ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ނޮވެމްބަރ 2019 - 16:18
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލާގެ ތަހުގީގު އަޑުއެހުމަށް ފަނޑިޔާރު އާދަމް ހާޒިރުވެ ވަޑައިނުގަތީ އެ ކޮމިޝަނުން ބަލަަމުންދަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލަތަކެއް ކަމަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްތަކުގެ ބޭރުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަ ބަލަން ޖޭއެސްސީން ކުރިން އޮތީ ނިންމައިފަ އެވެ. އެ މައްސަލާގައި ފަނޑިޔާރު އާދަމްގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ނިންމައި، އެ މައްސަލާގެ ތަހުގީގު އަޑުއެހުމެއް މިއަދަށް ތާވަލްކުރި އެވެ. އެކަމަކު ފަނޑިޔާރު އާދަމް ހާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވުމުން އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން އާންމުކުރި ބަޔާނެއްގައިވަނީ ފަނޑިޔާރަކު މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނިންމާފައިވާ އެއްވެސް ނިންމުމަކާ ގުޅިގެން އެެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރެއްގައި ކަނޑައަޅާފައިވާ ކަމަށާއި އެހެންވެ ޖޭއެސްސީން މިހާރު ބަލަމުންދާ މައްސަަލަތަކަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ފަނޑިޔާރު އާދަމް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަތަކުގައި ޖޭއެސްސީ އަށް ހާޒިރުވާން އަންގައި، ފޮނުވި ނޯޓިސްއަކީ ބާތިލް އަމުރެއް ކަމަށް ފަނޑިޔާރު އާދަމް ދެކެވަޑައިގަންނަވާ ކަމަށާއި އަދި ގާނޫނުއަސާސީން ލިބިދޭ ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމުގެ ހައްގުގެ ދަށުން އެ މައްސަލާގެ ތަހުގީގަށް ހާޒިރުވާން އުޒުރުވެރިވެ ވަޑައިގަންނަވާ ކަން ފަނޑިޔާރު އާދަމް ޖޭއެސްސީ އަށް އަންގަވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ މައްސަލާގައި ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ކުރިން ހަމަޖެއްސި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ޖޭއެސްސީން ކުރިން ނިންމީ ވެސް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގަކުން ގަސްދުގައި މަހްރޫމް ކުރުމުގެ ގޮތުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރު އާދަމްގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި އުއްތަމަ ފަނޑިޔާރަށް ޖޭއެސްސީގެ ތަހުގީގު ރިޕޯޓް ފޮނުވުމުން އެމަނިކުފާނު ވެސް ވަނީ އެއީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، ކޮމިޝަންގެ ރިޕޯޓާ ހަވާލުވެ ވަޑައިގަތުމަށް ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ އަސާސެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވަނީ ޖޭއެސްސީ އަށް އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
13 November 2019
ޔާމީނުގެ ސަރުކާރުނަމަ މިހާރު އުފުރާލާނެ
ދަންނަ ނުދަންނަ
13 November 2019
ސްޕްރީމް ކޯޓަށް ހުކުމްކުރުމާއި އަމުރު ނެރުމުގައި އިޚްތިޞާޞް ނުހިނގާ ދާއިރާ އޮވޭތަ؟ އެހެންކަމަށްވާނަމަ އެތަނަށް ސްޕްރީމް ކޯޓު ކިޔޭނެތަ؟
އަލީ!
13 November 2019
އިހްތިސޯސްތަކުގެ ބޭރުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަ ބެލޭނެ..
ޢަބްދުﷲނާފިޒް
12 November 2019
އާދަންބޭ، މަބުނީ ފަސްފަނޑިޔާރަކު ސޮއިކޮށް ނިންމާފަ އޮތް ނިންމުމެއް، އެތަނުން ދެފަނޑިޔާރަކު ހިފާ ހައްޔަރުކުރީމަ އެކާމަ ބިރުން ދެން ތިބި ތިންފަނޑިޔާރުންނަށް އެެއްކަލަ ފަސް ފަނޑިޔާރުން ނިންމާފަ އޮތް ނިމުން ބަދަލުކޮށްލުމަކީ ހަމަ އެއްވެސް ކަމަކަށް ތަމެންނަށް އެދުވަހު ނުވި ދޯއޭ!؟
ޑާޑާ
12 November 2019
އެހެންވީމަ، ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ބަސްބުނެވޭނެ އެއްވެސް ފަރާތެއް މިއުޑުދަށުގަ ނުވަނީބާ!؟ އެކަމަކު އެހެނެއްވެސް ނުވާނެދޯ، ހަމަ ގައިމުވެސް މަތިން ފައިބާތިބި ބައެއް ނޫނިއްޔަ.
އިޔާނު
12 November 2019
ކޮމިޝަނަށް ބެލޭނެ މައްސަލަ އާ ނުބެލޭނެ މައްސަލަ އިގޭނީ ރައްޔިތުންގެ މަޖިލީހަށް އެކަނި. ކޮމިޝަނަށް ވުރެން މަތީގަ އޮންނަ ހަމަ އެކަނި ބަޔަކީ އެއީ. ތިބޭފުޅާއާ ސްޕްރީމް ކޯޓަކާ ނޫން. އޮޅިގެން ނޫޅުއްވާ! ނުފޫޒުން ކަން ކުރި ދުވަސް ނިމިއްޖެ.
ބޯހަލާކުވަނީ
13 November 2019
ރައްޔިތުންގެ މަޖިލީހަށްވެސް ސްޕްރީމް ކޯޓުން ކުރާ ކަންކަން ނުބެލޭނެ. ގާނޫނު އަސާސީގައި އެވާހަކަ އެގޮތަށް ލިޔެ ފާސްކުރީ ރައްޔިތުންގެ މަޖިލީހުން.
މޮޑަފްް
12 November 2019
ދިއުޅިދިގުކަމުން މަމެން ފޫހިވަނީ. އަހަރެއްވާއިރު ތިތަންތަން ހުންނަންޖެހޭނީ ހިރަފުސްފޮޅާ ސާފުކޮށް ނިމިފަ.
ޙުސަންބޭ
12 November 2019
ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗުން ނިންމި މައްސަލަ، ހަމަ އެ 5 ފަނޑިޔާރުންގެތެރެއިން 3 ފަނޑިޔާރުން ބަލައި ޙުކުމް ބަދަލުކުރިއިރު މިދުވަސް އަންނާނެކަމަށް ހިތަކަށްނާރާދޯ!
ގުޅަ
12 November 2019
'ސްޕްރީމް' ކޯޓުން ތިގޮތަށް ނެރުނު އަމުރު ތަކަކީވެސް ގާނޫނީ އިމުން ބޭރުން ނެރެފައިވާ އަމުރުތަކެކެވެ. އާދަން ފުޅަކީވެސް މިހާރުން މިހާރަށް ބޭރުކުރަންވެފައިވާ މީހެކެވެ. މި ދިޔަ ދުވަސްތަކުގައި ނެރެފައި އަމުރުތަކާމެދު ވިސްނާލި މީހަކަށް މި މީހުންގެ ފެންވަރު ސާފުވާނެއެވެ.
ޙުއްބުލްވަޠަން
12 November 2019
ކުރިންވެސް ދިވެހިން ބުނަމުން ދިޔައީ ތި ފަނޑިޔާރުގެ ސާފްކުރާށޭ! އެހެންވެ އެމް.ޑީ.ޕީ އަށް މެޖޯރިޓީ ދިވެހި ރައްޔިތުން ދިނީވެސް. ކޮންކަމަކަށް ބިރުންތޯ ފަހަތު ފަޔަށް ބުރަވަނީ. ފެބްރުއަރީ 01 ގައި ނެރުނު އަމުރު އަދި އެމަރު ބާޠިލް ކުރިއިރު ތިބި ފަނޑިޔާރުން ތިބިހާ ހިދަކު ތި ސްޕްރީމް ކޯޓެއް ރަނގަޅެއް ނުވާނެ.