އދ. ގެ ސްޕެޝަލް ރެޕެޓުއާ ނިލްސް މެލްޒާ.
16 ނޮވެމްބަރ 2019 - 21:30
އދ. ގެ ސްޕެޝަލް ރެޕައުޓާ ނިލްސް މެލްޒާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ދައުވަތަކަށް މެލްޒާ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި މާދަމާ އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މަޑުކުރައްވާނެ ކަމަށެވެ.
މެލްޒާގެ މި ދަތުރުގެ ބޭނުމަކީ ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުތަކާއި އަދަބުތައް ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު އޮޅުން ފިލުއްވުމެވެ. މެލްޒާ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ބައެއް ވެރިންނާ ބައްދަލުކުރައްވާނެ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސް ބޭފުޅުންނާއި ބައެއް އަމިއްލަ ޖަމިއްޔާތަކާއި އަނިޔާ ލިބިފައި ތިބި ބައެއް މީހުންގެ އާއިލާތަކާ ވެސް މެލްޒާ ބައްދަލު ކުރައްވާނެ އެވެ.
މެލްޒާ، ރާއްޖެ އަށް ކުރައްވާ ދަތުރުގެ ރިޕޯޓު އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
"އަޅުގަނޑު ބޭނުން ވަނީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން،" ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި މެލްޒާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
17 November 2019
މާދަމާ ނޫހުގަ އޮންނާ ދިވެހިންވެސް ބޭނުން ދީނަކަށް އުޅެވެންޖެހޭނެ ކަމާއި ރާއްޖޭގައި ޓެރަރިޒަމް ވަރަށް ބޮޑަށް އެބައޮތޭ،
މަ މީމަ
17 November 2019
ދިވެހިން ނަށް ޤާނޫނު ބޭނުމެއް ނުވާނެ އެވެ. ޕާޓީގެ ބޮޑުމީހާ ވިދާޅުވާނީ ރަގަޅަށެވެ. ޕާޓީގެ ބޮޑު މީހާ ކިޔާނީ ރަގަޅު އެއްޗެއް ސެޗެ.ކުރާނީ ރަގަޅު ކަންތަކެވެ
ވިސްނާފައި
16 November 2019
އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރި މައްސަލަ ގޯސް ވަނީ ތާއެވެ. ތިން ބާރު އެއް ކޮށް ލުމަށް ވުރެ ބޮޑު އަނިޔާއެެއް ރައްޔިތަކަށް ދެވޭނެ ބާއެވެ.
ތެދުތެދު
16 November 2019
މަޖްލީހުން ބައްދަލު ވާނީ އަންނި އާއެވެ. ޖުޑީޝަރީ އިން ބައްދަލު ވާނީ ނަޝީދާ އެވެ
އިބޫ ހުޅުމާލެ
16 November 2019
ކަލޭ ދާންވީނު ހިންގާފައިވާ ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުތަކާއި އަދަބުތައް ހުއްޓުވުމަށް އިޒުރޭލަށާއި މިޔަންމާއަށާއި ކަޝްމީރަށް....