންސަން އެކައުންޓެއް ހުޅުވައިފައިވާ ކޮންމެ ދިވެހި ފަރުދަކަށް މިހާރު ވެސް މި ފަންޑުން އިންވެސްޓުކޮށްގެން ލިބެމުންދާ ފައިދާ ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޕެންޝަން ނިޒާމުތަކުގައި އާންމު ފަރުދަކު ރިޓަޔަވުމުން އަބުރުވެރި ރަނގަޅު ދިރިއުޅުމެއް އުޅެވޭވަރުގެ ޕެންޝަނެއް ލިބުމުގެ ފުރުސަތު އޮވެ އެވެ.
ރާއްޖޭގެ ޕެންޝަނާ ބެހޭ އިދާރާ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިހާރު ވެސް އަންނަނީ ޕެންޝަން ފައިސާ އިންވެސްޓް ކުރަމުންނެވެ. މިގޮތަށް އާންމުގޮތެއްގައި އިންވެސްޓް ކުރާނީ ރިސްކު ކުޑަ ތަންތަނުގަ އެވެ. މީގެ ސަބަބުން ރައްޔިތުންގެ ފައިސާ އަށް ގެއްލުމެއް ނުވެ، އެ ފައިސާ އަނބުރާ ލިބުމުގެ ޔަގީންކަން އޮންނާނެ އެވެ. އެގޮތުން، ޕެންޝަން އޮފީހުން ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ކަންކަން ދިރާސާކޮށް އެ އޮފީހުން ވަނީ ޕެންޝަންގެ ބައިވެރިންނަށް އެންމެ ފައިދާވާނެ ކަންކަން ކަނޑައަޅާފަ އެވެ.
ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުންނަ ފުރުސަތުތައް މަދުވި ނަމަވެސް ކުރިއަށްއޮތް ތާނގައި ފޮރިން އިންވެސްޓްމަންޓަށް ވެސް ފުރުސަތު އެބައޮތެވެ. ނަމަވެސް މި ފުރުސަތު ލިބޭނީ ފަންޑަށް ފައިސާ ޖަމާކޮށް އެ ފައިސާ އަވަހަށް ނުނަގާ ބެހެއްޓުމުންނެވެ. އެގޮތުން ބަލާއިރު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޕެންޝަން ފަންޑު ބޭނުންކުރަމުން ތަފާތު އެކި ދާއިތާތަކަށް އިންވެސްޓް ކުރަމުންނެވެ.
މިކަންކަމުން ވެސް އެނގެނީ ޕެންޝަން ފައިސާއަކީ ރައްކާ ކުރުން މުހިއްމު އެއްޗެއް ކަމެވެ. ޕެންޝަނާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން ވެސް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހު ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޮރިޓީ (ސީއެމްޑީއޭ) އިން އިސްނަގައިގެން ބާއްވާ ކެޕިޓަލް މާކެޓް ފޯރަމްގައި ޕެންޝަން ފަންޑުގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ކަންތައްތަކާ ބޭހޭ ގޮތުން މަޝްވަރާކުރެވޭނެ އެވެ. އަދި ޕެންޝަން ފައިސާ އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް އިތުރަށް ހާމަވެގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެންޝަނަރ
30 October 2019
އެއްވެސް ބޭނުމެއް މަށަކަށް ނުފެނޭ. ސަރުކާރުގައި އުޅޭތާ މިއީ 41 ވަނަ އަހަރު. ފަންޑުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ އެބަހުރި. ބޯހިޔާވައްސެއް ނެތް. ތިޔަ ފައިސާ މެދުވެރިކޮށް ލޯނެއް ނެގޭނެ ގޮތެއް ނެތް. ފައިސާ ލިބެން އޮތީ އަދި 9 އަހަރު ފަހުން. މިހާރު ހުރި ފައިސާ ތިޔަ ބަހާގޮތަށް ބަހާލީމާ މަހަކަށް ޖެހެނީ ހައެއްކަހާސް ރުފިޔާ. މާނައަކީ 41 އަހަރު މަސައްކަތްކޮށްގެން މަހަކު 6000 ރުފިޔާ. އެއްކަމެއް ނުކޮށް ހުރެފައި މަހަކު 5000 ރުފިޔާ ލިބޭ. އިންސާފަކީ މިއީތަ؟
ސުންބުލި
30 October 2019
ރައްޔިތުންގެ ޖީބުން ފައިސާ ނަގާފަ މުއްސަނދިން މުއްސަނދިކުރުމަށް ބައިވަރު އުކުޅުތައް ހުރައެވެ. އެކަހަލަ ކިތަންމެ ކަމެކެވެ. ވައްކަމޭ ނުކިޔާ ކޮރޮޕްޝަނޭ ވެސް ނުކިޔާ ރީތި ނަމެއް ހޯދޭތޯ ބަލަމާ. ބޭންކުތަކުގަވެސް ނިކަމެތި މީހާ ގޮދޮރު އަޅަން ދޭނެ ފައިސާކޮޅެއް ނެތަސް މުއްސަންޖެއް ވިއްޔާ ފަޅުރަށެއްދީފަ އެރަށް މޯގޭޖު ކޮށްފަ އެރަށް ހަދަންވެސް މިލިޔަނުން ދެވެއެވެ. ރައްޔަތު މީހާއަށް ގޯތި ގަނޑެއް ދޭންވީމާ މޫނު އަނބުރާލައެވެ.
އޮލުވާލުމެއް
29 October 2019
ޕެންސަން ފަންޑަކީ ބެންކޮ މެދުވެރިކޮއް ބޮޑެތި ވިޔަފާރި އައް ލޯނު ދޫކޮއް ކުރިމީހާ ނަތާލާތަނެއް
ހުތް އާދަނު
29 October 2019
65 އަހަރުން 60 އުމުރު ދަށް ކުރަން ޖެހޭ .
ވިޔާ ނުދާ
29 October 2019
ތީގެ ން ރައްރަށުގައި ތިބި މީހު ން ނަށް ލިބެ ނީ ގެއްލު ން. ޓީޗަރަކަށް އުޅޭތާ 27 އަހަރުވީ އިރު ނިދަ ން މިޖެހެ ނީ މަގު މަތީގައި. އަމިއްލަ ގޭގަ ނޑު ހެދޭ ނެ ފަދައެއް ނެތިފާ މިހުރީ. ސްކީމްގައި ކިތައްމެ ފައިސާއެއް ހުއްޓަސް ފައިދާއެއް ނެތް.
ޟަހުރަތު
29 October 2019
ޕެންޝަން ފަންޑުގެ ރަނގަޅު ނިޒާމެއް ހިނގިއްޖެނަމަ ތިޔަ ގޮތައް މަގުމައްޗެއް ނުވާނެ.
ަސދޔ
29 October 2019
ދިރިއުޅެން ތަން ތަން ގަތު މާއި ހެދު މަށް ފައިސާ ދެޭގޮތަށް އޮތީ މާލޭ މީހުންނަށް އެކަނި. މިވަގުތު އޮތީ މާލޭ ޕެންޝަން ސްކީ މް. ތިބޭފުޅާގެ ނަސީބު ރަނގަޅުކަ މުން އެއިގަވެސް ތިބައިވެރިކޮށްފައި ހުރީ.
ްިއިލްހާމް
29 October 2019
އެއްވެސް ޕްރޮޑަކްޓިވް ގޮތަކަށް ހަދާފަ އޮތް އެއްޗެއްނޫން، ވަނީ ހުސް ގެއްލުން.
ދަރިން
29 October 2019
ޕެންޝަންފަންޑްގެ ބައިވެރިން ފަންޑާއި މެދު ދެކޭގޮތް މިލިޔުމުގައި ހުރި ވާހަކަތަކާއި ދެކޮޅު..ދުވަހަކު ވަޒީފާއެއް އަދާނުކުރާ މީހުނާއި އެއްވަރަށް ފައިސާ ލިބެނީ.2އަހަރު ވަންދެން 2000ރފ އިތުރު..އެނިމުނީ..ވެދާނެ 30ހާހުން މުސާރަ ލިބޭ މީހުނަށް ފައިދާތަކެއް ކުރަނީކަމަށް.ގިނައީ 5000ރފ މުސާރަ ލިބޭ މީހުން..
ޖޭޖޭ
29 October 2019
65 އަހަރު ވުމުން، ޕެންޝަން ފަންޑުގައި ހުރި ޕެންޝަނަރެއްގެ ހައްޤު ފައިސާ، 16 އަހަރު (193 މަސް) އަށް ބަހައި ގެން މަހަކު އެތިކޮޅެއް ލިބޭ އުސޫލް އަކީ ޖޯކެކެވެ. ރާއްޖޭގެ އެވްރެޖް އުމުރަކީ 70 އަހަރެވެ.ޕެންޝަން ފައިސާ ބޭނުންނަމަ 81 އަހަރު ވަންދެން ދުނިޔޭގައި ހުންނަން އެބަޖެހެއެވެ.ޖޯކެކޭ މިބުނީ އެހެންވެ އެވެ.
ނަގޫ..
29 October 2019
ޤަބޫލެއް ނުކުރަމެވެ. ޕެންޝަން ފަންޑަކީ އުއްމީދީ އެއްޗެއް ނޫނެވެ.65 އަހަރު ވުމުން 16 އަހަރަށް ބަހާގެން މަހަކު ބައެއް ލިބޭގޮތަށް ތިފައިސާ ޖަމާ ކުރާކަށް ބޭނުމެއް ނޫނެވެ. ޕެންޝަން ފަނޑް ގައި 2ބިލިޔަން ރުފިޔާ ބެހައްޓާގެން ފޮނިކެޑުމުގެ ބޭނުމަކީ ކޮބާ ތޯއެވެ؟
ހަސީބު ހައްދުންމަތި
29 October 2019
ހިސާބަށް ވުރެ ގަމާރުވެ ދު އޮތީތީ ވާހަކަ ދެއްކިދާނެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ޕެންޝަން ފަންޑުތައް ހުޅުވައިގެން އެ ކުރަނީ ޤަމާރުކަންތައް ދޯ.
ނަހަމަ ހަމަ
29 October 2019
ހަސީބުގެ ޤަމާރު ކަމާއެވެ. ތި ފަންޑެއްގައި ބައިވެރި ވެގެން އުޅޭތާ 10 ވެއްޖެއެވެ. ވަޒީފާގައި 29 އަހަރި ވެއްޖެ އެވެ. އުމުރުން 58ވެއްޖެ އެވެ. ވީކަމެއް ނެތެވެ.ކޮންމެ މަހަކު މަގޭ މުސާރައިން 700 ރފ ކަނޑަ އެވެ. ރިޓަޔަޑް ވިޔަސް 65 އަހަރު ވުމުގެ ކުރިން އެއެމެ ލާރި އެއް ވެސް ނުލިބެއެވެ އަދި ކޮބާ މި ޤާނޫނެއްގެ ސަބަބުން 20 އަހަރު ޚިދުމަތް ކުރުމުން ލިބޭ ދިގު މުއްދަތުގެ ޕެންޝަން ވެސް ނުލިބުނެވެ.އެ ޕެންޝަން ލިބެން 6 މަހަށް ވެފައި ހުއްޓާ މި ޤާނޫނެއް ހެދީ މައެވެ.