ކްރިތީ ސެނަން.
02 ނޮވެމްބަރ 2019 - 07:00
ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ފިލްމު "ކަބީރު ސިންގް" އަށް ފަހު ޝާހިދު ކަޕޫރް ކުޅޭ ތެލެގޫ ފިލްމު "ޖާޒީ" ގެ ހިންދީ ރިމެކްގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ މި ސްޕޯޓްސް ޑްރާމާގެ ޝޫޓިން ފެށުމުގެ ކުރިން ޝާހިދު މިހާރު އަންނަނީ ކްރިކެޓްގެ ތަމްރީނުތަކެއް ވެސް ހަދަމުންނެވެ. މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރިލީޒްކުރި "ޖާޒީ" އަކީ ގޯތަމް ތިނައްނޫރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ހިންދީ ފިލްމު ވެސް އޭނާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އިރު، މިއަށް ބަތަލާއެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން "ޖާޒީ" ގެ ހިންދީ ފިލްމުގެ ބަތަލާގެ ރޯލް އޮރިޖިނަލް ފިލްމުގެ ބަތަލާ ޝްރަދާ ސްރީނާތަށް ހުށަހެޅުމުން އޭނާ ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ.
Here’s the prep-look of the multi-faceted actor from the Hindi remake of ‘Jersey’! Co-produced by #AlluAravind, #AmanGill & #DilRaju, it is directed by Gowtham Tinnanuri! It will release on 28August 2020. pic.twitter.com/1Fs0g73bfB
— Komal Nahta (@KomalNahta) November 1, 2019
ޝާހިދުގެ "ޖާޒީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ މި ފިލްމަށް ސޮއިކުރީ 40 ކްރޯޑް ރުޕީސް (ހަ މިލިއަން ޑޮލަރު) އަށެވެ.
ރަހިމު ވިއްކައިގެން ނުވަތަ ސަރޮގޭޓް މައެއްގެ ގޮތުގައި އާމްދަނީ ހޯދާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމު "މިމީ" ގެ ޝޫޓިން ބަތަލާ ކްރިތީ ސެނަން ފަށައިފި އެވެ.
ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމާ ބެހޭ ގޮތުން ޒުވާން ބަތަލާ ބުނީ މިއީ އޭނާގެ ކެރިއަރުގެ ވަރަށް ހާއްސަ ފިލްމަކަށް ކަމަށާއި މިއީ މިހާތަނަށް ކީ އެންމެ ފުރިހަމަ އެއް ސްކްރިޕްޓް ކަމަށެވެ. "މިމީ" ގެ ވާހަކަ ބިނާކޮށްފައި ވަނީ 2011 ގައި ރިލީޒްކުރި މަރާޓީ ފިލްމު "މާލާ އާއީ ވޭޗީ" އަށެވެ. އެ ފިލްމަކީ އެ އަހަރުގެ އެންމެ މޮޅު މަރާޓީ ފިލްމުގެ ނެޝަނަލް އެވޯޑް ވެސް ހޯދި ފިލްމެވެ.
"މިމީ" ގައި ކްރިތީއާ އެކު މުހިއްމު ރޯލަކުން ޕަންކަޖް ތުރިޕަތީ ވެސް ފެނިގެންދާ އިރު، މި ފިލްމު ޑައިރެކްޓްކުރަނީ މި އަހަރު ކުރީކޮޅު ރިލީޒްކުރި ކްރިތީގެ "ލުކާ ޗުއްޕީ" ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރެވެ.
ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ބުރާސްފަތި ދުވަހު ފަށައިފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ފަށަން ޔާޝްރާޖް ސްޓޫޑިއޯ (ވައިއާރްއެފް) ގައި ބޭއްވި ހަފުލާގައި ފިލްމުގެ ފުރަތަމަ ޝޮޓް ފަށައިދިނީ އާމިރުގެ މަންމަ ޒީނަތު ހުސައިނެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ރިލީޒްކުރަން ނިންމާފައިވާ "ލާލް ސިންގް ޗައްޑާ" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތީ، މާނަވް ވިޖް، ވިވެކް މުޝްރާން، މާނަވް ގޯހިލް، ވިނީތާ ތާކޫރް އަދި ވިވެކް ގަރްގް ހިމެނެ އެވެ.
ކަރަން ޖޯހަރަކީ ހަމައެކަނި ޑައިރެކްޓަރެއް/ޕްރޮޑިއުސަރެއް އަދި ހޯސްޓެއް ނޫނެވެ. އޭނާ ވަނީ ބައެއް ފިލްމުތަކުގައި އެކްޓް ވެސްކޮށްފަ އެވެ. މިއޮތީ އަނެއްކާ ވެސް އޭނާގެ އެކްޓިން ފެންނަ އުފެއްދުމެކެވެ. އެކަމަކު ފިލްމެއް ނޫނެވެ.
Would you like to see to see me in a soup?! For a change and not quite literally though :) Unwanted guest at 3 am!! @KnorrIndia pic.twitter.com/cfE2S6knXk
— Karan Johar (@karanjohar) October 31, 2019
މިއީ މަޝްހޫރު ބްރޭންޑް ކްނޯރް އިންޑިއާގެ ސޫޕް އިޝްތިހާރެކެވެ. މީގައި ފެންނަނީ ކަރަން ނިދާފައި އޮއްވައި މެންމަދު ގެއަށް އަންނަ މެހުމާނަކު ބެލް ޖެހުމުން ނިކުމެ އޭނާ އަށް މަރުހަބާ ކިޔައި، ގެއަށް ވެއްދުމުން ސޫޕެއް ތައްޔާރުކޮށް ދޭން އެދުމުން އެކަމާ ވަރަށް ހިތްހަމަނިޖެހިފައި ހުރެ އެކަން ކޮށްދޭ ތަނެވެ.
މި އިޝްތިހާރު ހަދާފައި ވަނީ ކަރަންގެ ދަރުމާ ކޮމާޝަލް އެޑްތަކަށް ހާއްސަ ޔުނިޓް ދަރުމާ 2.0 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy