ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

ފޯރަމަކީ އާއްމު ސިއްހަތުގެ ހާލަތު ރަނގަޅު ކުރުމުގެ ފެށުން: އަމީން

ޕަބްލިކް ހެލްތު ފޯރަމް ނިންމުމަށް ރޭ ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލާއި ހެލްތު މިނިސްޓަރު އަަމީން އަދި ބައެއް އެހެން ވަޒީރުންނާއި ސިއްހީ ދާއިރާގެ ބައެއް އިސްވެރިން.---ފޮޓޯ: ރައީސް އޮފީސް

އެކި ދާއިރާތަކުން 200 އަށް ވުރެ ގިނަ މަންދޫބުންނާ އެކު ތިން ދުވަހުގެ މުއްދަތަކަށް ބޭއްވި ފޯރަމަކީ ޕަބްލިކް ހެލްތު ނުވަތަ އާންމު ސިއްހަތުގެ ކަންކަން ރަނގަޅު ކުރުމުގެ ފެށުން ކަމަށާއި އެ ފޯރަމަކީ ދިއްލުނު ކުޑަކުޑަ "ހުޅުކޮޅެއް" ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން އިންތިޒާމްކޮށްގެން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި އާއްމު ސިއްހަތުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، އެއް ދުވަސްވަރެއްގައި ރާއްޖެ އަކީ ބަލިތައް ގިނަ ކަމުން މީހުން ބިރުގަންނަ ތަނަކަށް ވިޔަސް މިހާރު މީހުން ތިބެނީ ރާއްޖެ އަންނަ ހިތުން ކެތްމަދުވެފައި ކަމަށެވެ. ދިވެހިންނަކީ ދިރިއުޅުމުގައި ކިތަންމެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުން އަންނަ ބަޔަކަށްް ވިޔަސް ސިއްހީ ގޮތުން އެންމެ ނަސީބުވެރީ ދިވެހިން ކަމަށް ވެސް އޭނާ ވިދާޅުވިި އެވެ.

"މިއަދުގެ ދިވެހީން ދިރިއުޅުމުގައި ކިތަންމެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުން ގެންދިޔަ ކަމުގައި ވިޔަސް ސިއްހީ ގޮތުން އެއީ އެންމެ ނަސީބުވެރިން. އިއްޔެގެ ކާބަފައިން އުޅުނު ދިވެހިރާއްޖެ އަށް ސިއްހީ ނުރައްކާތެެރި ކަމެއްގެ ބިރުން ދަތުރުވެރިން ގާތްކުރަން ބިރު ހީވިޔަސް މިއަދު އެ ދަތުރުވެރިން ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެ އަށް މިސްރާބު ޖަހަނީ ކެތްމަދުވެފައި ތިބެ،" ތިން ދުވަހުގެ މުއްދަތަށް ބޭއްވި ޕަބްލިކް ހެލްތު ފޯރަމް ނިންމުމުގެ ޖަލްސާ ގައި އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާ އިން ކުރިއަށް އޮތް އަހަރު ތަކުގައި ކުރާނެ މަސައްކަތްތައް ބައްޓަން ކުރާނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ގޮންޖެހުމުން ރާއްޖެ ސަލާމަތް ކުރުމަށެވެ.

އެންމެން ގުޅިގެން ރަނގަޅު ސިޔާސަތުތަކަކާ އެކު މަސައްކަތް ކޮށްފި ނަމަ އެ ނަތީޖާ ހާސިލު ކުރަން މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު ފޯރަމް ނިންމުމުގެ ޖަލްސާގައި މިނިސްޓަރު އަމީން ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ޒަމާން ބަދަލުވެ، މިއަދާ ހަމައަށް އައި އިރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ނުރައްކަލަކީ ގައިންގަޔަށް އަރާ ބަލިތަކެއް ނޫން. ގައިންގަޔަށް ނާރާ ބަލިތައް. މިއަދުގެ މަހާސިންތާގެ އަލީގައި އަދި މަހާސިންތާގައި ބައިވެރިވި އެތައް ބައެއްގެ ވިސްނުމާއި ފިކުރުގެ އަލީގައި ކުރިއަށް އޮތް އަހަރުތައް އަޅުގަނޑުމެން ތަރުތީބު ކުރާނީ އިރާދަކުރެއްވިއްޔާ ރާއްޖެ އަށް ކުރިމަތިވެފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގެ ގޮންޖެހުމުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސަައްކަތްތައް އަވަސް ކުރަން،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޕަބްލިކް ހެލްތު ފޯރަމަކީ ދިއްލުނު ކުޑަކުޑަ "ހުޅުކޮޅެއް" ކަމަށާއި މި ދިއްލުމުގެ އަލިކަން ފެތުރުމަށް ސިއްހީ ދާއިރާގެ އެންމެން ސާބިތުކަންމަތީ ތިބެން ވާނެ ކަމަށެވެ.

އާއްމު ސިއްހަތުގެ މަހާސިންތާ ނިންމައިލިއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ ދާއިރާ އިން މަަސަައްކަތް ކުރާނެ ގޮތުގެ މަގުޗާޓެއް ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ. އެ މަގުޗާޓުގައި އިސްކަންދީފައިވާ ކަންތަައްތަކުގެ ތެރޭގައި ސިއްހީ ގޮތުން ރަނގަޅު ނޫން މިންވަރަކަށް ފަލަވުން ނުވަތަ "އޮބީސިޓީ" ކުޑަކުދިންގެ މެދުގައި އޮންނަ ވަރު މަދުކުރުމާއި ދުންފަތުގެ އިސްތިއުމާލްކުރާ މިންވަރު މަދުކުރުމާއި އުމުރުން ދުވަސްވީ މީހުންގެ އިޖުތިމާއީ ގުޅުން ރަނގަޅު ކުރުން އަދި ވެކްސިން ދިނުމާ ދެކޮޅު ހެދުން މުޅިން ނައްތައިލުން ފަދަ ކަންކަން ހިމެނެ އެވެ.

އާއްމު ސިްހަތުގެ މަހާސިންތާ ނިންމުގެ ރަސްްމިއްޔާތު ޝަރަފްވެެރި ކޮށްްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޒަމާން ބަދަލުވެ، މިއަދާ ހަމައަށް އައި އިރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ނުރައްކަލަކީ ގައިންގަޔަށް އަރާ ބަލިތަކެއް ނޫން. ގައިންގަޔަށް ނާރާ ބަލިތައް. މިއަދުގެ މަހާސިންތާގެ އަލީގައި އަދި މަހާސިންތާގައި ބައިވެރިވި އެތައް ބައެއްގެ ވިސްނުމާއި ފިކުރުގެ އަލީގައި ކުރިއަށް އޮތް އަހަރުތައް އަޅުގަނޑުމެން ތަރުތީބު ކުރާނީ އިރާދަކުރެއްވިއްޔާ ރާއްޖެ އަށް ކުރިމަތިވެފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގެ ގޮންޖެހުމުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސަައްކަތްތައް އަވަސް ކުރަން: އަމީން

މި މަހާސިންތާ ގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި، އާބާދީގެ އެކި އުމުރު ފުރާތަކަށް އަންނަ ބަދަލުތަކާ އެކު، އާބާދީގެ ސިއްހީ މައްސަލަތަކާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެ އެވެ.

އަދި މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުން ހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަން ކަމާ މެދު މަޝްވަރާކޮށް، ހައްލު ކުރުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވާހަކަ ދެއްކި އެވެ.

7 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަތިމަސް

07 November 2019

ޕަބްލިކުހެލްތް ކުރިއަރާނީ އެމަސައްކަތް ކުރަންތިބި ހެލްތްވޯކަރުންގެ އަގުވަޒަންކޮށްގެން، އެމީހުންނަށް އެހީތެރިވެގެން އަދި އެމީހުންނަށްލިބޭ އުޖޫރަ ބޮޑުކޮށްގެން. އެތައްސަތޭކަބަޔަކު އެއްތަނަކުން ބައްދަލުވެގެނެއްނޫން.

The name is already taken The name is available. Register?

ސަލީމާ ހަސަން

07 November 2019

ހެޔޮބަދަލުއެބަފެނޭ. ނަތީޖާނެރުމަށް ތިޔަކުރައްވާ ބުރަމަސައްކަތް ރައްޔިތުން ބަލައިވެސްގަނޭ. އެކަމަކު ހެލްތިމިނިސްޓްރީގެ ބައެއްވެރިން ބަދަލުކޮށްގެން އަމީން ތިއެދޭވަރުގެ ނަތީޖާއެއް ނެރެވޭނީ. އަމީންކަހަލަ ހެލްތުމިނިސްޓަރ އެއްް އިލްޔާސްގެ ފަހުން ނުލިބޭ. ޢެކަމަކު ބައެއްމީހުން ހަމަ ގަސްދުގަ އަމީން ފެއިލްކޮށްލަން އެބަ މަސައްކަތްކުރޭ. އެގޭތީ މިބުނީ. ވަރަށްވާހަކަމީ

The name is already taken The name is available. Register?

ސިންގާ

07 November 2019

ޝައްކެތް ވަސްވާހެއްވެސް ނެތް، ރާއްޖޭގެ ތާރީހުގައިވެސް އައި އެންމެ ކުޅަދާނަ ސިއްހީ ވަޒީރު.

The name is already taken The name is available. Register?

ބާނޫ

07 November 2019

ހެލްތު މިނިސްޓްރީގެ މުޅި ތާރީޚުގައިވެސް ޕަބްލިކް ހެލްތާބެހޭ އެންމެ ބޮޑު ފޯރަމް މި ބޭއްވުނީ މަނިކުފާނުގެ ޒައާމަތުގައި. މިކަމުން މި ދައްކައިދެނީ މަނިކުފާނުގެ ހިންގުންތެރިކަމާއި ހިކުމަތްތެރިކަން. ހަގީގަތުގައިވެސް ސިއްހީ ވުޒާރާ މަނިކުފާނުގެ ކޮނޑުފުޅުގައި އެޅިގެން ދިޔުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އިރާދަކުރެއްވިއްޔާ ދައުރު ނިމޭއިރު އޮންނާނީ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލު އައިސްފައި

The name is already taken The name is available. Register?

ޝިފާޒް އަހުމަދު

07 November 2019

މިއީ މިހާތަނަށް ސިއްޚިދާއިރާގައި ނުކުރާވަރުގެ ބޮޑުމަސައްކަތެއް. އަޅުގަނޑުމެން މިދާއިރާގަ އުޅޭތާލައްކަދުވަސް 2000ހުގެ އަހަަރުތަކުގައި ރައީސްމައުމޫން ފެއްޓެވި ސިއްޚިކަންތައްތަކުގެ ދުވަސްވަރުފަހުން ދާއިރާގެ މިހާގިނަމީހުން އެއްތަނަކުން އެއްވާކަށް ފުރުޞަތެއްނުބޭ. ޝުކުރުހައްގު މަސައްކަތެއް. އަޅުގަނޑު އުއްމީދުކުރަން މިރަގަޅު ފެށުމާއެކު މަސައްކަތް ހުއްޓާނުލާކުރިއަށްގެންދާނެކަމަށް

The name is already taken The name is available. Register?

ރަންކޮޅު

07 November 2019

އެތައް ޒަމާންތަކެއް ވަންދެން ވަޅުޖެހިފައި އޮތް ސިއްހީ ދާއިރާއަށް އާރޯކަމެއް މި އައީ އަމީންގެ ބުރަ މަސައްކަތުން. ތިއީ މިހާރު އަހަރުމެން ރައްޔިތުންގެ އުއްމީދީ ހުޅުކޮޅު. ނިވިދިޔަ ނުދޭތި! ހަމަ ގަދަކޮށް ކުރިއަށް ވަޑައިގަންނަވާ!

The name is already taken The name is available. Register?

ޒިންދަގީީ

07 November 2019

ކޮން ރައީސް ނަޝީދެއްތަ؟ އޭނާގެ ޕާޓީ މީހަކަށް ނުވިޔަސް އަހަރުމެން ދިވެހި ރައްޔިތުން މަނިކުފާނު ތި ކޮށްދެއްވާ ބުރަ މަސައްކަތަށް އޭ ސްޓާ މަތި މައްޗަށް ފަތި ފައްޗަށް އަމުނައި ވެދުން ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454