އުއްތަމަ ފަނޑިޔާރު ރަސްމިއްޔާތެއްގައި: އެމަނިކުފާނާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލާގެ ތަހުގީގު ރިިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް ވަނީ ފޮނުވާފައި -- ފޮޓޯ/މިހާރު
07 ނޮވެމްބަރ 2019 - 16:55
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި މައްސަލާގެ ތަހުގީގު ރިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެކަމާ ދެކޮޅަށް އެމަނިކުފާނު ބަޔާން ނެރުއްވުމުން އެ މައްސަލަ ވެސް ވަކި މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ވަނީ ބަލަން ނިންމައިފަ އެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލައިގެ ތަހުގީގު ރިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގެ ތަހުގީގު ރިޕޯޓް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
ދިވެހިރާއްޖޭގެ އުއްތަަމަފަނޑިޔާރު އޮނަރަބްލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ މައްޗަށް މިކޮމިޝަނުން ތަޚްޤީޤް ކުރަމުންގެންދާ ސުލޫކީ މައްސަލައިގެ ތަޚްޤީޤް ރިޕޯޓު އެމަނިކުފާނަށް ހަވާލުކުރުމަށް މިއަދު ވަނީ ސުޕްރީމް ކޯޓަށް ފޮނުވާފައެވެ.
— JSC Maldives (@MaldivesJSC) November 7, 2019
ޖޭއެސްސީގެ ޓްވީޓް
އުއްތަމަ ފަނޑިޔާރުގެ މައްސަލާގެ ތަހުގީގު ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވިއިރު، އެ ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލިހު އިބޫ
07 November 2019
ކިހިނެއް ވާންބާ މި އުޅެނީ؟ ހަމަ ޔަޤީނުން ވެސް ރަގަޅު ގޮތެެް ނުވާނެ އެވެ.
އައިސަ
07 November 2019
އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް މީނަ ގެނައީ ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފަށް. ވީމާ، މީނަ ވަކިކުރުން މާލަސްވެސް ވެއްޖެ.
ހިތާމަވެރި
07 November 2019
އުއްތަމަ ފަނޑިޔާރަކީ ވެސް އިންސާނެކެވެ. އިންސާނަކަށް ވީތީ ލިބެން ޖެހޭ ކަރާމާތާ އިންސާނަކަށް ވީތީ ލިބެންޖެހޭ ހައްޤު ތަކުން ވެސް އުއްތަމަ ފަނޑިޔާރަށް ވީތީ ނުލިބުނީ ތާއެވެ؟
ކޮސްގޮވާ
07 November 2019
ވަރަށް އުފާވޭ. އަވަހަށް ނިއްމަވާތީ. ޝުކުރިއްޔާ އިބޫ ސާލިހު.
ދަތްނެތްކުއްޖާ
07 November 2019
ތިޔަ ހުރިހާ މައްސަލަ ތަކެއް ބަލާއިރު ޓީވީ ތަކުން ލައިވް ކޮއް ގެނެސް ދިނުމަކީ ރައްޔިތުން ނިހާޔަތަށް ބޭނުން ކަމެއް.
ތަމީމް
07 November 2019
އުއްތަމަ ފަނޑިޔާރު، އެ ރިޕޯޓާއި ހަވާލެއް ވެސް ނުވި.