ޝާހު ޓެކްނިކަލް ކޮންސަލްޓަންސީ އާއި ނެޝަނަލް ޕްލޭނިން މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުން، މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޝާނާ (ކ) އާއި އެ ކުންފުނީގެ ޑިރެކްޓަރު ގޯތަމް ބަދަލްކުރައްވަނީ - ފޮޓޯ: ނެޝަނަލް ޕްލޭނިން މިނިސްޓްރީ
14 ނޮވެމްބަރ 2019 - 15:42
އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރާށާއި 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޑިޒައިންކުރަން ދެ ކުންފުންޏަކާ ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ހަންޏާމީދޫގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރަން ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. އަދި 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކުރާށާއި ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓަންސީގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ އިންޑިއާ ކުންފުންޏެއް ކަމަށްވާ ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސްއާ އެވެ.
އދ. ހަންޔާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި.
— Ministry of National Planning and Infrastructure (@MoNPImv) November 14, 2019
21,651,878.00 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 22 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް. pic.twitter.com/F3H1aZ7ud9
ނެޝަނަލް ޕްލޭނިން މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއް
މި ދެ މަޝްރޫއަށް ޖުމްލަ 84 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ހަންޏާމީދުގައި ފެނުގެ ނިޒާމް ގާއިމްކުރަން ސަރުކާރުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއި އިރު ޝާހު ޓެކްނިކަލް ކޮންސަލްޓަންސީއާ ހަވާލުކުރި މަޝްރޫއަށް ކަނޑައަޅާފައި ވަނީ 3.9 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ) އެވެ.
ރަށްރަށުގައި ފެނުގެ ނިޒާމް ޑިޒައިންކުރަން ޝާހު ކޮންސަލްޓަންސީ އަށް ހަވާލުކުރި މަޝްރޫއު ފުރިހަމަކުރަން އެ ކުންފުންޏަށް ދީފައި ވަނީ ތިން އަހަރާއި ހަތަރު މަސް ދުވަހުގެ މުއްދަތެކެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތް ކުރަން ކަނޑައަޅާފައި ވަނީ ހދ، ނ، ޅ، އަދި ތ. އަތޮޅުގެ އެއް ރަށެއްގަ އާއި ހއ، ށ، ކ، އއ، އދ، ފ. އަދި ދ. އަތޮޅުގެ ދެ ރަށެއްގެ އިތުރުން ވ، މ، ގއ، ގދ. ގެ ތިން ރަށެއްގަ އާއި ލ. އަތޮޅުގެ ހަތަރު ރަށެއްގަ އެވެ. މީގެ ތެރެއިން ނަރުދަމާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަން ކަނޑައަޅާފައި ވަނީ 17 ރަށެއްގަ އެވެ. އަދި ފެނުގެ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތް ކުރާނީ 32 ރަށެއްގަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެތަނުގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވި އިރު، ޝާހު ކޮންސަލްޓަންސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރު ގޯތަމް މަހާވީރު ޝާހު އެވެ.
ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރަން އެމްޑަބްލުއެސްސީއަށް ދީފައި ވަނީ އެއް އަހަރާއި 10 މަސް ދުވަހެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފެނުގެ ނިޒާމުގެ ވިޔުގަ އެޅުމާއި، ލޮނު ފެން ރީތި ފެނަށް ބަދަލްކުރާ ޕްލާންޓަކާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅުވައިދޭން ޖެހޭނެ އެވެ.
އެމްޑަބްލިއުއެސްސީއާ އެކު ވެވުނު އެއްބަސްވުމުގައި އެތަނުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމެވެ. މި އެއްބަސްވުމުގައި ވެސް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޝާނާ ފާރޫގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޒިކާ
16 November 2019
އެމްޑީޕީއިން ގެންގުޅެނީ އެއްފަސް ކުރުމުގެ ބަދަލުގަ 2 ފަސް ކުރުމުގެ ޚިޔާލު. ދެން އެކަމަކު ބޭރުގެ ފަރާތްތަކުން އަބަދުވެސް ބުނަމުންދަނީ ހަރުދަނާ ޑެވެލޮޕްމަންޓައް އެއްފަސްކުރުން މުހިންމުކަމައް.
ޒުވާނާ.
15 November 2019
ތިހުރިހާ ރަށެއްގަ ތިސަކަރާތްނުޖަހަ ބިންބޮޑެތި ރައްރަށައް މީހުން ބަދަލުކޮއްބަލަ ބ ކުޑަރިކިލި ބަދަލު ކުރަންވީ އޭދަފުއްޓައް 25 ބުރީގެ ދެއި މާރާތް އަޅާލީ މަ އެރަށުގެ ރައްޔިތުންނައް ހިންހަ މަޖެހިގެން އުޅެވޭނެ ކޮންމެރަށެއްގަ ފެނާ ނަރުދަ މާ ކަރަންޓް ހޮސްޕިޓާ އިންޖީނުގެ މިހެންގޮސް ނަންހުސްކޮއް ދެންބުނާނެ ދަރަނި ބޮޑޭ ހިތްވަރެއްވެސް ހުންނަން ޖެހޭ ވެރިންގެ ރައްޔިތުން ބޮޑާހާކާތީ މިފަދަ ކަ މެއްވެސް ކޮއްލަން ނުކެރި
ވެގެންނޭ
14 November 2019
ރައީސް އިބޫގެ ވައުދުގައި އޮތީ ރާއްޖޭގެ ކުންފުނި ތަކަށް ސަރުކާރުގެ މަޝްރޫއު ތައް ހަވާލު ކުރަން އެކަމަކު ބަދަލުގައި މިދެނީ އިންޑިއާގެ ފަޑުއްކަ ކުންފުނި ތަކަށް އެއީ ކަޓް ކާން ވެގެން ކަން މަމެންނަށް ޔަގީނޭ އިންޑިއާ ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ދިވެހި ކުންފުންނަކަށް ނުލިބޭއިރު ކިއެއްވެތޭ އިންޑިއާގެ ކުންފުނި ތަކަށް ސަރުކާރުން ދިވެހިން ޓެކްސް ޕޭކޮށްފައިވާ ފައިސާ ދެނީ ތިޔާއީ ދިވެހިންނަށް ކުރެވޭނެ ކަންކަން މިނިސްޓަރުން އަޑީގައި ތިބެގެން ކަޓް ކާން
ޏަސް
14 November 2019
ސުކުރިއްޔާ މަހިބަދޫ ދާއިރާގެ މެންބަރ ޓޮމް
ވަސީފު
14 November 2019
ތިކުރާ ސޮއިތަކުގެ ނަތީޖާ ފެންނާނެ ކަމަށް އުއްމިޑުކުރަން.
މިލޯދީ
14 November 2019
ކިލޯމީތަރެގައި ހޮޅިއަޅަލަން ހައުދަހާ ބޮޑު އަގެކޭ
ކޮރަލް
14 November 2019
ދިވެހި ކުންފުނިތައް ހަނާ ވަނީ އެވެ.
މުރަނާ
14 November 2019
މިއީ އިންޑިޔާ މީހުންގެ ދީލަތިކަމަކީ. ބޮޑު އިންޓަރެސްޓްގަ ލޯނު ދިނީމަ ލޯނުގެ ގޮތުގަ ދޭ ފައިސާވެސް ދޭން މިޖެހެނީ އިންޑިޔާއަށް. އަދި ނުވިތާކަށް އަނބުރާ ލޯނު ދައްކަން ޖެހޭދުވަހު ދައްކަންވީ ރައްޔިތުންގެ ޖީބުން. ބޮޑުންގެ ޖީބު ބޮޑުވާނީ ހަމަ. ވައްކަމުގެ އާނިޒާމެއް އުފަންވަނީ. ވަގުންގެ އާޖީލަކާއެކު
ގައުމީ ލޯބީގާ
14 November 2019
ވެންމަސް ވެނަށް ކާންދިނުން . އިބޫސޯލިހަށް ނެތް ދޭއެއްޗެއްވެސް އެމީހުނަށްނުދީ ވެރިކަމުގަ ހުރެވޭކަށް
ލ.މާވަށު ސަޕޯޓަރެއް
14 November 2019
އއ ތޮއްޑޫ ރ މީދޫ ރ އުގޫފާރު ފަދަ ރަށް ރަށުގައި ފެނާއި ނަރުދަމާ ޤާއިމު ނުކުރެވި ވާއިރު ލ. މާވަށުގައި ވަނީ ފެނާއި ނަރުދަމާ ޤާއިމު ކޮށް ނިމިފައެވެ.އަދި ޒަމާނީ ކޯޓް އިމާރާތަކާއި ޕަވަރ ހައުސްއާ ކަރަންޓް ވިއުގަ ފުރިހަމަ ކޮށްފައެވެ މި ކަމުގައި ޝުކުރު އަދާ ކުރަން ޖެހޭ ފަރާތް ތަކެއް ވާނެ ކަން ކަށަވަރު ނޫން ތޯއެވެ؟
ލ.ހިތަދޫ މީހެއް
14 November 2019
ކުރީގެ އެމްޕީ އަށް ތިކަމުގެ ޝުކުރުގެ ބޮޑު ބައެއް ހައްޤު ވެއެވެ. މިފަހަރު ޢިޢުލާނު ކުރި ލ.އަތޮޅުގެ ހަތަރު ރަށުގެ ތެރޭގައި ހިތަދޫ/ ކުނަންދޫ ހިމެނޭކަން ވަރަށް އުފަލާ އެކު ފާހަގަ ކުރަމެވެ. މިކަމުގެ ޝުކުރު މިސަރުކާރަށް އަދި ކުރީގެ މެމްބަރަށް ދަންނަވަމެވެ
ނަގިލި
14 November 2019
ރަށެއްގެ ފެނާއި ނަރުދަމާ އެއްކޮށް އެޅުމާއި 34 ރަށެއްގެ ފެނާއި ނަރުދަމާ ޑިޒައިންކުރަން ހަރަދުވަނީ 84 މިލިއަން. މާލޭގައި އެންމެ އިމާރާތެއް ޑިޒައިންކުރަން 385 މިލިއަން ރުފިޔާ ދިޔަ.