ޚަބަރު / އައްޑޫ ޕޮލިސް

އައްޑޫ ނެއިބަހުޑް ފޮލިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

07 ނޮވެމްބަރ 2019 - 12:06

2 comments

ރައްޔިތުންނާ ވީހާ ވެސް ގާތުން ފުލުހުންގެ ހިދުމަތް ދިނުމުގެ ގޮތުން މީގެ ފަސް މަސް ކުރިން އައްޑޫ ގައި ތައާރަފުކުރި ނެއިބަހުޑް ފޮލިސްގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ގަމުގެ އީކްއޭޓަ ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ނޭބަހުޑް ޕޮލިސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

އެ ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ، މިއީ ފުލުހުންގެ ހިދުމަތް ޒަމާނީކޮށް، އެ ހިދުމަތް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އެގޮތުން، މާލެ ފިޔަވައި ރަސްމީކޮށް އެންމެ ފުރަތަމަ ނެއިބަހުޑް ފެށީ އައްޑޫ ގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައު އިން ކުށްތައް މަދުކޮށް، އަމާން، ރައްކާތެރި މާހައުލެއް ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ކަމަށް ވާތީ ނެއިބަހުޑްގެ ހިދުމަތްތައް ފުޅާވެ، ތަރައްގީވަމުން ދިއުމަކީ ފުލުހުންގެ ހިދުމަތުން ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމެކެވެ.

އެގޮތުން، އައްޑޫގައި ނެއިބަހުޑް ޕޮލިސް އިން ކުރަމުން އަންނަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް ވިދާޅުވެ. އެކަމުގައި އިސްކޮށް އުޅޭ ފުލުހުންނަށް ސީޕީ ހަމީދު ޝުކުރު އަދާކުރެއްވި އެވެ.

އައްޑޫ ނެއިބާހުޑް ޕޮލިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ހަފްލާގެ ތެރެއިން.

"ފުލުހުންގެ ހިދުމަތް މިއަދު މި ވަނީ ވަރަށް ބޮޑަށް ބަދަލުކުރަން ޖެހިފައި. ކުރިއާ ހިލާފަށް ކަމެއް ދިމާވީމާ ޕޮލިސް ސްޓޭޝަނަށް ގުޅީމާ މައްސަލަތަކަށް އެޓެންޑްވާ އުސޫލުގެ ބަދަލުގައި މިހާރު ފުލުހުންގެ ހިދުމަތް ބައްޓަން ކުރަން ޖެހެނީ ރައްޔިތުންނާ ގާތަށް ވެސް ދުރާލައި ކަންކަން އޮޅުން ފިލުވައިގެން މުޖުތައު އަމާން ތަނަކަށް ހެދުމަށް،" ހަމީދު ވިދާޅުވި އެވެ.

"އެގޮތުން އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި އިސްކަންދޭ މައިގަނޑު ހަ ދާއިރާގެ ތެރެއިން ލޯކަލް ޕޮލިސިން ]ނޭބަހުޑް ޕޮލިސިން] އަކީ އެ ޖަމާއަތަކަށް، އެ ސަރަހައްދަކަށް ބޭނުންވާ ގޮތަށް ފުލުހުންގެ ހިދުމަތް ބައްޓަން ކުރުން ހިމެނޭ.

ސީޕީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުން ގާނޫނުގެ ތެރެއިން ވެސް ނެއިބަހުޑް ޕޮލިސިން އަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ، އަދި ފުލުހުންގެ ގާނޫނުގެ ތެރެއިން ފޯރުކޮށްދޭން ލާޒިމުކުރާ ހިދުމަތަކަށް ހަދަން ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، މިއީ ވެސް މިކަމުގެ މުހިއްމު ކަމާއި ބޭނުންތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ނެއިބަހުޑް ޕޮލިސްގެ ހިދުމަތަކީ ރާއްޖެ އަށް އަދި ވަރަށް އާ، ރައްުޔިތުން ވެސް ތަންކޮޅެއް ބީރައްޓެހި ކަމަކަށް ވި ނަމަވެސް، މިއީ ތަރައްގީވެފައިވާ ގައުމުތަކުގައި އެތައް އަހަރެއް ކުރިން ވެސް ފެށިގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން، ދިވެހި މުޖުތަމައަށް ނެއިބަހުޑް ޕޮލިސްގެ ހިދުމަތް ފުޅާކުރަމުން އަންނަ އިރު މިކަމަށް ފުލުހުން ތަމްރީނު ވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، ވަރަށް އަވަހަށް ފުލުހުންތަކެއް ނެއިބަހުޑް ޕޮލިސިންގެ ތަމްރީނުތަކަށް ރާއްޖެ އިން ބޭރަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ، ފުލުހުންގެ ނެއިބަހުޑް ހިދުމަތަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން، އެންމެ ހާއްސަ ކަމަކީ ކުށްތަކަށް އަރައިގަތުމުގެ ކުރިން، ކުށްތަކުން މުޖުތަމައު ސަލާމަތްކުރަން ހަރުދަނާ ފިޔަޅުތަކެއް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުހުންގެ މި ހިދުމަތަށް ކައުންސިލާއި ރައްޔިތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

ސޯބެ ވިދާޅުވި ގޮތުގައި އަމާން، ރައްކާތެރި މުޖުތަމައެއް ބިނާކުރަން ފުލުހުން ކުރާ މަސައްކަތަށް ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލާއި އަދި އެ ނޫން ވެސް ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އަހުމަދު ރަޝްވާން ވިދާޅުވީ، އައްޑޫގައި ނެއިބަހުޑް ޕޮލިސްގެ ހިދުމަތް ދޭތާ ފަސް މަހެއްހާ ދުވަސްވީ އިރު މި މަސައްކަތް ކާމިޔާބެވެ. އަދި ރައްޔިތުންގެ އެއްބާރުލުމާއި ތަރުހީބު މި ހިދުމަތް ވަރަށް ބޮޑަށް ލިބޭކަން އޭނާ ފާހަކުރެއްވި އެވެ.

ފުލުހުންގެ ފަރާތުން އައްޑޫ ކައުންސިލަށް ހަދިޔާކުރި ފިލައާ، މޭޔަރު ސޯބެ މިއަދު ހަވާލުވެވަޑައިގަންނަވަނީ.

ފުލުހުން ބުނިގޮތުގައި، އައްޑޫ ނެއިބަހުޑް ހިދުމަތް ދޭން އައްޑޫގެ ހަތް ދާއިރާ، އަށް ބަޔަކަށް ބަހާލައި އިތުރު 20 ސްލޮޓެއްގެ ތެރެއިން މަސައްކަތްކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން، ގޭބިސީތާއި ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލުމާތު ދިނުމާއި ހޯދުން ފަދަ ކަންކަން ހިމެނެ އެވެ. އަދި މީގެ ތެރެއިން އައްޑޫގެ ހުރިހާ ގޭބިސީއެއްގެ މައުލޫމާތުތައް އެއްކޮށް، ޖިއޯ ކޯޑްތަކަކުން ގުޅައިލެވޭނެ ކަމަށް ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. އެ ފިލާ މޭޔަރާ ހަވާލުކޮށް ދެއްވީ ސީޕީ ހަމީދެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލި

07 November 2019

ކޮބާ ހުޅުމާލޭގަ ހެދި ތިޔަ ޓީމް. އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ.

The name is already taken The name is available. Register?

ޢަލިހަސަން

07 November 2019

ނެއިބަރ ހުޑް ފެށުމާއިއެކު އިސްލާމިކް ބޭންކް ބިއްލޫރި ތަޅާލައިފި ހަފްލާގައި ކައުންސިލް ސިފައިން ފުލުހުން އެހެންވީމާ ފުލުހުންނަށް ރައްޔިތުން ކުޜާ އިތުބާރު ތި އޮތީ ފެންނަން އައްޑޫ ޕޮލިސް ހަމަ ކަޑަޢީ ބޮޑު ތަނުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454