10 ނޮވެމްބަރ 2019 - 09:34
އަންނަ މަހު ރިލީޒްކުރާ، ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ ޓްރެއިލާއާ ގުޅިގެން އަފްޣާނިސްތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެ ގައުމުގެ ނުފޫޒު ގަދަ ބައެއް މީހުންނާއި ބައެއް އާންމުން ވެސް މިހާރު އަންނަނީ ފިލްމުގައި ސަންޖޭ ދަތު ކުޅެފައިވާ އަފްޢާންގެ ކުރީގެ އަސްކަރީ ކޮމާންޑަރު އަދި ދުއްރާނީ ރަސްކަމުގެ ބާނީ އަހުމަދު ޝާހް އަބްދާލީގެ ކެރެކްޓާ "ޕާނިޕަޓް" ގައި ދައްކަނީ ތާރީހީ ހަގީގަތްތަކާ ފުށުއަރާ ގޮތަށް އަދި އޭނާގެ ޝަހުސިއްޔަތު ވެސް ކަތިލެވޭ ގޮތަށް ކަމަށް ބުނަމުންނެވެ.
އެގޮތުން ޓްރެއިލާ އިން އަބްދާލީގެ ކެރެކްޓާ "ވިލަންއެއް" ގެ ގޮތުގައި ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ އެ މީހަކަށްޓަކައި އަފްޢާން ފަހުރިވެރިވާ އަބްދާލީގެ ތަސައްވުރު ވެސް ހަޑިކޮށްލަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
Dear @duttsanjay Ji: Historically, the Indian cinema has been extremely instrumental in strengthening the Indo-Afghan ties - I very much hope that the film “Panipat” has kept that fact in mind while dealing with this important episode of our shared history! https://t.co/8HKLei2ce1
— Dr Shaida Abdali (@ShaidaAbdali) November 4, 2019
މިކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އަފްޢާނިސްތާނުން އިންޑިއާ އަށް ކަނޑައެޅި އެމްބެސެޑަރެއްގެ މަގާމު ވެސް ކުރިން އަދާކުރެއްވި ޑރ. ޝައިދާ އަބްދާލީ ސަންޖޭ ޓެގްކޮށް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ "އިންޑިއާގެ ސިނަމާ އިން ތާރީހު އެކްސްޕެރިމަންޓް ކުރި ނަމަވެސް ހަގީގަތާ އެއްގޮތަށް ފިލްމުތައް ގެނެސްދިނުމަކީ އުންމީދުކުރާ" ކަމެއް ކަމަށެވެ.
Our glorious past, under the ages of Ahmad Shah Abdali remains the foundation of our future -- to that end, “Abdali Foundation” is underway to re-visit & re-examine the great vision of Abdali towards a United, Peaceful and Prosperous Afghanistan - and the region! pic.twitter.com/SfWVCh2VWf
— Dr Shaida Abdali (@ShaidaAbdali) November 6, 2019
އޭނާ ވިދާޅުވީ އަބްދާލީގެ ރަސްކަމުގެ މާޒީ އަކީ އެ ގައުމުގެ މުސްތަގުބަލު ވެސް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އެއީ ގައުމުގެ ސުލްހަ އާއި މަސަލަސްކަން ވެސް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
Presenting the #PanipatTrailer - The battle that changed history. Releasing on Dec 6th. https://t.co/Qx0anSLYKP@arjunk26 @kritisanon @AshGowariker #SunitaGowariker @RohitShelatkar @Shibasishsarkar @agppl @visionworldfilm @RelianceEnt @ZeeMusicCompany
— Sanjay Dutt (@duttsanjay) November 5, 2019
އިންޑިއާގައި ހުންނަ އަފްޢާންގެ އެމްބަސީން ވެސް މިހާރު ވަނީ "ޕާނިޕަޓް" އާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ސިޓީއަކުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ވެސް ހިއްސާކޮށްފަ އެވެ.
އޭގައި ބުނީ ފިލްމުގައި އަބްދާލީގެ ކެރެކްޓާ ދައްކުވައި ދިނުމުގައި ގަބޫލުނުކުރެވޭ ކަހަލަ ކަންތައްތަކެއް ހުރުމަކީ މައްސަލަތަކެއް ނިކުމެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި މައްސަލަ ހޫނުވެ، އިންޑިއާ އާއި އަފްޢާނިސްތާނާ އޮންނަ ގުޅުމަށް ވެސް އަސަރުކޮށްފާނެ ކަހަލަ ކަންތައްތަކެއް ދިމާވެދާނެ ކަމެއް ކަމަށެވެ.
އެހެންވެ މިކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިހާރު ވަނީ އަފްޢާން އެމްބަސީ އާއި އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ.
"ޕާނިޕަޓް" އާ ގުޅޭ ގޮތުން އަފްޢާނިސްތާނުން ފާޅުކުރާ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ފިލްމުގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ތާރީހީ ހާދިސާތަކަށް ހަދާ ފިލްމުތަކަށް އިންޑިއާގައި މައްސަލަތައް ޖެހުމަކީ އާންމު ކަމެއް ކަމެވެ. މި ފަހުން މިފަދަ މައްސަލައެއް އެންމެ ބޮޑަށް ހޫނުވީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިދިޔަ އަހަރު ގެނެސްދިން "ޕަދުމާވަތު" އާ ގުޅިގެންނެވެ.
އަންނަ މަހުގެ 6 ގައި ރިލީޒްކުރާ "ޕާނިޕަޓް" ގެ މުހިއްމު ތަރިންނަކީ ސަންޖޭގެ އިތުރުން އަރުޖުން ކަޕޫރް، ކްރިތީ ސެނަން، ޒީނަތު އަމަން، މޯނިޝް ބޭލް އަދި ޕަދުމިނީ ކޯލަޕޫރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy