ލަނޑު ޖެހުމަށް ފަހު ޒަނިއޯލޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
19 ނޮވެމްބަރ 2019 - 09:28
ޕަލާމޯ (ނޮވެމްބަރު 19) - ޔޫރޯ ކޮލިފައިންގައި އިޓަލީ ކުޅުނު ފަހު މެޗުން ރޭ އަމިއްލަ ދަނޑުގައި އާރްމީނިއާ އަތުން 9-1 އިން މޮޅުވެއްޖެ އެވެ.
މިއީ ކޮލިފައިން މެޗެއްގައި މިހާތަނަށް އިޓަލީން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. އެކަމަކު އިޓަލީގެ ތާރީހުގައި ރަސްމީ މެޗަކުން ހޯދި އެންމެ ބޮޑު މޮޅަކީ 1948 ވަނަ އަހަރުގެ އޮލިމްޕިކްސްގައި އެމެރިކާ އަތުން 9-0 އިން މޮޅުވި މެޗެވެ. އިޓަލީން ވަނީ 1928 ވަނަ އަހަރުގެ އޮލިޕިކްސްގެ ލޯ މެޑަލް މެޗުން މިސްރު އަތުން 11-3 އިން މޮޅުވެފަ އެވެ.
މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އިޓަލީން ޓީމު އަލުން ހަމައަަކަށް އެޅުވުމުގެ މަސައްކަތް ފަށައި ކޯޗު ރޮބާޓޯ މަންޗިނީއާ ގައުމީ ޓީމު ހަވާލުކުރި ފަހުން އެ ޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ. އަންނަ އަހަރުގެ ޔޫރޯ އިން އެންމެ ފުރަތަމަ ޖާގަ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. އަންނަ އަހަރުގެ މުބާރާތަށް އިޓަލީން ދާނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.
"ހިނގާ މި ވަގުތުތަކުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފައި މި މޮޅު ވެވުނު 10 މެޗާ މެދު އުފާފާޅުކުރަން. މިއީ އަހަރެމެންގެ ފުޓްބޯޅައިގައި އަންނާނެ އުފާވެރި ދުވަސްތަކުގެ ތެރޭގައި ހިމެނޭނެ ވަގުތުތަކެއް،" އުމުރުން 54 އަހަރުގެ މަންޗިނީ ބުންޏެވެ.
އިޓަލީގެ ކޯޗު މަންޗިނީ: އިޓަލީ ޓީމުގައި އަންނަނީ ތަފާތު ދައްކަމުން. -- ފޮޓޯ: އޭއެފްޕީ
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގަބްރިއޭލޭ ގްރަވީނާ ވިދާޅުވީ އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން މާޔޫސްވެފައި ތިބި ދަނޑިވަޅެއްގައި ގައުމީ ޓީމާ ހަވާލުވެ މަންޗިނީގެ މަސައްކަތުން މިހާރު އަލުން ފުޓްބޯޅަ ފޯރި ދިރުވިއްޖެކަމަށެވެ.
"އަހަރެމެންނަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ 1958 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް. އެކަން ހަނދާންނައްތާލައި އަހަރެމެން އަންނަ އަހަރު އަމާޒުހިފާނީ 1968 ވަނަ އަހަރަށް ފަހު ފުރަތަމަ ޔޫރަޕްގެ ތަށި ގެންދަން،" ގްރަވީނާ ވިދާޅުވި އެވެ.
ރޭގެ މެޗުގައި ފީފާ ރޭންކިންގެ 89 ވަނައިގައި އޮތް އާރްމީނިއާ ކޮޅަށް އިޓަލީގެ ޗީރޯ އިމޯބިލޭ އާއި ނިކޮލަ ޒަނިއޯލޯ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އެވެ. އަނެއް ފަސް ގޯލް ޖެހީ ނިކޯލޯ ބަރެއްލާ، އަލެސިއޯ ރޮމަނޯލީ، ޖޯޖީނިއޯ، ރިކާޑޯ އޮރްސޮލީނީ އަދި ފެޑެރީކޯ ޗިއޭސާ އެވެ. އާރްމީނިއާގެ ހަމައެކަނި ގޯލު ޖެހީ އެޑްގާ ބަބަޔާން އެވެ.
ގްރޭނިޓް ޝަކާގެ ގޯލާ އެކު 6-1 އިން ގިބްރޯލްޓާ ބަލިކޮށް ސްވިޒަލެންޑް ވަނީ އަންނަ އަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދައިފަ އެވެ. އަދި އަޔަލެންޑާ 1-1 އިން އެއްވަރުކޮށް ޑެންމާކް ވެސް ވަނީ އަންނަ އަހަރުގެ މުބާރާތުން ޖާގަ ކަށަަވަރުކޮށްފަ އެވެ. މި ދެ ޓީމާ އެކު އަންނަ އަހަރު 24 ޓީމު ވާދަކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ 19 ޖާގަ މިހާރު ވަނީ ކަށަވަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީ.
19 November 2019
ބެނިފިޓް އޮފް ޔަންގް ޓެލެންޓްސް އެން ޕޮސެޝަންޑް އެޓޭކިން ފުޓްބޯލް..
ނިކް
19 November 2019
ޒުވާން ކުޅުންތެރިންނަށް އިސްކަން ދިނުމުގެ ނަތީޖާ.. އެކްސްޕީރިއަންސް 3 ކުޅުންތެރިއަކާ 27 އަހަރުން ދަށުގެ ކުޅުންތެރިން ދެން ތިބީ ޓީމުގަ 17 އަހަރުގެ ޓޮނާލީވެސް.. އިޓަލީގެ މި ޔަންގު ބެޗުގަ ޓެލެންޓެޑް ވަރަށް ގިނަ ކުޅުންތެރިން އެބަތިބި.. ޓީމެއްގެ ގޮތުގަ ވަރަށް ގަދަޔަށް ކުޅޭ.. ކުރިން ބަސް ޕާކުކޮށްގެން ކުޅޭ ފޫހި ކުޅުން މިފަހުން އެއްގޮތަކަށް ވެސް ނުފެނޭ.. ބޮޑެތި ޓީމުތަކާ ކުޅޭ އިރުވެސް ފާސިންގ އާ ބޯލް ޕޮސިޝަން ވަރަށް ހައިކަން ފާހަގަކުރެވޭ..
ހުސް ތަކުރު
19 November 2019
ކަލޯގެޔާ ދެން ބުނާނެ މިމީހުން ހަބޭހަށް އިންޓަނޭޝަނަލް ގޯލު ޖެހިވާހަކަ. އަލީ ދާއީ ރާއްޖެ ކޮޅަށް އެއްމެޗަކު 5 ގޯލު ޖެހި. މާ ވީކް ޓީމްތައް ޕްލޭއޮފް އެއް ކުޅެފައި ދާގޮތަށް އޭޝިޔާގައި ހެދީ މާ ފަރަގު ބޮޑުވާތީ ޓީމުތަކުގެ މެދުގައި. ކޮމްޕެޓެޓިވް މެޗުތަކުގައި 9 ގޯލު ޖަހާއިރު އެކަމާ ވިސްނަންޖެހޭ
ޒަކް
19 November 2019
ޔޫރަޕުގެ މި ޓީމުތަކުގަ ތިބުނާހާ ފަރަގެއް ނޫޅޭނެ.. ހާއްސަ ފީފާގެ ޓޮޕް 90 ގެ ތެރޭގަ ހިމެނޭ ޓީމުތަކާ ކުޅެ 9 ގޯލު ޖެހުމަކީ އާދައިގެ ކަމެއްވެސް ނޫން.. އަރމީނިޔާއަށް ވުރެއް މާ ބަލި ޓީމެއް މި ގުރޫޕުގަ އޮތް ނުވަ ގޯލެއް ނުޖެހޭ އިޓަލީއަކަށްވެސް އެހެން ޓީމަކަށްވެސް
އަސްލު ހަގީގަތް
19 November 2019
ޒަކްއަށް. ޔޫރަޕްގެ ޕަވާ ހައުސްތަކާއި އެހެން ޓީމްތަކާ ވަރަށް ބޮޑެތި ފަރަގު ހުރޭ. އިޓަލީގެވެސް އަސްލު ފެންވަރު އިނގޭނީ ގަދަފަދަ ބާރުތަކާ ދެކޮޅަށް ކުޅެލުމުން. އިޓަލީ އެލައިޓް ޓީމްތަކާ ދެކޮޅަށް ކުޅޭ. އެކަމަކު ކޮމްޕެޓިޓިވް މުބާރާތްތަކުގައި ބެލްޖިޔަމް، ފްރާންސް، ސްޕެއިން، ޖާމަނީ، އިންގްލެންޑް، ޕޯރޗުގަލް އަދި މިނޫންވެސް ބައެއް ޓީމްތައް ބަލިކުރެވޭ ކަމުގައި ވަނީނަމަ ވަރަށް ފުރިހަމަވީސް.
ލެއްގި ކޮމިޝަނަރ
19 November 2019
އެންމެފަހުގެ ހޫރޯހޯދިޔަސް ޕޯޗްގަލް މިހާރުނުކިޔާނެ ޔޫރަޕްގެ ވަރުގަދަ ޓީމަކަށް. އެހެންވީޔާ ޑެންމާކާ ގްރީސް އަދި ޗެކްރިޕަބުލިކްވެސް މީ ޔޫރަޕްގެ ގަދަބާރުތަކެއްތާދޯ.
ޒަކް
19 November 2019
އަސްލު ހަޤީޤަތަށް ތިޔަ އޮތީ ހަޤީޤަތް އޮޅިފަ.. ޒަކް މި ދައްކަނީ ފީފާ ޓޮޕް 90ގެ ވާހަކަ ޕަވަރ ހައުސްތަކުގެ ވާހަކައެއް ނޫން. އެއްވެސް ގުރޫޕެއްގަ ނެތް 1 ޕަވަރ ހައުސްއަށްވުރެއް އިތުރަކަށް.. އަރމީނިއާއަށް ވުރެއް ބަލި ޓީމުތައް ހިމެނޭ ގުރޫޕުތަކުގަ ކުޅެ ތިޔަ ބުނާ ޕަވަރ ހައުސްތަކަށް އެވަރަށް ގޯލުނުޖެހުނުތާނގަ ހުރިހާ މެޗަކުން މޮޅެއް ނުވެވުނު 30 ޕޮއިންޓެއްވެސް ނުހޯދުނު އިޓަލީ ފިޔަވާ އެހެން ބަޔަކަށް.. ހުރިހާ މެޗަކުން މޮޅުވެވުނީ ވެސް އިޓަލީ އަދި ބެލްޖިއަމްއަށް
އަސްލު ހަގީގަތް
19 November 2019
ޒަކްއަށް. އަހަންނަށް އިނގޭ ޔޫރޯ ކޮލިފައިންއަށް ގްރޫޕްތައް ބަހަނީ ފީފާ ރޭންކިންގްއަށް ބަލާފަކަން. އަހަރެން މިދައްކާ ވާހަކަޔަކީ ޔޫރޯގެ ނޮކް އައުޓް ސްޓޭޖްގައި އިޓަލީ އެބަޖެހެޔޭ ފެންވަރު ސާބިތުކޮށްދޭން. އިޓަލީ އެދާ މިސްރާބު ރަނގަޅު. އެމީހުން ވަރަށް ވަރުގަދަ. އަދި އެއީ ޔޫރޯގެ އެއް ކޮންޓެންޑާޔޭ ބުނެވިވެސްދާނެ. އެކަމަކު މިހާރުގެ އިޓަލީގެ އަސްލު ފެންވަރު ވަޒަންކޮށްލަން އަދި ތަންކޮޅެއް އަވަސް. އުންމީދުކުރަން އިޓަލީ ޔޫރޯގައި ކާމިޔާބު ހޯދާނެކަމަށް.
ޒަކް
20 November 2019
ބުރޯ ބެލްޖިއަމް ފިޔަވާ ތިޔަ ނަން ކުރާ ޓީމުތަކަށް ނިހޯދުނޭ އިޓަލީ މިފަހަރު އެހީދި ކާމިޔާބެއް ކޮލިފައިންގގަ.. މާބަލި ޓީމުތަކާ ކުޅެވެސް.. އިޓަލީ އެންމެ ހާލުގަ އޮތް އިރުވެސް ތިޔަބުނާ ޓީމުތަކަށް ނެތޭ މޮޅެއް ހޯދިފައެއް.. އެހެންވީމަ މިހާރުވަކި ނެތޭ ބުނެވޭކަށް އަސްލުފެންވަރު އެނގޭނީ މިވެނި ބަޔަކާ އެވެނި ބަޔަކާ ޖެހުނީމައޭ ބުނެވޭކަށް.. ބަލަމާ މާރޗ ނުވަތަ އޭޕްރީލުގަ އެބައޮތް ޖަރުމަނު އަދި އިންގުލޭންޑާ ދެކޮޅަށް ފުރެންޑްލީ މެޗުތަކެއް