20 ނޮވެމްބަރ 2019 - 07:30
ޖަނަވާރުން ދަނޑުބިންތަކަށް ގެއްލުންދޭތީ އިންޑިއާގެ ކަރްނާޓަކާގެ ދަނޑުވެރިއަކު ތަފާތު އުކުޅެއް ބޭނުންކުރަން ފަށައި، އެކަން ވަރަށް ކާމިޔާބުކަމަށް ބުނެފި އެވެ.
ޝިވަމޮއްގޯގައި ދަނޑުވެރިކަންކުރާ ޗިދަނަންދަނަ ގައުޅާ ބުނީ ޖަނަވާރުންގެ ކިބައިން ދަނޑުތައް ސަލާމަތްކުރަން އޭނާ މިހާރު ބޭނުން ކުރަނީ އަޑު ކަމަށެވެ. އެގޮތުން އަމިއްލަ އަޑުން، ކުއްތާ ވައްވައް ޖަހާ އަޑު ރިކޯޑް، ލައުޑް ސްޕީކަރަކުން އަބަދު ޖަހާފައި ހުރުމުން ދަނޑުތަކަށް ގެއްލުންދޭ ރާމާމަކުނުތަކާއި އެ ނޫން ވެސް ވަލު ޖަނަވާރުގެ އުނދަގޫތަކުން ސަލާމަތްވެފައިވާ ކަމަށް ބުންޏެވެ.
K'taka: Farmer finds unique, low-cost method to save crops from wild animals
— ANI Digital (@ani_digital) November 19, 2019
Read @ANI Story| https://t.co/6Fti7evZCz pic.twitter.com/IfhW66KvdZ
"މިކަން އަހަރެން ކުރަން ފެށި ފަހުން ބޮޑު ބަދަލެއް ފެނިއްޖެ،" އަހަރެއްގެ ތެރޭގައި ޖަނަވާރުން ދަނޑުބިންތަކުގެ 30 ޕަސެންޓް ހަލާކުކޮށްލައި، ގޮވާންތައް ކައިލާކަން ފާހަގަކޮށް އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ގައުޅާ ބުންޏެވެ.
އޭނާ ބުނީ އަޑުގެ އުކުޅަކީ ހަމައެކަނި ބުރަ މަސައްކަތްތަކުން ހައްދާ ގޮވާންކޮޅު ޖަނަވާރު ކައިލުމުން ރައްކާތެރިކޮށްދޭ ކަމެއް ނޫން ކަމަށެވެ.
"މީގެ ސަބަބުން ޖަނަވާރުން މަރުވުން ވެސް އެބަ މަދުވޭ. ވަރަށް ގިނަ ދަނޑުވެރިންނަކީ މަކުނު ކަހަލަ އެއްޗެހީގެ އުނދަގޫ ބޮޑުވުމުން ބަޑި ޖަހައިންގެ އެ އެއްޗެހި މަރާލާ ވެސް ބައެއް. އެކަމަކު އެއީ ކުރަން އެހާ ރަނގަޅު ކަމެއް ނޫން،" ގައުޅާ ބުންޏެވެ. "ކުއްތާގެ އަޑު ދަނޑުތަކުން އަބަދު އިވޭ ގޮތް ހެދީމަ ދަނޑުތަކަށް މިހާރު ޖަނަވާރުންތައް ނާރާ. އެ ބަދަލު އަހަރެންގެ ދަނޑުތަކުން މިހާރު ފެނޭ."
އޭނާ ބުނިގޮތުގައި މާ ބޮޑު ހަރަދަކާ ނުލައި މިވަރުގެ ރައްކާތެރިކަމެއް ހޯދޭކަން ކަށަވަރުވެފައިވާތީ، އިލްތިމާސަކީ ވީހާ ވެސް ގިނަ ދަނޑުވެރިން މި އުކުޅު ތަޖުރިބާކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިއެޓޯލްޑޮޓްކޮމް
20 November 2019
މި ގޭ ޖަނބުރޯލު ގަހުގައި ވާލާއި ކޮވެލި ޖައްސާވަރުން އޮބިނޯވެގެން މިއުޅެނީ، މިރަށުގެ (ލ.ގަން) ގިނަމީހުން ހަދާގޮތަކީ މުޅިގަހުގެ މަތީގައި ދަލެއް (ގަސްފޮރުވޭހެން) ފަތުރަނީ، ނަމަވެސް މި އާޓިކަލްގައި ގެނެސްދީފައި މިވާފަދަ އުކުޅެއް ބޭނުންކުރުން މާ ކާމިޔާބު ވާނެކަމަށްފެނޭ، އަޖުމަ ބަލާލަން މިކަން ކުރާނަން
ފުންއަސަރު
20 November 2019
ފައްކަލޭދޯ؟
މަކުނު
20 November 2019
ފައްކާ ސައިންސް ވެރިއެއްވެސްމެ.