ބްރެޒިލްގެ ތިއާގޯ ސިލްވާ (ވ) އަތުން އާޖެންޓީނާގެ މެސީ ބޯޅަހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
17 ނޮވެމްބަރ 2019 - 11:18
ރިޔާޒް (ނޮވެމްބަރު 17) – ބައެއް ރެފްރީން އުޅެނީ ލިއޮނަލް މެސީގެ ސަޕޯޓަރުން ގޮތަށް ކަމަށް ބުނެ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
މި އަހަރު ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އައި ސަސްޕެންޝަނަށް ފަހު އެނބުރި އައިސް މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ވާދަވެރި ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ތެރެއިން ބްރެޒިލްގެ ކޯޗު ޓީޓޭ އާއި މެސީ ވެސް ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.
މެޗަށް ފަހު އެންމެ ބޮޑަށް މެސީ އަށް ފާޑުކީ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ. ތިއާގޯ ސިލްވާ ބުނީ ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީން އުޅުނީ މެސީ އަށް ހާއްސަ ހިމާޔަތެއް ދީގެން ކަމަށާއި މެސީ ފައުލުކުރި ނަމަވެސް ކާޑު ނުދައްކާ ކަމަށެވެ.
"މެޗުގެ އޮފިޝަލުން (ރެފްރީން) މުޅިން އުޅުނީ ވަކި މީހަކަށް ސަމާލުވެގެން. އެއީ މެސީ އަށް. އޭނާ އޭގެ ފައިދާނަގައި ނުރައްކާތެރި ތަންތަނުން ހިލޭ ޖެހުން ހޯދުމާއި އެއްލުން ހޯދުން ފަދަ ކަންތައްތައް ހިނގާ. މެސީ އޭނާގެ ނުފޫޒު ރެފްރީންނަށް ފޯރުވާ،" ތިއާގޯ ސިލްވާ ބުންޏެވެ.
ތިއާގޯ ސިލްވާ ބުނީ ސްޕެނިޝް ލީގުގައި ކުޅޭ އޭނާގެ ބައެއް ކުޅުންތެރިންގެ ވެސް ޝަކުވާ އަކީ މެސީ އަށް ރެފްރީންގެ ހިމާޔަތް ލިބި ބައެއް އޭގެ ބޭނުން ނުރަނގަޅު ގޮތުގައި އޭނާ ހިފުން ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ސްޕެނިޝް ލީގުގައި މެސީ އަށް ފަސޭހައިން ހުރިހާ ކަމެއްވާއިރު، ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ނަތީޖާތަށް ދަށްވުން ކަމަށެވެ.
"މެސީ އެ ނުފޫޒު ނުރަނގަޅު ގޮތުގައި ބޭނުން ހިފަން މަސައްކަތް ނުކުރި ނަމަވެސް މީގެ އެބައޮތް އެހެން ކަމެއް. ބައެއް ފަހަރު މެސީ އަށް ރަނގަޅަށް ކަންތައްތައް ކޮށްދޭހިތުން ވެސް ރެފްރީންނަށް އުޅެވޭ އޭނާގެ ސަޕޯޓަރުން ހެން. އެ މީހުން (ރެފްރީން) ބޭނުންވޭ މެސީ އަށް ރަނގަޅު ގޮތްވާން،" ތިއާގޯ ސިލްވާ ބުންޏެވެ.
އޭނާ ބުނީ އާޖެންޓީނާ އަތުން ބްރެޒިލް ބަލިވުމުގައި އޮތް އެއް ސަބަބަކީ ފުރަތަަމަ އެގާރައިގައި ނޭމާ ނެތުން ކަމަށެވެ. އަދި މެޗުގައި ބްރެޒިލަށް ވެސް ނަތީޖާ ނެރެވޭނެ ވަރުގެ ފުރުސަތުތައް ލިބިގެންދިޔަ ކަން ތިއާގޯ ސިލްވާ ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސް
18 November 2019
ސިލްވާ މުސްކުޅިވީ...ނޭމާ ނުލާ ރޮޑްރިގޯ މެން ލައިގެން ވާނެ
އިހްސާސް
17 November 2019
ސިލްވާ ސަސްޕެންޑުކުރޭ. ރެފްރީންނާ ބެހުނީމަ.
ރަދީފްް
17 November 2019
ރެފްރީންވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ސަޕޯރޓްކުރާނެ. ސިލްވާވެސް އެފެންވަރަށް ކުޅެބަލަ ކޮސްނުގޮވާ. އެއިރުން ރެފްރީންގެ އެހީތެރިކަން ލިބޭނެ.
ރަދީފްް
17 November 2019
ވަރަށް ތެދު ވާހަކައެއް
ނޭމަރ
17 November 2019
އަހަންނަކީ ބްރަޒިލް ފޭންއެއް.. އެކަމަކު ސިލްވާ ތިދެއްކީ ވަރަށް ކޮސްވާހަކަ ތަކެއް. އަހަންނަކީ ބާސާ ކުޅޭ ގިނަ މެޗްތައް ބަލާ މީހެއް މުޅިންވެސް ފެންނަނީ ހަމަ ރަނގަޅު ފައުލް ތަކަށް ހިލޭ ޖެހުންދޭތަން.. މެސީ ބެލެންސް ކަޓައިގެން ވެސްޓުނަސް ރެފްރީ ކައިރީ އަތުން އިޝާރަތް ކޮއްފަ ބުނާނެ ނޯ ނޯއޭ.. ފައުލެއް ނޫނޭ.
ކިމްބެ ކިޔާ
17 November 2019
އަސްލުވެސް ސިލްވާ ކޮސްނުގޮވާ ހުރުން ބުއްދިވެރީ، މެޗްގައި ހަމަ އިދިކޮޅަށް ކުޅުނު މެސީގެ އާޖެންޓީނާ މާގަދަފަދަވެފަ، މޮޅަށް ކުޅެ، ގިނަ ހަމަލާތައް ވެސް އުފެއްދި!
އަހޫ
17 November 2019
މަހީކުރީ މިސޮރު އޭސީމިލާނުގަ އުޅުނުއިރު ވަރަށް ހޭޖެހޭ ސޮރެއްކަމަށް. މެސީ ކިތައް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮއްފިކަން މިސޮރު ގާތުގަ ބުނެބަލަ.
ޢަހްމަދު007
17 November 2019
ސިލްވާ ކަލޭ މަހަށްދޭ.. ވެގެން ތިއުޅޭ ގޮތަކީ މެސީގެ ކާމިޔާބް ފެނިފަ ހަޖަމްނުވަނީ..
ޙަޖަމް
17 November 2019
ދެން ބުނޭ މެސީގެ ސަޕޯޓަރުން ވީމައޭ ކީޕަރުން މެސީ ޖަހާ ފުރީކިކް ދޫކޮއްލަނީ
ރަދީފް
17 November 2019
ކޮސް ނުގޮވާ ތިބެބަލަ ބްރެޒިލް ކުދިން.ބްރެޒިލް ވެސް މޮޅު.