އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރިޒްވީ-- ފޮޓޯ: މިހާރު
31 އޮކްޓޯބަރ 2019 - 14:00
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް 10 މިލިއަން ރުފިޔާގެ ގެއްލުންވެ، އޭގެ ކުރީ ކްއާޓަރުގައި ލިބުނު ކުރިއެރުން 116 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ)ގެ ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން، އޮޕަރޭޓްކުރަމުން އަންނަ ކުންފުންޏަށް މާލީ ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިއޭއެސް އަށް 68 މިލިއަން ރުފިޔާގެ ފައިދާއެއް ވި އެވެ. އެކަމަކު މި އަހަރުގެ ދެވަނަ ކުއާޓަރުގައި 10 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުމުގެ އިތުރުން އާމްދަނީ ދަށްވެ، ހަރަދުތައް 12 ޕަސެންޓަށް ވަނީ މައްޗަށް ގޮސްފަ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ ކޭޝް ފްލޯ މެނޭޖް ނުކުރެވި، ކޮންމެ ދުވަހެއްގެ ހަރަދުތައް ހަމަޖައްސަން ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. ހަރަދުތައް މެނޭޖްކުރަން އެހެން ގޮތްގޮތުން ފައިސާ ހޯދަން ޖެހުނު އިރު ދަރަނި ވަނީ 442 މިލިއަން ރުފިޔާއަށް އަރާފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ދެވަނަ ކުއާޓަރުގައި އައިއޭއެސްއަށް ލިބުނު އާމްދަނީ ވަނީ 15 ޕަސެންޓް ދަށްވެފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ދަށްވީ އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީ އެވެ. އެގޮތުން، ކުރިން އެތެރޭގެ އުދުހުންތަކުގެ ބޮޑު ހިއްސާއެއް އޮތް އައިއޭއެސް އަށް އެ ސެކްޓަރުތަކުން ލިބުނު އާމްދަނީ 25 ޕަސެންޓް ދަށަށް ދިޔަ އެވެ.
މީގެ އިތުރުން ކާގޯ ހޭންޑްލިން އިން ލިބުނު އާމްދަނީ ވަނީ 12 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ދެވަނަ ކުއާޓަރުގެ އާމްދަނީ ވަނީ 83 މިލިއަން ރުފިޔާ ދަށްވެފަ އެވެ. .
ދެވަނަ ކުއާޓަރުގައި ހަރަދުތައް އިންތިހާ މައްޗަށް އަރާފައިވާކަން ރިޕޯޓުން ދައްކަ އެވެ. އެގޮތުން ދެވަނަ ކުއާޓަރުގެ ތިން މަސް ދުވަހަށް މުވައްޒަފުންގެ މުސާރައަށް 100 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ނުވަ ޕަސެންޓްގެ އިތުރުވުމެކެވެ.
އައިއޭއެސްގެ ހާލަތު މިހާ ދަށަށް ގޮސް އޮތްކަން، ދެވަނަ ކުއާޓަރުގެ ރިޕޯޓުން އެނގުނު އިރު، އާ މެނޭޖްމަންޓަކާ އެކު އެ ކުންފުނި ހުރީ ރަނގަޅު މިސްރާބެއްގައި ނޫން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ސޯޝަލް މީޑިއާ އިން ގެންދަނީ އައިއޭއެސްގެ އެތެރޭގެ ހިސާބުތައް ކަމަށް ފެންނަ ބައެއް މައުލޫމާތުތައް ވެސް ހާމަކުރަމުންނެވެ.
އެކަމަކު އެއިން އެއްވެސް ކަމަކާ ބެހޭ ގޮތުން އައިއޭއެސް ތަފްސީލީ ޖަވާބުތަކެއް ދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަމްޕަރާ
04 November 2019
މެނޭޖުމަންޓުސަކަރާތީނު!
އޮނަރަބްލް އަފީފު ދީދީ
02 November 2019
ފުރަތަމަކަމަކަށް މޯލްޑިވިއަންފްލައިޓް އެތެރެއާއިބޭރުގެމަންޒިލްތަކަށް ޝެޑިއުލްދަތުރުތާވަލްކޮށްފައިވާގޮތާއި އެތަންތަނަށްޓްރެފިކްއޮތްގޮތް އަދި ދަތުރަކަށްހޭދަވާއަގުތަކާއި ކުންފުންނަށްލިބޭއާމްދަނީބަލާ އޮޑިޓެއްކުރާންޖެހޭ. # ކުންފުނިސަލާމަތްކުރުމަށްޓަކާ ބައެއްރިސޯޓްތަކާއި ޓްރެވަލްއޭޖަންޓުންނާއިއެކުކުންފުންޏަށްގެއްލުންވާގޮތަށްހަދާފައިހުރިއެއްބަސްވުންތަކުގެސަބަބުން 4 ފަސްމީހުނާއިއެކު ގޭން، ކާޑެއްދޫ، ދަރަވަންދޫއަށް ކުރާދަތުރުހުއްޓާލާ ޙަރަދުކުޑަކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
02 November 2019
ކުންފުނި ސަލާމަތްކުރުމަށް ބޭރުގެ ތަޖުރިބާހުރި ސީއީއޯއެއް ހަމަޖައްސާ އޭނާގެ ދަށުން މަސައްކަތް ކުރުމަށް ހެޑުންގެ ގޮތުގައި ބޭރުގެ ފަރާތްތަކާއި މުއާމަލާތްކުރެވޭނެ މަތީ ތައުލީމީ ޓީމެއް ނަގާންޖެހޭ. # ތިތަން ހިންގާން މިހާރު ތިބިމީހުނަކީ ތިފަދަ ކަމެއްކުރެވޭނެ ތައުލީމާއި ޤާބިލްކަން ހުރިބައެއްނޫން. # މިހާރު ތިބި ވެރިން ކަޑާނުލާނަމަ އެމީހުން ހެޑުއޮފީހުން ބޭރުކޮށް ކުރިންތިބިގޮތަށް އެއަރޕޯޓް ކާގޯ ޓިކެޓިންގ ކައުންޓަރ ފަދަ ޑިވިޝަންތަކަށް ބަދަލު ކުރެވިދާނެ.
ބޭހޮއް ކޮ
02 November 2019
ރާ ކަނިމަސް ކެވެމުން މިހާރުމިދަނީ ތަނެއްދޮރެއް ނުދަންނަ މީހުން އަދިވެސް ކުންފުނި ތަ ކުގެ ބޮޑެތި މަގާމު ތަ ކައް ލެވޭތޯބަލާ
ރީތި މޫސަ
02 November 2019
ތިދެން ތިކަންވެސް ނިމެނީ މިއޮތީވާ ސަރުކާރެއް
ގެއްލުން
01 November 2019
އެމްޑީއާޢި ޑެޕިޔުޓީ އެމްޑީއަށް މުސާރަދީފައި ފައިސާއެއް ނުހުންނާނެ ނުންތަ؟
ހަނުހުންނަ މީހާ1
01 November 2019
މިވަގުތު އާސަންދަ ފިޔަވާ ރަގަޅަށް ހިންގާ ކުންފުންޏެއް މި ސަރުކާރުގަ ނެތް
އަޙްނަފް
01 November 2019
މުސާރައައް އެކަށީގެންވާ އެއްޗެއް ނުދޭ އިރު މުވައްޒަފުންގެ މުސާރައައް 100 މިލިޔަން ހަރަދުވީ ގޮތެއް ވިދާޅުވެ ދެއްވަބަލަ ??
ކާނާ
01 November 2019
ޕައިލެޓުން ކާލީ، އެމީހުނަށް އެއްޗެއް ދީފަ އެހެން ބަޔަކަށް ދޭނެ އެއްޗެއް ނޯވެ.
މދނދނނދ
01 November 2019
އަދިވެސް ބޭކާރު ފުލައިޓުތައް ޖައްސާ ފައިދާ ނުވިޔަސް
އެންދެރި
01 November 2019
ކުއްލި އަކަށް 80 ހާހުން މައްޗަށް މުސާރަ ދިޔައީމަ އެހެން ވަާނެ އެވެ.