ޚަބަރު / ރައްޔިތުންގެ މަޖިލިސް

އިލެކްޝަންސް ކޮމިޝަނަށް ފުއާދު އައްޔަން ކުރަން މަޖިލިހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު. އޭނާ އަލުން އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލިހުން ވަނީ ފާސްކޮށްފައި.-- ހުސެއިން ވަހީދު / މިހާރު ފޮޓޯ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

މަޖިލިހުގެ ޖަލްސާގައި ފުއާދު އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. ފުއާދުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސަކަށް މިހާރު ހުންނެވި އަމްޖަދު މުސްތަފާގެ ނަމާއި ހއ. ކެލާ އަނބުގަސްދޮށުގޭ މަރިޔަމް ހަނީފާ ހާލިދުގެ ނަން މިނިވަން މުއައްސަސާ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވެ އެވެ. އެކަމަކު، ފުއާދުގެ ނަން އެންމެ ފުރަތަމަ އަހައި އެ ނަން ފާސްވުމާ ގުޅިގެން އަމްޖަދާއި ހަނީފާގެ ނަމަށް މަޖިލިހުގައި ވޯޓަކަށް ނުދެ އެވެ.

އީސީގެ މެމްބަރު ކަމުގެ މަގާމަށް ފުއާދު އައްޔަން ކުރަން ރުހުން ދީފައި ވަނީ އެ ކޮމިޝަނުގައި ހުންނެވި އަމްޖަދުގެ ދައުރު މި މަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 11 އަހަރު ކުރިން އުފެއްދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން 10 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވި އެވެ.

އީސީ އަށް އައްޔަން ކުރަން މަޖިލިހުން ރުހުން ލިބުނު ފުއާދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި ފުއާދު ވަނީ މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅާ ފުއާދު ތައުފީގުގެ މައްޗަށް 2014 ވަނަ އަހަރު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ. އެކަމަކު، ފުއާދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒެއް ނުކުރެ އެވެ.

17 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 2%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޅަދުންވަންތަކަން

14 November 2019

ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. އިބްރަތް ހާސިލްކޮށް ބަލަ މިތިބަ މީހުން. ސޫމޯޓޯ ނެރެ އަމިއްލަ އަށް މައްްސަލަ ބަލައި ފުއާދު މަގާމުން ދުރުކުރަން އަމުރު ނެރުމުގައި އިސްކޮށް އުޅުނު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ގެއްލުމުގެ މަސައްކަތް ފެށި ދުވަހު ފުއާދަށް ވަނީ އިހު ހުރި މަގާމު ލިބިފައި. މިއީ އެތައް ބަޔަކަށް އިބުރަތެއް. ހައްސަކޮށް ފަނޑިޔާރުންނަށް.

The name is already taken The name is available. Register?

ތެދެއްތި

14 November 2019

ވަރަށް ބޮޑު ހަގީގަތެއް އަދި އިބުރަތެއް

The name is already taken The name is available. Register?

އަލިފުތު

13 November 2019

ނުހައްގުން ވަޒީފާ ގެއްލުވާލި މީހެއް. އަބުރާ ވަޒީފާ ދިނުމަކީ އިންސާފުވެރި ނިންމުމެއް.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

13 November 2019

އިލެކްޝަންސް ކޮމިޝަންގެ ސާވާގެ ސީދާ ހޮޓްލައިނެއް އަނެއްކާވެސް ގަލޮޅު ގެއަކަށް. ވަށާޖެހެނީ

The name is already taken The name is available. Register?

މިސް

13 November 2019

އީސީ ފުއާ ދޫ. އީސީ ފުއާ ދޫ. އަންނާށޭ.

The name is already taken The name is available. Register?

ފޫލްސް

13 November 2019

ތާރީޚަކީ އިއާދަވާއެއްޗެކެވެ....

The name is already taken The name is available. Register?

ޖުއްބާ

13 November 2019

އާއްޗާއް! ކުޅިބައި މިޔޮއް އަތުރާލަނީ އެމްޑީޕީ ހިތުހުރިގޮތަކައް. ވާވާ. ދެން އަމީން ފައިސަލައް ""ބުރުގޭޑިޔާ ޖެނަރަލް އޮފް އޯލް ކޮމާންޑޯސް" ކިޔާފަ މަގާމެއް ހަދާފަ ދީފަ، މަހަކު 1 ލައްކަ ރުފިޔާލިބޭ މުސާރައެއް ދީ.

The name is already taken The name is available. Register?

ތުއްތުކަލޯ

13 November 2019

ބޮނދުބުޑަށް ސައިކިޔަން ތައްޔާރުވަނީ.

The name is already taken The name is available. Register?

އަލީ!

13 November 2019

ފުއާދުބެއަކީ އެކަމަށް ގާބިލްބޭކަލެއް.

The name is already taken The name is available. Register?

އަނބިމީހާގެފިރިމީހާ

13 November 2019

ފުއާދުބެއަށްވެސް ވަޒީފާއެއް ހަމަޖެހުނީ. ދެން ރަނގަޅުތާ.

The name is already taken The name is available. Register?

ޑިގޭ

13 November 2019

ފްރޯޑް ތައުފީގް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454