ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްފައި-- ފޮޓޯ: މިހާރު
14 ނޮވެމްބަރ 2019 - 12:09
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށް ވުރެ ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ލަފާ ކުރި އާމްދަނީ އަށް ވުރެ 374 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ އިތުރުން އަހަރު ނިމޭ އިރު މި އަދަދު 1.7 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ބަޔާންކޮށްފައިވެ އެވެ. މިދިޔަ އަހަރު ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ.
ޑިވިޑެންޑް އެހާ ބޮޑުވެފައިވަނީ، ކުރިން ފައިދާ ނުވާ ކުންފުނިތަކަށް ފައިދާވެ، ކޭޝްފްލޯގެ ދަތިކަމަށް ހައްލެއް ލިބި، ސަރުކާރަށް ޑިވިޑެންޑް ދައްކަން ފެށުމުންނެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް ލިބުނު ފައިދާ މިދިޔަ އަހަރަށް ވުރެ ވަނީ ބޮޑުވެފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑް ދެއްކުމުގައި އަމަލުކުރަމުންދާ އުސޫލޫގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސާފު ފައިދާގެ 60 ޕަސެންޓް ޑިވިޑެންޑްގެ ގޮތުގައި ޑިކްލެއާކުރަން ޖެހެ އެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޑްގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރިސޯޓު ކުލިންނެވެ. މިއަހަރު ނިމޭ އިރު ރިސޯޓު ކުލީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްގުބަސް
17 November 2019
ރާއްޖޭގެ ހުުރިހާ ކުންފުނިތަކުން ފައިދާވައިރު ކީއްކުރަންތަ ކުންފުނިތަ ވިއްކާލަން ތިއުޅެނީ. ވެރިކަން ކުރަން ނޭގެންޏާ އިސްތިއުފާ ދީ.
މަންޑޭލާ
17 November 2019
މި ޤައުމުގެ އިގްތިސޯދު އަވައްޓެރި ޤައުމަކަ ވިއްކާލަން ނިމްމާފަ އޮތީ. އެމީހުންގެ މީހުން މިތާގަ ވަޒީފާގަ ގިނަވާނީ. ދިވެހިން ހައްދައިގެން ވެރިކަމަ އައިސް މިކުރަނީ ރާއްޖެ ފުޑާލާ ވެރިކަމެ.
ޝޮކްތެރަޕީ
17 November 2019
މިއަންނަ އަހަރު ރާއްޖެގެ ގިނަ ކުންފުނިތަ އިންޑިޔާއަ ވިއްކާލަން މިސަރުކާރުން ނިމްމާފަ އޮތީ. ވަރައް އަވަހަ މިކަންތަކުގަ ސޮއިކުރާނެ. ރާއްޖެއަ ލިބުނު ދެރައެއްމީ.
falcon_autho
14 November 2019
200 އަށްވުރެ ގިނަރިސޯޓް ރާއްޖޭގައި އޮތް އިރު އަހަރު ދުވަހުގެ ކުލި 1.5 ބިލިއަން ރުފިޔާ ވީމާ ކޮންއެއްޗެއްތޯ ކުއްޔަށް ތިޔަ ދެއްވަނީ. އެގޮތުން މިނެލާއިރު އަހަރު ދުވަހުގެ އާމްދަނީ މަހެއްގެ މައްޗަށް ބަހާލާއިރު އެޖެހެނީ 625000ރުފިޔާ މަހަކަށް. މީ މާލޭގެ 2000 އަކަފޫޓުގެ 10 ބުރީގެ ގެއަކުން މަހު ކުލީގެ ގޮތުގައި ލިބޭ އެއްޗެކާ އަޅާ ބަލާއިރު ސުމެއްނުން. އެތަށްހާސް އަކަފޫޓުގެ ރަށާއި ފަޅާއި ލީމާވެސް ލިބޭ ކުލި ހާދަކުޑަޔޭ. އަކަފޫޓެއް ކިހާވަރަކަށްތޯ؟
އިންޓަލެކްޓު
14 November 2019
ރައްޔިތުން ފެލައިގެން ބޮޑެތި ވިޔަފާރިވެރިންނަށް ޑިވިޑެންޑު ތަ ބަހަންވީ؟ ސަރުކާރުގެ ކުންފުނި ތަކަކީ ކިރިޔަ ކިރިޔާ ދެކޮޅު ޖެހޭވަރަށް ހިދުމަތް ދޭންޖެހޭތަންތަން. ފައިދާއަށް މަސައްކަތް ކުރަންޖެހޭ ތަންތަނެއް ނޫން. މުޅި މަގުސަދު އޮޅިފަތިއޮތީ!
އިބްރާހިމް ސަޢީދު
14 November 2019
ދެން ކީއްކުރަންހޭ ކުންފުނިތައް ވިއްކާލަން ތިއުޅެނީ.ކޮބާހޭ ތީގެ ޖަސްޓިފިކޭޝަނަކީ އަދަރދެން "ސަރުކާރުން ވިޔަފާރި ނުކުރާނޭ" ބުނުމުގެ އިތުރަށް.މިއީ ޖަވާބު ދޭންޖެހޭ ސުވާލެއް.
އޮނަރަބްލް އަފީފު ދީދީ
14 November 2019
މަޤުސަދަށް މަސައްކަތް ނުކޮށް ހަމައެކަނި ޑިވިޑަންޓަށް ލިބޭ ފައިސާކޮޅަށް ބަލާފައި ކުންފުނި ހިގަމުންދަނީ ރަނގަޅަށް ކަމުގައި ނިންމައިގެން ނުވާނެ. # މިސާލަކަށް ބީއެމްއެލް އާއި މޯލްޑިވިއަން ނެގިދާނެ. ބީއެމްއެލްގެ ޝެޑިއުލް އޮފް ޗާރޖަސް ހޯދައިގެން އެހެރަ އަގުތަށް ނަގާގޮތް ބަލާބަލަ. # މޯލްޑިވިއަންއަކީ މަޤާމްގައި ތިބިބަޔަކު ހިތުހުރިގޮތަކަށް ހިންގާ ތަނެއް. ކުންފުނިން ހަދާފައިވާ ގިނަ އެއްބަސްވުންތަކަކީ ކުންފުންޏަށް ގެއްލުންވާގޮތަށް ހުރި އެއްބަސްވުންތަކެއް.
އަނބިމީހާގެފިރިމީހާގެއަނބިމީހާ
14 November 2019
ތިޔަވާހަކަ މަންޑޭލާ ސާހަބުގާތުގައި ނަމަނަމަ ނުބުނާތި. އޭރުން ތިޔަކުންފުނިތައް ވިއްކާލަން ހިފާއިފާނެ.
ޙަމުނީ
14 November 2019
މިއަހަރު ކުނފުނިތަކުގެ ހާލަތު ރަނގަޅު ކުރަން މެއިންޓަނަސް އައް ބޮޑުތަނުން ވަނީ ދައްވެފަ.އޭގެ ގެއްލުން ކައިރިމުސްތަކްބަލްގަ ކުރާލެއް ބޮޑުވާނެ.
ާއަލީ.ޝ
14 November 2019
ކުރިން ފައިދާ ނުވާ ކުންފުނިތަކުން ފައިދާވެ ފައިދާ އން ޑިވިޑްނޑް ދެއްކި ކަމަށް މިއޮތީ. ޟިއަހަރު ޑިވިޑެންޑް ދައްކާނީ 2018ގެ ފައިދާއިން. 2018 ވަނަ އަހަރު ކުރީކޮޅު ހިންގުންރަގަޅު ކުރެވިގެން. ވަރަށް ވާހަކަ.