ހުޅުމާލޭގައި ހުންނަ ރަންފައުނު ފިހާރަ-- ފޮޓޯ: ރަންފައުނު
09 ނޮވެމްބަރ 2019 - 12:37
އަހަރުގެ ފަހުކޮޅާ ދިމާކޮށް ގިނަ ފިހާރަތަކުން ކުރިއަށް ގެންދާ "އިޔާ އެންޑް ސޭލް" ރަން ފައުނުން ފަށައިފި އެވެ.
މި ސޭލްގައި، ރައުންފައުނުން ލިބެން ހުންނަ ތަފާތު އެއްޗެހިން ބޮޑެތި ޑިސްކައުންޓުތައް ލިބޭނެ އެވެ. އެގޮތުން، އެ ފިހާރައިން ވިއްކާ އޭސީ އާއި ޓީވީތަކުން 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
ރައުންފުނުން ލިބެން ހުންނަ އޭސީތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ބަޔަކު އިތުބާރު ކުރާ ބްރޭންޑުތައް ކަމުގައިވާ އެލްޖީ އާއި، ޕެނަސޮނިކް ބްރޭންޑް ހިމެނެ އެވެ. މި ސޭލް ކުރިއަށް ގެންދާ މުއްދަތުގައި އޭސީ ގަންނަ ފަރާތްތަކަށް އިންސްޓޮލޭޝަން ޗާޖުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މި ސޭލްގެ ތެރެއިން ލިބޭނެ އެވެ.
މީގެ އިތުރުން، ފިލިޕްސް އާއި ސެމްސަން އަދި ހައި ސެންސް އާއި އެލްޖީ ބްރޭންޑުގެ މޮޅު ޓީވީ ވެސް ރައުން ފައުނުން ލިބެން ހުންނާނެ އެވެ. އަދި ނިކޮން އާއި ކެނޮން ބްރޭންޑުގެ ކެމެރާ ވެސް އެ ފިހާރައިން ލިބޭނެ އެވެ.
ރަންފައުނުގެ މި ސޭލް ހުޅުމާލެ ޗަނބޭލީ މަގު 7 ގައި ހުންނަ ފިހާރައިގައި ވެސް ކުރިއަށް ގެންދާނެ އެވެ. މާލޭގައި ރަންފައުނު ފިހާރަ ހުންނާނީ އިލެކްޝަންސް ކޮމިޝަންގެ މައި އޮފީސް ހުންނަ ބިލްޑިންގް ކައިރިން ބުރުޒު މަގުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy