ޖޭއެސްސީގެ ބައެއް މެމްބަރުން: ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ވަކިކުރަން އުޅޭތީ އެ މައްސަލަ ޖޭއެސްސީން ވަނީ އެޖެންޑާ ކޮށްފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
11 ނޮވެމްބަރ 2019 - 15:10
ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަންނަ ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒްގެ މަސައްކަތަށް ހުރަސް އަޅައި، އޭނާ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްވި ކަމަށް ބުނެ ޖޭއެސްސީން ކުރިން ވަނީ އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަން ނިިންމައިފަ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސެކެޓްރީ ޖެނެރަލަށް އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ބަލަމުން ދަނިކޮށް ސެކްރެޓަރީ ޖެނެރަލް މި ހަފުތާގައި މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަންނަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި އެ ގާނޫނު ތަންފީޒު ކުރަން އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.
ފާއިޒަށް އިންޒާރު ދެއްވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އެމަނިކުފާނު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ކުރިން ނެރުއްވި ބަޔާނުގައި، ސުޕްރީމް ކޯޓުގެ މުވައްޒަފުންނާ ފާއިޒް ބައްދަލު ކުރައްވައި، އެ ކޯޓުގެ އެންމެ އިސް މީހަކީ އޭނާ ކަމަށް ފާއިޒް ވިދާޅުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓުގެ އެތެރޭގެ މަސްލަހަތު ގެއްލޭތީ އެފަދަ ކަންކަން ތަކުރާރު ނުކުރަން ނަސޭހަތްތެރިވެ ވަޑައިގެންފައި ވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެއީ އިންޒާރު ދިނުން ކަމަށް ބެލެވޭނެ ގޮތެއް ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެކަމާ ދެކޮޅަށް އެމަނިކުފާނު ބަޔާން ނެރުއްވުމުން އެކަން ވެސް ވަކި މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރަކާ ގުޅޭ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ދާދިފަހުން ހުންނެވި އަބްދުﷲ ދީދީ ވެސް މަގާމުން ވަނީ ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
12 November 2019
ނަޝީދުގެ ޕަޕެޓުން ތިފެންނަނީ
ކަޓޫރަ
12 November 2019
ފުރަތަ މަ ބަލަންވީ ފާއިޒްއަށް ސުޕްރީ މްކޯޓުގެ ވަޒީފާ ދިން ގޮތް.އޭރު ބާރު އޮތީ މަ ޖަރީ މާ ހިންގަން ވެއްދި މީހެއްތީ. ތިކަން ބަލައިފި ނަ މަ އުއްތަ މަފަނޑިޔާރުގެ ހެޔޮވަރުގެ ސުލޫކީ މައްސަލަ އެއް ފެންނާނެ. ކޮނުނުވަރަކަށް ފަސްގިނަވާނީ.
ފެން ފޯއް ރުއްކެޑި
11 November 2019
ރައްޔިތުން ބާރުދީފަ ތިއޮތީ. މިފަހަރު ވާނެ ހަމަތަކަށް އަޅުވާލަން ތިތަން .ފޮޅާ ސާފުކުރަން . މެޖޯރިޓީ ދިނީ ކުނިސާފުކޮށް ވައިރަސް އަށް ފަރުވާދޭން
އަޖާއިބުވޭ
11 November 2019
ތި ވެސް ޖޭއެސްސީ އާއި ބެހޭ ކަމެއްތަ؟ ތިވަރު ތަންކޮޅެެއް ޑާޓީ އެވެ. ޝަރުއީ ދާއިރާ އަށް ނުފޫޒް ފޯރުވުމުގައި މާ ބޮޑަށް ތިވަނީ "ހަޔާތް" ނެތިފައެވެ
މޮޔަނުވޭ
12 November 2019
ޖޭއެސްސީ އިން ގައިމުވެސް އިސްޕީރީން ކޯޓުން ހެދިހެން އިމްތިޔާޒުގެ ބޭރުން ކޯޓުތަކުން ނިންމާ ހުކުމް ތަކަށް ބޮލެއް ނުކޮއްޕާ. މިފަހަރު ކޮއްޕިޔަ ދީގެން ވެސް ނުވާނެ
ސިކުނޑި
11 November 2019
ޖޭއެސްސީން ޒާތީ ތަޢައްސުބާއި ހަސަދަ ވެރިކަން އެއްކިބާކޮށް ހަމަ އާއި އުސޫލުގެ ތެރެއިން ކަންތައް ކުރަން ދަސްކުރަންޖެހޭ! ކުރީ ސަރުކާރުގެ ކޯޓުތަކެކޭ ތި ތަނެކޭ މިހާރު ތަފާތެއް ނެތް! ދައުލަތުގެ 3 ބާރުން އެއްބާރަށް ހިތުހުރިހާ ގޮތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ކޮމިޝަނަކަށް ލިބިދީފައި އޮތުމކީ ބުއްދި ހަމޖެހޭ ކމެއް ވެސް ނޫން.
ކުޑޭ
11 November 2019
ކަމެއްކޮއްފާނެހެން ހީވެގެން ތިކަން އެޖެންޑާ ކުރުމަކީ ތިތާތިބި މެންބަރުންގެ ޕަވަރ ހަންގްރީވެފައި ތިބިވަރު އަންގައިދޭ ދަލީލެއް
ލީމަން ޒާހިރު
11 November 2019
މީ ބޮޑުވަރެއް،، ގާޒީންނާއި ވިއްދާލައިގެން ކޯޓުތަކުގެ ހުރުމަށް ކަނޑަމުން ގާޒީންނާއި ފަނޑިޔާރުންގެ އަގު ވައްޓަމުން އުޅޭ މި ޖޭއެސްއީ.. ކޮންޓްރޯލް މިކުރަނީ ހަމަ ނަޝީދުގެ ބަހަށް އޭނާގެ ބައިވެރިން.. ފަނޑިޔާރުންނާ އަޅާބަލާއިރު މިމީހުންގެ އިލްމާއި ހިލްމު މިއީ ހަމަ ކަހެރުވަކެއްގެ ފެންވަރުވެސް ނެތް ބަޔަކު އަރާތިބެ.. ވަކި ކަމަކަށް ތައްޔާރުވަނީ.. ދިވެހީން މިމީހުންނަށް ބާރު ދެވުނީތީ މިހާރު ހިތާމަކުރާނެ..އަދި ފަހުން ރޯނެ..!
عبدالله
11 November 2019
ކެކިކެކި އުތުރި އަރަނީ،
ކޯއްޓޭ
11 November 2019
ފާއިޒު އިނދެގެން އުޅެނީ ޑރ.އަޙަންމައިދިގެ ދަރިޔަކާ. ދެން ވަކިކުރެވޭނެތަ. އަންނިއާ ތިމާގެއޯ
ތޯތޯ
12 November 2019
ތޯތޯ ނުކިޔާ
ޭމުޖީބު
11 November 2019
ފާއިޒަކީ ޔާމިން ސަރުކާރުގައި ޖަރީމާ ގައި ބައިވެރިވެފައިވާ ނުރައްކާތެރި މީހެއް. ވެރިކަން ބަދަލުވުމުން އަވަަހަށް ޖުޑިޝަރީ އިން ވާޒީފާ ހޯދާ ޖޮބް ގެރެނެޓކޮށްފައިވާ މީހެއް