ާޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް. --ފޮޓޯ:އޭއެފްޕީ
07 ނޮވެމްބަރ 2019 - 12:56
ލާހޯރު (ނޮވެމްބަރު 7) - ހަތް އަހަރުގެ ހުކުމެއް ތަންފީޒް ކުރަން ޖަލުުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދެ ހަފުތާގެ މުއްދަތަށް ފަރުވާ ދިނުމަށް ފަހު ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ގޭގައި ފަރުވާ ދޭނެ އައިސީޔޫއެއް ހެދުމަށް ފަހު އިއްޔެ ގެއަށް ބަދަލުކޮށްފި އެވެ.
ނަވާޒް ޝަރީފް، 69، ލާހޯރުގެ ސާވިސަސް ހޮސްޕިޓަލްގައި އޮކްޓޯބަރު 22 ވަނަ ދުވަހު އެޑްމިޓްކުރީ ޕްލޭޓްލެޓް ލެވެލް 2،000 އަށް ދަށްވުމުންނެވެ. ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒަށް ވެސް ވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކޮށްފަ އެވެ.
ނަވާޒް ޝަރީފުގެ ބަލި ހާލަތު ހުރިގޮތުން، އިސްލާމް އާބާދު ހައި ކޯޓުން މިހާރު ވަނީ ކަފާލާތުގެ ދަށުން އެމަނިކުފާން މިނިވަންކޮށްފަ އެވެ. ޖަލުގައި ހުރި މަރިޔަމް ވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
"ނަވާޒް ޝަރީފުގެ ގެކޮޅުގައި ވަނީ ޑޮކްޓަރުން އެދިފައިވާ ގޮތަށް ޚާއްސަ އިންޓެންސިވް ކެއާ ޔުނިޓެއް (އައިސީޔޫއެއް) ތައްޔާރުކޮށްފައި،" ޕީއެމްއެލް-ނަވާޒް ޕާޓީގެ ތަރުޖަމާން މަރިޔަމް އައުރަންގްޒެބް ވިދާޅުވި އެވެ. "އައިސީޔޫ ޔުނިޓުގައި 24 ގަޑިއިރު ޑޮކްޓަރުން ތިބޭނެ."
ޖަލުގައި ފަރުވާ ދެމުންދިޔަ އިރު ވެސް ނަވާޒް ޝަރީފަށް ވަނީ ހާޓްއެޓޭކެއް ޖެހިފަ އެވެ.
ޕާކިސްތާނުގައި ތިން ފަހަރު ބޮޑު ވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފުގެ މަގާމު ގެއްލުނީ ޖުލައި 2017 ގައި ސުޕްރީކް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ނަވާޒް ޝަރީފުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އެމަނިކުފާން ގެންދަވނީ ދެކޮޅު ހައްދަވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރު
07 November 2019
ނިކަމެތިމީހާ މަރުވާންޖެހޭނީ އެތާއޮވެދޯ!