ރިޔާޒު މަޖިލީހުގެ ކޮމިޓީއެއްގައި: އޭނާ ވިދާޅުވީ އަފްރާޝީމްގެ މަރާ ގުޅޭ ތަފްސީލް ރިޔާސީ ކޮމިޝަނާ ހިއްސާކުރައްވާފައިވާ ކަމަށް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ނޮވެމްބަރ 2019 - 17:38
ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ މައުލޫމާތުތައް ރިޔާސީ ކޮމިޝަނާ މިއަދު ހިއްސާ ކުރައްވާފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ދިރިއުޅުއްވާ ގޭގެ ސިޑިމަތީގައި، އަފްރާޝީމް އަނިޔާވެރިކޮށް އަވަހާރަކޮށްލި އިރު ރިޔާޒަކީ އޭރުގެ ޕޮލިސް ކޮމިޝަނަރެވެ. ފުލުހުންގެ ތަހުގީގުން ލިބުނު މައުލޫމާތަށް ބަލައި، ރިޔާޒް އޭރު ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ބަޔަކު އަޑީގައި ތިބެ، ފަންޑްކޮށްގެން ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލަން ހަތަރު މިލިއަން ރުފިޔާ ހުށަހެޅި ކަަމަށް އޭރު ތުހުމަތު ކުރި ނަމަވެސް އެއީ ކޮން ބައެއް ކަމެއް، އެ މަރަށް ހަތް އަހަރުވި އިރު ވެސް ހޯދިފައެއް ނުވެ އެވެ.
Dr. Afrashim avahaarakolli massalaagai alhugadah libifavaa hurihaa mauloomaatheh maruthakaai behey commission aai miadhu hissaakoffin. Adhi commission ge membarun kurehvi hurihaa suvaalthakah javaabu dheefavaane. @DdcomMdv @PoliceMv
— Abdulla Riyaz MP (@riyazabdulla) November 5, 2019
ރިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އޭނާ އަށް ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް، މަރުތަކާ ބެހޭ ކޮމިޝަނާ ހިއްސާކުރައްވާފައިވާ ކަމަށެވެ.
"އަދި އެ ކޮމިޝަންގެ މެމްބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދީފައިވާނެ،" ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް އަލީ: އޭނާގެ މަރަށް ހަތް އަހަރު ވި އިރު ވެސް އެ މަރުގެ ފަހަތުގައި ތިބި މީހުން ނުހޯދޭ. --ފޮޓޯ/މަޖިލީސް
އޭނާ ކުރިން ވެސް ވިދާޅުވަމުން ގެންދެވީ، އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، ޝަރުއީ ކޯޓެއްގައި ނުވަތަ ރިޔާސީ ކޮމިޝަނެއްގައި ވެސް ދެއްވަން ހުންނެވީ ތައްޔާރަށް ކަަމަށެވެ. ފުލުހުންގެ މުއައްސަސާ އިން ބެލި ކަމުގައި ވިޔަސް، އެ ކަންކަމުގައި ލިބިފައި ހުރި މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ. އެ މައުލޫމާތު ހާމަކުރުން ލަސްވެއްޖެ ކަމަށް ބުނެ މި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު، އޭނާ އަށް ސުވާލުތައް ވެސް ކުރިމަތިކުރުވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެ އެވެ.
މަރުތަކުގެ ހަގީގަތް ހޯދަމުން އަންނަ ރިޔާސީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ވެސް ތިބި މީހުން މިހާރު ވަނީ ހޯދިފަ އެވެ. އެއީ ކޮން ބައެއް ކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމުގެ ޔަގީންކަން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރިޔާސީ ކޮމިޝަނުން އޮތީ ދީފަ އެވެ.
އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމީ
06 November 2019
މިއީ ހުސްފޮނިކަޑާ މީހެއް، ދެފަހަރު އެކައްޗެކޭނުކިޔާ، އެއްފަހަރުބުނާނެ އަފްރަށީމު ގެ ހުރިހާވާހަކައެއް ބުނެފީނޭ، އަނެއްފަހަރު ބުނާނެ އަދިވަގުތު ނުޖެހެޔޭ...މީނަ ހަމަޖެހޭމީހެއްތޯ ބަލަންވެއްޖެ..
އެބޯލާ
06 November 2019
ފެންފޯއްރުއްތައް ކެނޑިމީހުނާ ގުޅުމެއް ނެތްބާ؟ ދެޢަމަލުގައިވެސް އެއްބާވަތެއްގެ ހަތިޔާރާއި ތަމްރީނު ހިމެނިދާނެކަމުގައި ޤަބޫލުކުރެވޭތީ ސުވާލުއުފެދެނީއެވެ.
ޙެހެހެހ
06 November 2019
އަދި އަވަސް
ޢިބޫ
06 November 2019
ތިވެސް ކަނޑާލާނީ ކޮންމެވެސް ހައްދުފަހަނެޅި ބައެއް ކުރިކަމަކޭ ކިޔާފަ.
އިންސާނާ
05 November 2019
ޔާމީނުގެ މައްސަލަޔާ އެމްޑީއެންގެ ވާހަކަތައް އޮއްބާލަން ރަނގަޅުވާހަކައެއް ތިޔަދެއްކެވީ އެކަމަކު ދިވެހިން އެންމެ ރަނގަޅައް ލޯހުޅުވޭ
ޢަބްދުﷲނާފިޒް
05 November 2019
އެންމެރަނގަޅަށް ލޯހުޅުވެންޏާ މިއަދާ ހަމަޔަށްވެސް، ހުމާމު ނޫން މީހަކު ތިކަމުގަ ޝާމިލުވާކަމަށް ހޯދިފައެއް ނެތް، އެހެންވީމަ ރަނގަޅުތާ، ހަތްއަހަރު ވެގެންދިޔައީވިއްޔަ، އަނެއްކާ ހުމާމު އެކަނި މާއެކަނި ގޮސް ކުރި ކަމެއްބާ!؟
އަހުމަދުބޭ
05 November 2019
ﷲ ގެ ވާގިފުޅައިއެކު އަފުރާސީމްގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް އުއްމނީދު ކުރަމެވެ.