ސުޕްރީމް ކޯޓު: އެ ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ހަދަން ޖޭއެސްސީން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
17 ނޮވެމްބަރ 2019 - 21:33
ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ހަދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި މާލީ ކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިންޓާނަލް ޔުނިޓުން ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ހަތަރު މެޖިސްޓްރޭޓެއްގެ މައްސަލަ ވެސް ބަލަން ކަނޑައަޅައި، ތަހުގީގު ކޮމިޓީއެއް އެކުލަވާލަން މިއަދު ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
މެޖިސްޓްރޭޓް ކޯޓުތަކަށް 14 މެޖިސްޓްރޭޓުން ހޯދަން ކޮށްފައިވާ އިއުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން އިއުލާން ކުރަން ވެސް އެ ކޮމިޝަނުން މިއަދު ނިންމި އެވެ. އެކަމަކު އެ އިއުލާނާ ގުޅިގެން ކުރިން ކުރިމަތިލާފައިވާ މީހުން އަލުން ކުރިމަތިލާން ނުޖެހޭނެ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންގ ޖެކުސަން
18 November 2019
އޮޑިޓު ހަދާއިރު ކުނިބުނި ހުރިތޯބަލާފަ ކުނިނަގާފަ ރަނގަޅަށް ސާފުކުރަންޖެހޭ.
ކޮސްގޮވާ
18 November 2019
ގާނޫނުއަސާސީ އާއި ހިލާފަށް އެއްމެގިނަ ކަންކަން ކުރީ ސުޕްރީމްކޯޓުން އެހެންވީމާ ރަގަޅު އޯޑިޓެއް ހަދަންފެނޭ. ޖޭއެސްސީން އޯޑިޓް ކުރާއިރު މިދަންނަވާ ތަންތަން ބައިވެރިކުރުން މުހިއްމު. އެންޓިކަރަޕްޝަން ކަމިޝަން، އޯޑިޓްއޮފީސް، މަޖްލިސް.
3335
18 November 2019
މަޖިލިސް އެއީ އޮފީސްތަކަށް ވަދެ އޯޑިޑް ކުރާ ބައެއްނޫން.
ޅޮލް
18 November 2019
މިލިޔަނުން ބަދަލު ދިން ކަންކަން ވެސް ސްޓްރެޓީޖިކް އޯޑިޓެއް ކުރަންވީނު
އައްބާސް
17 November 2019
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ނުހުންނާނެ އިންޓާނަލް އޮޑިޓް ކުރާނެ ޤާބިލުކަމެއް. ކެރެންޏާ އެބޭފުޅުންގެ ވަނަވަރު ޢާންމު ކޮށްބަލަ. ޑީޖޭއޭ ގެ އިންޓާނަލް އޮޑިޓް ޔުނިޓުގެ އެންމެ އިސްމީހާ އަކީ ދިވެހި ބަހުން ޑިގްރީ ހަދާފައިހުރި އެކައުންޓިން/އޮޑިޓް/ޓެކްސް އަކީ ކޯއްޗެއްކަންވެސް ނޭނގޭ މީހެއް. ދެން ކިހިނެއް އޮޑިޓް ކުރަނީ؟
ޢައްބާސީ
18 November 2019
އޮޑިޓް ކުރާނީ އޮޑިޓް އޮފީހުން ނުވަތަ އޮޑިޓްފާމް ތައް މެދުވެރިކޮށް، އެއްޗެއް ނޭގުނަސް ކޮމެންޓް ކުރެވޭތޯ ބަލާތި
ކޯޓު ފަޓުލޫނު
17 November 2019
ބަލަން ޖެހޭއެތަންތަން ހިނގާ ގޮތް. ރައްޔިތުންނަށް އިނގެންޖެހޭ ތިވެރިން ޖަހާ ސަކަރާތް. ބޮޑު މުސާރަ ދީފަ އުމުރަށް ބައިތިއްބާފައި ހިތުހުރި ގޮތަކަށް ކަންކުރާކަށް ނުދެވޭނެ. ހަދާ ގާނޫނުތަކާ އެއްގޮތަށް ނުން ގޮތަކަށް އަމަލު ކުރަންޏާ ބޭރުކުރޭ.
ދެބޯ ގެރި
18 November 2019
"ފެހި ޤާނޫނު އަސާސީ" ތަސްދީޤު ކުރި ފަހުން މިހާރު ތިން އުއްތަމަ ފަނޑިޔާރު ޤުރުބާން ކުރެވިއްޖެއެވެ. ސުޕްރީމް ކޯޓުން އެތަށް ފަނޑިޔާރަކު ބޭރު ކުރެވިއްޖެ އެވެ؟ ފަނޑިޔާރަކަށް ތިން އަަރު ނުވެއެވެ. ޢުމުރަށް ޢައްޔަން ކުރުމަކީ މިއީ ތޯއެވެ.ބަލާ ތިވެސް ރައްޔިތުން ނަށް އޮޅުވާލަން ކިޔާ އެއްޗެކެވެ.
ޙައްޤުބަސް
17 November 2019
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އޮޑިޓެއްވެސް ހަދަންވީ. ޖުޑިޝަރީ އަށް ކޮންމެ އަހަރަކު ފާސްކުރާ 500 މިލިޔަން ރުފިޔާގެ ބަޖެޓާއި، އަދި އެކި ނަންނަމުގައި ވުޖޫދުގައި ނުވާ ކަންކަމަށް ކޮންމެ އަހަރަކު ހޯދާ 100 މިލިޔަން ރުފިޔާ އަށް ވާނުވާ ބަލަންވީ. އިންސާފެއް ނުލިބޭ! މައްސަލަ އަވަހެއް ނުވޭ! ރައްޔިތުމީހާ އުފުލަންޖެހޭ ތަކުލީފު ކުޑައެއް ނުވޭ! ޚިދުމަތް ހޯދުމަށް އެތައް ގަޑިއެއް ހޭދަ ކުރަންޖެހޭ! ކޮބާ ބަޖެޓުގެ ބޭނުމަކީ؟
ކޯޓު
17 November 2019
ތިޔަ އުޅެނީ ކޮންމެވެސް ލިޔެކިޔުން ތަކެއް ބޭނުންވެގެން.. ވަރަށް ޑަމީކޮށް... ?
ހަމަ ވިސްނުން
17 November 2019
ކޯޓް ތަކުގެ ތެރެއަށް މިވަރަށް ހަމަ ޖޭއެސްސީ ވަންނަން ރައްޔިތުން ހަމަ ޤަބޫލް ތޯއެވެ? މިހާރު ތަންފުކެއް ބޮޑުވަރު ވެއްޖެ އެވ
ރިސާމް
17 November 2019
ރާއްޖެ މިވަގުތުމިވަނީ ސިޔާސީ ރިސާޗުގެ ވައިގަދަ ކޮޅިގަނަޑެއްގައިޖެހިފައިކަމުން މިކަމަކަށް އެންމެހާ ރައްޔިތުން ސަމާލުވެ ކަމަރުބެންނެވުމަށް ދަންނަވަނެ.