ހުޅުމާލެ 1 ގައި މީހުން ދިރިއުޅޭ ބައެއް ފްލެޓުތަކުގެ އެސެސްމަންޓު ހަދަނީ.--ފޮޓޯ: އެފްޑީސީ
21 އެޕްރީލް 2025 - 17:57
ހުޅުމާލޭގައި ހައުސިން މިނިސްޓްރީން ބަލަހައްޓާ 700 އަށް ވުރެ ގިނަ ފްލެޓުގެ މަރާމާތުގެ މަސައްކަތާ އެފްޑީސީން ހަވާލުވާން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި މީހުން ދިރިއުޅޭ 704 ފްލެޓަށް ވަކިވަކިން ޒިޔާރަތްކޮށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސާވޭއެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ އިންސްޕެކްޝަންގެ މައިގަނޑު މަގުސަދަކީ އެފްޑީސީން އެ އިމާރާތްތަކާ ހަވާލުވުމުގެ ކުރިން މިހާރުގެ ހާލަތު ދެނެގަތުން ކަމަށް ބުންޏެވެ.
އިންސްޕެކްޝަން ކުރިއަށް ގެންދާ ޓީމަށް އެއްބާރުލުން ދިނުމަށް އެފްޑީސީން ވަނީ އެދިފަ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު"އަށް ވިދާޅުވީ އެސެސްމަންޓް ނިންމުމަށް ފަހު، ހައުސިން މިނިސްޓްރީއާ ގުޅިގެން އިދާރީ މަސައްކަތް ބަދަލުކުރާނެ ކަމަށެވެ.
ހުޅުމާލެ 1 ގައި އިމާރާތްކޮށްފައިވާ ބައެއް ފްލެޓުތައް މިހާރު ބަލަހައްޓަނީ ހައުސިން މިނިސްޓްރީންނެވެ. ބާކީ ފްލެޓުތަކުގެ މަރާމާތުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެޗްޑީސީއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާނަ
22 April 2025
704 ފުލެޓަކީ ހައުސިން މިނިސްޓްރީން އެއްގޮތަކައްވެސް ބަލަހައްޓާ ތަނެއްނޫން އެތަނުގައި ދިރި އުޅޭތާ މިހާރު މިވަނީ 7 އަހަރު މެއެނޓެންސް ކަމެއް ދިމާވެގެންވެސް ގުޅަންވީ ކޮންފަރާތަކައްކަމެއް ނުއެނގޭ .ތަންތން ހަލާކުވެގެން ދާއިރުވެސް ބަލާލަކީނޫން
ސީދިބެ
21 April 2025
ކޮބާތަ, 4000 ފުލެޓް ދޭކަށް ނުވޭތަ?
ހުދުރިތޯޗެ
21 April 2025
މިކަހަލަ ހަބަރަކައްވުރެ ބޭސްސިޕމަންޓުގެ އަޕްޑޭޓު ޑޮކުޓަރުންގެ ޑިއުޓީ، ޑިއުޓީއަދާ ކުރާތަނުގެ މައުލޫމާތު ރައްޔިތުންމާބޭނުންވާނެ.
އެދުހިޔާ
21 April 2025
ޙިޔާ ފުލެޓު މެއިންޓެނެންސް ވެސް ނުކުރޭ. އެޗްޑީސީއަށް އާދޭސް ދަންނަވައިގެން މަސްދެމަސްވާއިރުވެސް ހައްލުނުވޭ. ހިޔާ ފުލެޓާވެސް ހަވާލުވާން ފެނޭ.
އޮނަރަބްލް އަފީފު ދީދީ
21 April 2025
ކ.މާލޭމީހުން ދިރިއުޅޭ އެމީހުންގެ ގެދޮރު މަރާމާރުކޮށްބެލެހެއްޓުމަކީ ސަރުކާރު ވުޒާރާތައްކަމުގައިވާ ހައުސިންގ މިނިސްޓްރީ އާއި ދައުލަތުގެ ބަޖޭޓުން ޙަރަދުކުރާ Fahi Dhiriulhun Corporation ފަދަ ދައުލަތުގެ ކުންފުނިތަކުން ކުރާންޖެހޭކަމަކަށް ވަނީ ކޮން އުސޫލެއްގެތެރެއިންތޯ؟! ތިތަންތަނަކީ ބޭރުގެ މާލީއިދާރާތަކުން ދަރަންޏަށް ފައިސާނަގައިގެން އިމާރާތްކޮށް "ކަޑައެޅިފައިވާ އެއްބަސް ވުމެއްގެތެރެއިން އަގު އަދާކުރާގޮތަށް" ތިރަށުމީހުނަށް ދޫކޮށްފައިވާ ތަންތަން ނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
21 April 2025
ދުއިސައްތަ އަށްޑިހަ ބިލިޔަނެއްހާ ރުފިޔާއަށް ދައުލަތް ދަރަނިވެރި ވެފައިވާއިރު މީގެ %60 އަކީ ތިރަށުމީހުން ވަންނާނެތަނެއް ނެތްކަމަށްކިޔައިގެން އެމީހުނަށް ފުލެޓް އަޅާދިނުމަށް ނެގި ލޯނު ފައިސާ. މިފަދަ "ފުލެޓްތައް ލިބުނު ކ.މާލޭގެ ގިނަމީހުން އެތަންތަން ބޭނުންކުރަނީ އާމްދަނީ ހޯދުމުގެ ބޭނުމަށްކަން" މާލޭސަރުކާރަށް އިގޭއިރުވެސް އެކަންކަން ހުއްޓުވާން މަސައްކަތް ނުކުރާއިރު އެއްވަސް ވުމާއި އެއްގޮތަށް އެމީހުން ދައްކާން ޖެހޭ ފައިސާ ހޯދަންވެސް ސަރުކާރުން ނޫޅޭ.
އޮނަރަބްލް އަފީފު ދީދީ
21 April 2025
މާލޭ މީހުންނަށް ދައުލަތުން ދީފައިވާ މިފަދަ ފުލެޓްތަކަށް އެރަށުމީހުން އެއްގޮތަކަށްވެސް ފައިސާ ނުދައްކާތީ ދައުލަތް ދަރަނިވެރިވެ ބަޤުރޫޓް އިޢުލާން ކުރާންޖެހޭ ހިސާބަށް ކަންތައް ގޮސްފައިވާއިރު ދައުލަތުގެ އޮޑިޓަރ ޖެނެރަލް އާއި މީރާގެ ވެރިޔާ އަދި މަރުކަޒީ ބޭންކްގެ ފަރާތުންވެސް މިފައިސާ ހޯދަން ސަރުކާރަށް އެއްވެސް ވަރަކަށް ބާރު ނާޅަނީ މިއީ މާތްވެގެންވާ މުޤައްދަސް ރަށްކޮޅުގެ ރަށްވެހިން ދޭންޖެހޭ ފައިސާއަށް ވާތީ ކަމަށް ވެދާނެ. އެކަމަކު މިއީ އިންސާފެއްނޫން.
އާޕިސްސ
21 April 2025
މިހުރީ މިއަދު ރާއްޖޭގައި ޕުރޮޖެކްޓު ތަކާ އެކިއެކި އެކްޓިވިޓީ ހިގާ މިންވަރަކީ ތަރައްޤީގެ މަސްރޫއެއް ނުހިގާތީ ކުދިކުދި މަރާމާތުގެ ވާހަކަ އާ އެތެރޭގެ އިދާރީ ކަންކަމުގެ ވާހަކަ ހަބަރުތަކުގެ ފަލަސުރުހީގާ މިހުންނަނީ