ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ ދުއްވި ސައިކަލު -- ފޮޓޯ: ފުލުހުން
05 ނޮވެމްބަރ 2019 - 10:59
ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއް ގައި ޒުވާނަކަށް އަނިޔާތަކެއް ވެ، ސީރިއަސް ހާލަތަކަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އަނިޔާވެފައިވާ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ފަރުވާ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫ ގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ މީހާ އަދިވެސް ހޭނާރާ ކަމަށާއި އިތުރު ފަރުވާ އަށް މާލެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގީ ފުވައްމުލަކު ސްޓޭޑިއަމް ކައިރިން ބާރަށް ސައިކަލު ދުއްވާފައި ދަނިކޮށް، ސްޕީޑް ބްރޭކަރެއްގައި ޖެހި، ސައިކަލު ކޮންޓްރޯލުން ނެއްޓި، ވެއްޓުމުންނެވެ. އެކްސިޑެންޓުވި އިރު ސައިކަލް ދުއްވަން އިނީ އޭނާ އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން ނުކިޔާ
05 November 2019
ދެ މީހުންނަށް އެއްފަހަރާ ސައިކަލް ދުއްވިދާނެތަ؟ ޢެކްސިޑެންޓްވި އިރު ސައިކަލް ގައި އިނީ އޭނާ އެކަންޏޭ ލިއުނުނަމަ ރަގަޅުވީސް ހެން ހީވަނީ!