އުއްތަމަ ފަނޑިޔާރު: އެމަނިކުފާނާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލާގެ ތަހުގީގު ރިޕޯޓް ފޮނުވުމުން ވަނީ އަނބުރާ ފޮނުވާލާފައި -- ފޮޓޯ/މިހާރު
07 ނޮވެމްބަރ 2019 - 17:48
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ރިޕޯޓު އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް ފޮނުވުމުން އެ ރިޕޯޓް އަނބުރާ ކޮމިޝަނަށް ފޮނުވާލައިފި އެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައިގެ ތަހުގީގު ރިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް ފޮނުވި ކަމަށް ޖޭއެސްސީން މިއަދު ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގެ ރިޕޯޓް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުން އެ ރިޕޯޓް އަނބުރާ ފޮނުވާލި ކަމަށް ބުންޏަސް އެ ރިޕޯޓް ޖޭއެސްސީ އަށް ރައްދުވި ކަމެއް ނޭނގެ އެވެ. އެއީ ރަސްމީ ގަޑި ނިމި ޖޭއެސްސީގެ ރިސެޕްޝަން އޭރު ބަންދުކޮށްފައިވާ ވަގުތެއްގައި އެ ފޮނުވި ކަމަށް ބުނާތީ އެވެ.
"ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ސްޓާފުން ވަނީ އެ ރިޕޯޓް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވެފައި،" ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޖޭއެސްސީން ގެންދަނީ އެމަނިކުފާނާއި އަދި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ވަކިން ބަލަމުންނެވެ. އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުއްވުމުން އެ މައްސަލަ ވެސް ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ޖޭއެސްސީ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ގާނޫނުން ބަދަލުތައް ގެނެސް، ކުރިން ސުޕްރީމް ކޯޓަށް ދީފައި ހުރި ބާރުތައް ހަނިކޮށްފައި ވާތީ އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ވަނީ ބަޔާންތަކެއް ވެސް ނެރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
09 November 2019
01 ފެބްރުއަރީ މައްސަލައިގެ ތެރެއިން އުއްތަމަ ފަޑިޔާރަކަށް އައިމީހަކު ރަގަޅެއް ނުވާނެ
މަންނާނު
08 November 2019
ބަލައިގަތުމެއް ވެސްނެތް ބާރު އޮތްދުވަހު ދިވެހިރައްޔިތުން ނަށް އިންސާފެއް ނުލިބޭ ތިމީހުންގެ ފަރާތުން
އަހްމަދު111
08 November 2019
ނާޖާއިޒު ގޮތުގައި ބެންޗަށާ މަގާމަށް އައިސް ނާޖާއިޒު ހުކުމްތައްކޮށްގެން ރައްޔިތުން ރުޅިއައިސް އެހެން ސަރުކާރަކާ މަޖްލިހަކަށް ވޯޓްދިނީ ފުރަތަމަ ކަމަކަށް ފަނޑިޔާރުގެއިން މިމީހުންތައް ނެރެން. އެކަމާ ނުރުހިގެން އުޅޭ ބޮޑުބަޔަކީ އަނިޔާވެރިކަމުން ހެސްކިޔާފަ މަންފާނަގަމުން އައި މީހުން.
މަކީޓާ
08 November 2019
ފޮނުވާލިޔަސް މިފަހަރަކު ސަލާމަތެއް ނުވެވޭނެ. ތިތިބީ ޕެޓީކޭޝް ވެސް ފަރިއްކުޅުވައިގެނޯލަ.
ބޮންދު ހުންނަނީ
08 November 2019
ކުޑަކުދިން ވައްތަރު ހުންނަނީ ދޯ. މިހެން ހަދަނީމަ އިބޫ އައްނި ވަރަށް ބޮޑަށް ރުޅިއައްނީ. އެހެންވަނީމަ ވަކިކުރަނީ ދޯ. ވަކިކުރަނީމަ މުސާރަ ނުލިބެނީ ދޯ. ބޯ ނެތީމަ ގޯސްވަނީ މީނައަށޭ!
ހެއްވާ
07 November 2019
ތިހުރިހާ ސަކަރާތެއް ނުޖަހައި އެމްޑީޕީ ބޭނުންވާ ގޮތައް ހުރިހާ ފަނޑިޔާރުން ބަދަލު ކޮށްލީމަ އެވީނު. ދެން އާއްމު ރައްޔިތުންނަށް އުދަގޫ ނުކޮށްބަލަ. ތިހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ފަނޑިޔާރުން ވަކިކުރުން. މީދެން އުނގުގައޮތް ޅަކުއްޖާއަށްވެސް އެނގޭ އެއްޗެއް. ހެއްހެއް
ހަސީނާ
07 November 2019
ރައްޔިތުން ވޯޓުދިނީ ވެސް އެގޮތާ ރުހިގެން އިނގޭތޯ.
މެކޭ
07 November 2019
21 ވަނަ ގަރުނުގެ ތަހުޒީބު ގަބޫލުކުރާ މި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަގާމުގައި، ގާނޫނީ ނިޒާމަށް ބޯނުލަނބާ، ގާނޫނީ ބާރުތަކަށް ގޮންޖަހާ މީހަކު ބަހައްޓައިގެން އުޅުމަކީ ލަދުވެތިކަމެއް! ދުސްތޫރީ ނިޒާމަށް މީހަކު ގިނިކަންޏާއި ގޮންޖަހާއިރު ދައުލަތުގެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މިކަން ހުއްޓުވަންޖެހޭ! ގާނޫނު ހަދާ މަޖްލީސް މިކަން ސީރިއަސް ކޮން ބަލަންޖެހޭ
ކޭމެ
08 November 2019
ދަރިޔާ ތި ބުނެވެނީ ގޯސްކޮށް. 3 ބާރު ވަކިވެފަ އޮންނަ ނިޒާމެއްގަ ތިހެނެއް ނުހެދޭނެ. ރައީސް އަކަށްވެސް ނުބެހެވޭނެ. ތިބުނާ ގޮތް ބޭނުމިއްޔާމުން ރަސްކަމެއް ގެނޭ. އޭރުން ހުރިހާ ދިމާލަކަށްވެސް އަތް ބާނާނީ އެމީހާ.
މަކީޓާ
08 November 2019
ޔާމީނު ހެދީ ރަގަޅަށް ދޮތަ؟ މީ އަފުން ހީކުރިވަރަށްވުރެ މާ ކަމުނުދާ މީހެއް.
ޝައިމްބެ
07 November 2019
ސްޕްރީމް ކޯޓާއި އެތަނުގެ ފަނޑިޔާރުންނާއި ހަމައަށް އަތް ފޯރުވުމަކީ ނުފޫޒު ފޯރުވުން ކަމަށް ނުވާނަމަ ދެން ކޮބައިތޯ ނުފޫޒަކީ؟
އެމްސް
07 November 2019
ޝަރުޢީ ނިޒާމުގަ ގިނައީ އެއްކަމެއްގަ 2 ދުވަހު 2 ގޮތަށް ޙުކުމް ނެރޭ މީހުން!
ތުއްތުނާ
07 November 2019
ދެން ތިބުނާ ގޮތުން ސްޕްރީމު ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާނީ ކިހިނެއް....... ގާނޫނުގެ ކުރިމަތީގައި ސްޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ވިއަސް އަދި ރައީސުލްޖުމްހޫރިއްޔާ ވިއަސް ހަމަހަމަ ވާނެ...... މައްސަލައެއް އޮތިއްޔާ އެކަމެއް ބަލާފައި ގާނޫނުން ކަނޑައަޅާފައިވާ އަދަބެއް ދެވޭނެ........ ވަރަށް ވާހަކަ.......
ފެނުކައްކާބޮލި
07 November 2019
އަޖާއިބު ހައިރާންވާވަރުގެ ކަންކަން ހުރޭ. ސިވިލް ސަރވިސްގެ މުވައްޒަފަކަށް، ފަނޑިޔާރަކަށް، އެގްޒެކެޓިވް ޕަވަރގައި ހުރި މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމެއް ނުކުރެވޭ. ފަނޑިޔާރަކަށް، މަޖިލީހުގެ މެންބަރަކަށް ސިވިލް ސަރވިސްގެ ވަޒީފާއެއް އަދައެއް ނުކުރެވޭ. އެކަމަކު ޖުޑީޝަރީ ހިންގަން މަޖިލީހުގެ މެންބަރުންނާއި ސިވިލް ސަރވިސްގެ ވެރިންނަށް ތިބެވޭ. މި އޮތީ ނަމުގައި 3 ބާރު ވަކިވެ، ދެބާރަކުން ޖުޑީޝަރީއަށް އަރައިގެންފައި ނޫންތަ؟!
އެނގިފަ
07 November 2019
އެއީ ޖުޑިޝަރީގައި ތިބެނީ އިންތިޙާބުވާ ބަޔަކަށް ނުވާތީ ވަކި އެމީހުން ވެސް ހިތުހުރި ގޮތަކަށް އުޅެން ނުބެހެއްޓޭނެތީ.
އޭޑީ
07 November 2019
ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ކަމުގެ މަގާމުގައި މިފެންވަރުގެ މީހަކު އެންމެ ދުވަހަކަށްވެސް ބެހެއްޓުމަކީ މުޅި ދައުލަތުގެ ޝާނާއި، ޝައުކަތު ހަލާކުގެ ތެރެއަށްގޮސް، ދުސްތޫރީ ހުކޫމަތްތެރިކަމެއް ނެތް ދައުލަތެއްގެ ސިފަ އިހުސާސް ކުރެވޭކަމެއް! ގާނޫނު އަސާސީގެ މައިގަނޑު ނިޒާމު މީނާ ގިނިކަންޏާއި ފުނޑާލުމުގެ ފުރުސަތު ދެވިގެން ނުވާނެ! މީނާ މަގާމުން ބޭރުކުރުމަށް ގޮވާލަން! އަދި ޖިނާއީ ތަހުގީގު މީނާގެ މައްޗަށް އުފުލުމަށް ގޮވާލަން