ފޮނަދޫގެ ހައުސިން ޔުނިޓުތައް، އެ ތަންތަނުގެ ހައްގުވެރިންނަށް ހަވާލުކުރަން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
05 ނޮވެމްބަރ 2019 - 12:02
ލ. ފޮނަދޫގައި ހެދި ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އިއްޔެ ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، މިހާތަނަށް ހަވާލުނުކުރެވި ހުރި 27 ހައުސިން ޔުނިޓެއް އެ ތަންތަނުގެ ވެރި ފަރާތްތަކާ ހަވާލުކުރާނެ އެވެ. މި ކަމަށް މިނިސްޓްރީގެ ޓީމެއް ވަނީ ފޮނަދޫ އަށް ގޮސްފަ އެވެ.
ލ. ފޮނަދޫގައި އިމާރާތް ކުރެވިފައިވާ 27 ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއި އެގްރީމަންޓްގައި ސޮއިކޮށް ގެ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން: pic.twitter.com/KUsjw5yB57
— Ministry of Housing and Urban Development (@MoHUDmv) November 5, 2019
ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓް އެއް
ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ފޮނަދޫގައި ހަދާފައި ވަނީ 50 ހައުސިން ޔުނިޓެވެ. އެ ޔުނިޓުތަކުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ މަސައްކަތް ކުރަން މިދިޔަ މާޗު މަހު 7.9 މިލިއަން ރުފިޔާ އަށް ފެނަކައާ ހަވާލުކުރި އެވެ.
ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި މި ސަރުކާރުން 20،000 ހައުސިން ޔުނިޓް އަޅަން ހަމަޖައްސައި 600 މިލިއަން ރުފިޔާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިި ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 November 2019
ފޮނަދޫގައި އަޅާފަ ހުރި ހައުސިންގް ޔުނިޓްތައް ދޭން ހައުސިންގް މިިނިސްޓްރީގެ ޓީމެއް ދާންޖެހޭތަ. ތީތަ ލާމަރުކަޒީކުރާ ގޮތަކީ. ކައުންސިލަށް ތިވަރުގެ ކަންކަންވާނެ. ތިތަނަށް ދާ ޓީމުގެ ޓިކެޓާއި ހުރުމާއި، ކެއުމާއި ދަތުުރުފަތުރީ މީ ހަމަ ދައުލަތުން ދާ ޚަަރަދު ދޯ