ޚަބަރު / މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ކޮރަޕްޝަން ފޮރުވަން ލިޔެކިޔުމަށް ބަދަލު އެބަގެނޭ: ބައެއް ކައުންސިލަރުން

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ މެމްބަރުން: ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރޭ-- ފޮޓޯ: މިހާރު

ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި، މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ހަދާ ޕާކްގައި އިމާރާތްކުރާ ފާހާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށް ވިދާޅުވެ، ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވަނީ މީޑިއާގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. އެ އިމާރާތުގެ އިތުރުން އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.

އަންނަ މަހުގެ 11 ގައި ހުޅުވުމަށް ޕާކް ތަރައްގީކޮށް، މިހާރު ވަނީ ބޮޑު ބައެއް ނިންމައިފަ އެވެ. ހުސްބިމެއް ގޮތަށް އޮތް އެ ޕާކްގައި ގިނަ އަދަދެއްގެ ރުކާއި ގަހުގެ އިތުރުން ވިނަ އިންދައި ވަނީ ވަރަށް ބޮޑަށް ފެހި ކޮށްފަ އެވެ. އަދި އިށީނދެ ތިބުމަށް ގޮނޑިތަކެއް ވަނީ ބަހައްޓައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް، ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ އޮފީހުގައި އެ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރާ އެކު ނޫސްވެރިންނާ މިރޭ ވާހަކަ ދައްކަވަމުން ފަޒީން ވިދާޅުވީ، ޕާކްގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ނިންމަމުން ދަނީ ކައުންސިލުން ފާސް ކުރުމެއް ނެތި ކަމަށެވެ. އަދި އެ މަސައްކަތްތައް ހަވާލުކޮށް ނިންމާފައިވަނީ ބިޑް ކޮމިޓީ އަށް ހުށަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފައިސާ ހޯދަން ފިނޭންސް އަށް ސިޓީ ފޮނުވީމާ، އެ ކޮޅުން ޖަވާބުދެނީ ބިޑް ކޮމިޓީ އަށް ހުށަހަޅައިގެން އެ ޕްރޮޖެކްޓްތައް ހިންގަން. އެކަމަކު، ފިނޭންސް އަށް ސިޓީ ފޮނުވާއިރު މި އޮށްނަނީ އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި،" ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

މާލިއްޔަތު ގަވާއިދު ކުރިން އޮތީ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށެވެ. އެގޮތުން، 35،000ރ. އަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާން ކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ.

ލޮނުޒިޔާރަތްކޮޅުގައި ހަދާ ޕާކްގައި ކުރަމުންދާ އިމާރާތް: އެކަން ހަވާލު ކުރީ ބިޑް ނުކޮށް ކަމަށް ތުހުމަތު ކުރޭ-- ފޮޓޯ: މުހައްމަދު ފަޒީން

ފަޒީން ވިދާޅުވާ ގޮތުގައި، އެ މަސައްކަތްތަކާ ގުޅޭގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ސުވާލު ކުރެއްވުމުން އެ ކަމަށް ބަޖެޓުން ހަރަދު ނުކުރާ ކަމަށް ކުރިން ވިދާޅުވި އެވެ. އަދި މި ފަހުން އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އެކަމަށް ހަ މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އިތުރަށް 16 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޝިފާއާ ހަވާލާ ދެއްވައި ފަޒީން ވިދާޅުވި އެވެ.

ކައުންސިލް މެމްބަރުންނަށް އެންގުމެއް ނެތި، ގަވައިދާ ހިލާފަށް ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދާތީ އެކަން މީޑިއާގެ ސަމާލުކަމަށް ގެނައުމުން، މިހާރު އެކަން ގަވައިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކުރަން ހުށަހެޅި ކަމަށް ފަޒީން ވިދާޅުވި އެވެ. ޖުމްލަ 12 މެމްބަރުން ތިއްބަވާ ކައުންސިލްގެ ކޯރަމް ނުލިބިގެން އެ ބައްދަލުވުން ކެންސަލް ކުރުމަށް ފަހު، އިތުރު މެމްބަރުންނަށް ގުޅައި ގެނެސް ބައްދަލުވުން ބާއްވާފައިވާ ކަމަށް ފަޒީން ވިދާޅުވި އެވެ.

"އެޖެންޑާ ފޮނުވާފައި މިއޮތީ 21 ވަނަ ބައްދަލުވުމަށް. އެ ބައްދަލުވުމަށް ކޯރަމް ހަމަނުވެގެން ކެންސަލް ކުރި ކަމުގެ ލިޔުން މި އޮތީ. އަނެއްކާ 21 ވަނަ ބައްދަލުވުމުގެ ނަމުގައި ބޭއްވި ބައްދަލުވުމުގެ ހާޒިރީ މި އޮތީ. ކެންސަލް ކޮށްފައި ދެން އަނބުރާ އެ ބައްދަލުވުމެއް ނުބޭއްވޭނެ ނޫންތޯ؟" ލިޔުންތައް ދައްކަވަމުން ފަޒީން ވިދާޅުވި އެވެ.

އޭނާ ވަނީ ކޯރަމް ހަމަނުވެގެން ބައްދަލުވުން ކެންސަލް ކުރިކަމުގެ ލިޔުމުގެ ކޮޕީ ނޫސްވެރިންނަށް ދައްކަވައިފަ އެވެ. އެ ރިޕޯޓް ބުނާގޮތުން ހާޒިރުވީ ހަތަރު މެމްބަރުންނެވެ. އަދި އެ ދުވަހު ބޭއްވި އިތުރު ބައްދަލުވުމެއްގެ ހާޒިރީ ވެސް ދެއްކެވި އެވެ. އެ ބުނާ ގޮތުން ހަ މެމްބަރުން ހާޒިރުވި އެވެ.

ފަޒީން ވިދާޅުވި ގޮތުގައި، އެ ދުވަހު ފުރަތަމަ ބޭއްވި ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ކެންސަލް ކުރިކަމުގެ ހާޒިރީ ރިޕޯޓް ފައިލުން ފަހުން ވަނީ ނަގައިފަ އެވެ. އެކަން ކުރި، ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރާ ސުވާލު ދެންނެވުމުން އެކަން ކުރީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އެންގުމަށްކަމަށް ޖަވާބު ދެއްވި ކަމަށް ފަޒީން ވިދާޅުވި އެވެ.

ފަޒީން ވަނީ އެ މައްސަލައާ ގުޅިގެން، ލީގަލް އޮފިސާ އަލީ ނަސީރު ގާސިމާ، އޭނާ ސުވާލު ކުރެއްވި އޯޑިއޯ ވެސް ނޫސްވެރިންނާ ހިއްސާ ކުރައްވައިފަ އެވެ. އެ އޯޑިއޯ ގައި ލީގަލް އޮފިސަރު ވިދާޅުވަނީ އޭނާ އެ ލިޔުން ނެންގެވި ކަމަށާއި އިތުރު އެއްޗެއް އޮޅުން ފިލުއްވަން ބޭނުން ނަމަ މޭޔަރާ ސުވާލު ކުރެއްވުމަށެވެ.

ކުރިން ވެސް ޑޮކިއުމެންޓްތައް ގެއްލުވައިލި ކަމުގެ ތުހުމަތު

ފަޒީން ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ފަޅާއެރުމުން ލިޔެ ކިޔުން "ގެއްލުވާލާފައި" ވެ އެވެ. އެގޮތުން، ބިޑް ޑޮކިއުމެންޓްތަކެއް މަދުވި މައްސަލައިގައި އިދާރީ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިދާރީ ހިންގުމުގެ ބާރު އޮތް ބަޔަކަށް ޑޮކިއުމެންޓްތައް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް. މީގެ ކުރިން ވެސް އެކަން ކޮށްފައި އެބަހުރި،" ފަޒީން ވިދާޅުވި އެވެ.

އޭރު އެކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަނޭޅުއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން ފަޒީން ވިދާޅުވީ، އެކަންކަން އިސްލާހު ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަންކަން އިސްލާހު ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މޭޔަރު ޝިފާ އަށް ނުގުޅޭތީ ސިޓީ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެކަމާ ގުޅޭގޮތުން ކުރިން ޝިފާއާ ސުވާލު ކުރުމުން ވިދާޅުވީ "ފަޒީން ވަގު ބަދުނާމު ނާޅުވާ އެއްވެސް މުވައްޒަފަކު ކައުސިލްގައި ނެތް" ކަމަށެވެ.

46 ކޮމެންޓް, 116 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 4%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

9999

30 October 2019

ނެގުނު ތާކުން ނަގައިގެން ކާންވީ. ފެނުނުތާކުން ފޭރިގެން ކާންވީ.. މިގައުމުގެ ހާލަތު މިހާރު. ﷲ ގެ ނިޔުމަތަށް ފުރަގަސްދީ، މައުސޫމު މީހަކަށް ވަގަށްގޮވައި، އަމިއްލައަށް ހޯދައިގަތް ބިރުވެރި ހާލަތެއް މިގައުމަށް މިއޮތީ ކުރިމަތިވެފައި.

The name is already taken The name is available. Register?

އެނޮނިމަސް

30 October 2019

އެކަމާ ގުޅޭގޮތުން ކުރިން ޝިފާއާ ސުވާލު ކުރުމުން ވިދާޅުވީ "ފަޒީން ވަގު ބަދުނާމު ނާޅުވާ އެއްވެސް މުވައްޒަފަކު ކައުސިލްގައި ނެތް" ކަމަށެވެ. ވައްކަން ކުރިކަން ސާބިތުނުވާ މީހެއްގެ ބޮލުގައި "ވަގު" ޓެގް އަޅުވައިގެން އެވާހަކަ އަބަދާއަބަދު ދެއްކީމަ ވާގޮތް އެނގޭނު

The name is already taken The name is available. Register?

މަބުނީ

30 October 2019

ޝިފާއަކަށް ނުވާނެ ތިކަމެއް.

The name is already taken The name is available. Register?

ސޮބުރީ

30 October 2019

އަޖައިބު އަންތަރީސް މިވަރަށް މިވާހަކަ ދައްކާއިރުވެސް އުބުނާ އސސ ނިދާފަތޯ އަނެއްކާ މޭޔަރު ފޯނުކުރީބާ

The name is already taken The name is available. Register?

ފގދސ

30 October 2019

މިސަރުކާރުގެ އަމަލުތަށް ހުރިގޮތުން ބުނެވޭނީ، މާލިއްޔާއިން ކެވުނުވަރަކަށް އަވަހަށް ކާން އަންގައިގެން އެގޮތުގެމަތިން ކަންތައްތައް ކުރަމުންދާ ސަރުކާރެއްހެން.

The name is already taken The name is available. Register?

6363

30 October 2019

މިމީހުންގެ އީމާންތެރިކަމާއެކު، އިންސާނާގެ އިންޓަރނަލް އިންޓެގްރިޓީވެސް ވަނީ ނެތިގޮސް. ދިވެހި ގައުމާ ރައްޔިތުންނަށް ކޮންމެފަދަ ދެރައެއްވެސް ދީފާނެ.

The name is already taken The name is available. Register?

ރުޅި

30 October 2019

ތިޔަ ކައުންސިލްގެ ވާހަކަ ވޮށުއަލިވާ ހިސާބުގައި ނުދެއްކުން ބުއްދިވެރި. މާލޭގެއެއްގެ ރަޖިސްޓްރީ އެއް ހެދުމަށް މަ ހިނގަން ޖެހުނު ދުވަހާއި ދިން ޖަވާބުތަކުން ތިޔަތަނޭ ބުންޏަސް ހޮޑުލަވާ. އެންމެފަހުން އެކަންކުރަން ހުންނަ ސިވިލްސާވިސްގެ އިސްމީހާ ބުނީ އޮފީހަށް ނުގޮސް ތިމަންނަގެ ގޭދަށަށް ޖައްސާލާށޭ އޭރުން އެކަން އަވަސްވާނޭ. އެހިސާބުން ދެންވާގޮތް ރައްޓެއްސަކު މަށަށް ކިޔައިދިން. މިއީ މިތާގެ ހާލު. އެނޫންތަނެއްނެތް. ކޮރޮޕްޝަން. އެހެންވަނީ ހައްގުއަދަބުނުދޭތީ

The name is already taken The name is available. Register?

ސީދާ

30 October 2019

އެއްކޮޅުގެ ވާހަކަ ގެނެސްފައި އޮތީ. އެހެންކަމުން ކަމުގެ ހަގީގަތާއި ހަމައަށް ނުދެވި ބައިވަރު ސުވާލުތަކެއްގެ ތެރޭގައި މިވަނީ. ތިކަމުގައި ކަރެޕްޝަން ހިމެނެންޏާ އަދަބު ދެވެންވާނެ.

The name is already taken The name is available. Register?

ނެގުނުކަތީބު

30 October 2019

ކޮރޮޕްޝަނޭ އަނިޔާއޭ ޙައްޤުތަކޭ މިނިވަންކަމޭ އަނގަޔާ އަތަކާ ދިމަލެއް ނުވެޔޭ ޑިމޮކްރެސީއެއް ނެތޭ ގޮވާ ހަޅޭއްލަވަމުން ތިމަންނަމެންގެ ކޯލިޝަނުގައި އެ ހުރިހާކަމަކާއި އަދި އޭގެ އިތުރަށް ބޭނުންވާ ހުރިހާކަމެއް އަތްފޯރާ ފަށުން ލިބޭނެގޮތް ހަދާނަމޭ، މުއައްސަސާތަށް އަޅުވެއްޗެއް ނުކުރާނަމޭ، ޖުޑިސަރީ މިނިވަންކޮށް ދޮވެސާފުކުރާނަމޭ ކިޔާ ހަޅޭއް ފަޅޭއްލަވަމުން އައީތީ ދުއްމީހުންގެ އެއްވެސް ޢަމަލެއް އެމަގަށް ދާތީ އަދި ނުފެނެއޭ.

The name is already taken The name is available. Register?

ޢަނީ

30 October 2019

ކުރުކޮށް އެކަމަކު ވަރަށް ވާހަކަ...”މިއީ ވަރަށް ކުޑަވަރެއްގެ ސަރުކާރެއް.”

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454