ޖޭއެސްސީގެ މެމްބަރުންތަކެއް: ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
21 ނޮވެމްބަރ 2019 - 12:01
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.
ޖޭއެސްސީން އިއުލާންކުރީ ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދުމަށާއި ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރަކު ހޯދުމަށެވެ. އެ މަގާމުގެ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.
ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު 46،500ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު ދާދިފަހުން ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވެސް މިހާރު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
21 November 2019
ކޮޑުތަކަ މިލަނީ އިހުލާސްތެރިކަމެ ނުހުންނަ މީހުން. ޕާޓީ މީހަކު ކުށެއްކުރިޔަސް ކުށަކަށް ނުވޭ.
ރާގޮނޑި
21 November 2019
ޕީޕީއެމް ކޯލިސަނައް ތާޢީދުކުރާއެއްވެސްބޭފުޅަކުމިކަމައްކުރިމަތިނުލާތި
ރަބަރު
21 November 2019
އަވަހަށް މަހުޖަނަކަށްވާން އެދޭ މީހުން ކުރިމަތިލާންފެނޭ.
ރަބަރު
21 November 2019
ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަން ހިނގާ ނުހިނގާ ގޮތް ބަލައި އެ ޑިވިޜަން ރަގަޅުކުރަނީ ކޮންއިރަކު؟ ރަސްމީ ގަޑިތަކުގައިވެސް އެތަން ގިނައިން ހުންނަނީ ބަންދުކޮށްފަ. މިކަހަލަ އެތައްކަމެއް ފާހަގަވޭ.
އަލީ ފިރާގު
21 November 2019
ބޭނުން އިރަކު ސުލޫކީ ގޯނި ބޮލުގައި އަޅުވާފައި، ބޭނުން މީހަކު މަގާމުން ވަކިކޮށްލާނެ. މިހާރު ތިޔަ ކަމަށް ކުރިމަތިލުމަށް ވުރެ ރަނގަޅުވާނެ ވެމްކޯގައި އުޅުނަސް.
ާއުނިމާ
21 November 2019
ތިދެން އިޢްލާން ނުކޮށްވެސް އެކްޓިވިސްޓުން ކޮޅު ނެގީމާ އޯކޭއެއްނު! އޭރުން ދާއިރާ މިނިވަންވީ!
ސޯލް
21 November 2019
ތިޔަގޮތަށް ޔާމީނުވެސް އުޅުނު ވީގޮތް ފެނޭތޭ