އޭސީސީގެ މެމްބަރުން: ދައުލަތަށް 190 މިލިއަން އަނބުރާ ހޯދަން ފުރަތަމަ ނުވަ މަހު އަންގާފައިވޭ -- ފޮޓޯ/މިހާރު
06 ނޮވެމްބަރ 2019 - 12:07
މިއަހަރުގެ ފުރަތަމަ ނުވަ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި މައްސަލަތަކުގައި 190 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އަންގައިފި އެވެ.
އޭސީސީން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ އެ ކޮމިޝަނުން ނިންމި 16 މައްސަލައެއްގައި ހިމެނޭ ފައިސާ އެވެ. އޭގެ ތެރެއިން މިހާތަނަށް އަނބުރާ ހޯދުނީ 78،700ރ. ކަމަށް އޭސީސީގެ ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ތިން މައްސަލައެއް ފޮނުވާފައިވެ އެވެ. އެ މައްސަލަތަކުގައި ހިމެނެނީ 3.6 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އޭސީސީން ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ހުރި މައްސަލަތަކުގެ ތެރެއިން 12 މައްސަލައެއް ފުރަތަމަ ނުވަ މަހު އޭސީސީއަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy