ޚަބަރު / ދިވެހި ގައުމީ ޔުނިވަސިޓީ

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އާޒިމާ މިއަދު ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

28 ސެޕްޓެމްބަރ 2016 - 18:44

3 comments

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިިބުނު 24 ދަރިވަރަކަށް އެކަމުގެ ލިޔުން މިއަދު ދީފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތެއްގައި "ފުލް ފަންޑެޑް ސްކޮލަޝިޕް" 20 ދަރިވަރުންނަށް، ޕޯސްޓް ގްރެޖުއޭޓް އަދި އަންޑަގްރެޖުއޭޓް ސްކޮލަޝިޕް ވަނީ ހަތަރު ދަރިވަރުންނަށް ދީީފައި އެވެ.

އެމްއެންޔޫ އިން ބުނީ މިއަހަރުގެ ދެ ވަނަ ޓާމުގެ ސްކޮލަޝިޕަށް ގިނަ ދަރިވަރުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން އެ ސްކޮލަޝިޕަށް ހޮވާފައިވަނީ ނަތީޖާ އެންމެ ރަނގަޅު ދަރިވަރުން ކަމަށެވެ.

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު މިއަދު ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ވަޒީފާގެ މާހައުލު ވާދަވެރިވާންޖެހޭ ކަމަށާއި ވަޒީފާ ދޭއިރު ހަމައެކަނި ހޯދާފައިވާ ސެޓްފިކެޓްތަކަށް ބެލުން ދޫކޮށްލަންޖެހޭ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އަހުލާގަކީ ވެސް ވަޒީފާގެ މާހައުލަށް ވަރަށް މުހިއްމު ސިފައެކެވެ.

"އަޅުގަނޑުމެން އިންޓަވިއުކޮށް ވަޒީފާއަށް ކުދިން ހޮވާއިރު، ހޮވަނީ ކޮންމެހެން އެންމެ މޮޅު ދަރިވަރުންނެއް ނޫން. މަސައްކަތުގެ ދާއިރާގައި ވަރަށް ބޮޑަށް ބަލަންޖެހޭ ކަމެއް ޑިސިޕްލިން އަކީ. އެއީ އަޅުގަނޑުމެން ބޮޑަށް ބަލާނެ ކަންތައްތަކަކީ،" އާޒިމާ ވިދާޅުވި އެވެ.

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދިނުމަށްފަހު އާޒިމާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ މުޖުތަމައުއަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމާ ގުޅޭ ދިރާސާތަކެއް ހަދަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ދެ ޔުނިވަސިޓީއަކަށް ލެކްޗަރާއެއްގެ ގޮތުގައި އޭނާ ކިޔަވައި ދެއްވި ކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ރިސާޗުކުރުން އިތުރުކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު އޮންނަ ގޮތުން މީހަކު ދައްކާ "ޔޯލަ" ވާހަކަތައް ވެސް ގަބޫލުކުރަނީ ކަމަށާއި ނަމަވެސް ރިސާޗުތަކުގެ ސަބަބުން އެކަން ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިއަދުގެ ހަގީގަތް. މީހަކު "ޔޯލަ" ހަދާފައި ދައްކާ ވާހަކަތައް ގަބޫލުކުރެވެންޏާ، ހާއްސަ އެޑިއުކޭޝަން ސްޓޫޑަންޓުން ގަބޫލުކުރަންޏާ، މައުލޫމާތު ފޯރުކޮށްދިނުމުގައި މައްސަލަތަކެއް އެބައުޅޭ،" އާޒިމާ ވިދާޅުވި އެވެ.

3 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 30%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާހީމު، ތިނަދޫ ކެމްޕަސް

29 September 2016

މީގެ ކުރިން ތި ސްކޮލަރޝިޕްތައް ދެނީ ޓާމު ފެށޭ ހަފުތާގައި. މިހާރު ތިދެނީ ޓާމު ނިމެމުންދާ އިރު .... މިއީ މިހާރުގެ ސްޕީޑު. މި ކެމްޕަސްގައި ކިޔަވައިދޭ ކުދިންތައް ވެސް އަދި މިއުޅެނީ ކިޔަވަމުންދާ މާއްދާތަކުގައި އެންރޯލް ނުވެވިގެން... ޓާމު މިނިމެނީ... ކަންތައްތައް ސްލޯ ކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިޔާ. ކަންކަން ހިނގާ އަވަސްކަމާ ޔުނިވަރސިޓީގެ އިންޓަރނެޓްގެ ސްޕީޑާ އެއްވަރު... ސާބަހުން ސާބަސް!

The name is already taken The name is available. Register?

ގައިނަމް

28 September 2016

ބަލަ ސަރުކާރުން ޓެކުސްގެ ފައިސާއިން އަހަރަކު 180 މިލިއަން ރުފިޔާ ދޭތަނަކުން ދައްކަނީ ކޮން ސްކޯލާޝިޕްގެ ވާހަކައެއްތޯ؟ ތިޔަ ޔުނިވަސިޓީން ކިޔަވައިދޭންޖެހެނީ ރާއްޖޭގައި މަތީތައުލީމް ނެހެދިގެންއުޅޭ ނިކަމެތިހރުިހައި މީހުންނަށް މުޅިންހިލޭ، ބޭކާރު ހަރަދު މިހާރުވެސް ކުރަނީ އެތަކެއް އިމާރާތެއް މަރާމާތުކުރުމަށާއި، ހިންގުމަށް، ކިވައިދޭން ހަރަދެއްނުކުރޭ، ދެން ސަރުކާރުގެ އޮފީސްތަކުގެ މީސްމީހުންނަށް ގަޑިއަކަށް 400 ރުފިޔާދެމުން އެމީހުންގެ އިތުރުގަޑީގެ މުސާރަކޮޅު މަތިކުރަން ހުރިތަނެއް ޔުނިވަސިޓީއަކީ،

The name is already taken The name is available. Register?

ކޮބާ

28 September 2016

މިއަދުގެ ހަގީގަަތަކީ އެއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ބޮޑު މުސާރަ އެއް މިދެނީ ރިސޯރޓް ތަކުންނެވެ. އެގޮތުން ރިސޯރޓް ތަކުން ބޭސިކް ރެމިއުނެރޭޝަންްސް އަށް އެކަނި މަހަކު 6000 ޔޫއެސްޑޮލަރ ދޭ ވަޒީފާ ތަކަށް ދިވެހިން ނުނަގާ ހަމަ އެކަނި ބޭރުމީހުން ނަގަނީ އެއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިންފޯ މަދު ކަމުންނެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އަށް އަދި ވެސް ނެތޭ ދިރާސާ އެއް ކުރެވިފައި ރިސޯރޓް ތަކުގައި ހުންނަ ޑިޕާރޓްމަންޓް ތަކާއި އަދި ރިސޯރޓް ތަކަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމަށް ޓަކައި ކުރަން ޖެހޭނީ ކޮން މަސައްކަތެއް ކަން ވެސް އަދި އަދަށް ވެސް ޔުނިވަރސިޓީ އަށް ބޭސިކް ޑިޒައިން ސްޓަޑީ ރިޕޯރޓް އެއްވެސް ތައްޔާރު ކުރެވިފައި ނެތުމަކީ އެއީ ލަދުގަންނަން ޖެހޭނެ ކަމެކެވެ. ލަންކާ އަދި އިންޑިއާ މީހުންނަށް ހުޅުވާލެވިފައިވާ މާރކެޓް އެއް ރިސޯރޓް ތަކުގެ މާރކެޓް އަކީ. ރާއްޖޭން އެމީހުން މިލިއަނަރުންނަށް ބަދަލުވާއިރު ދިވެހިންގެ ޓްރެންޑް ސިވިލް ސާރވިސްގެ ވަޒީފާ އަށް ވަންނަ ޚިޔާލު އޮންނަނީ ވެސް އެއީ ގައުމީ ޔުނިވަރސިޓީ އަށް އެކަމާއި ގުޅޭ ދިރާސާ ތައް ކުރެވި އެކަން ފިކްސް ކުރަން މަސައްކަތް ނުކުރެވޭތީއެވެ. ސިވިލް ސާރވިސްގައި ނޫން ގިނަ މީހުން ތިބެން ޖެހޭނީ. ގިނަ މީހުން ތިބެންވީ ރިސޯރޓް ތަކުގެ ވަޒީފާ ތަކުގައެވެ. އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރަންވީ ގައުމީ ޔުނިވަރސިޓީ އާއި ސިންގަޕޫރުގެ ކޮލިޓީ ޔުނިވަރސިޓީ ތަކާއި ގުޅިގެން. އެއިރުން ރާއްޖޭން ބޭރުގެ ޗެއިން ތަކަށް ގައުމީ ޔުނިވަރސިޓީން ދޭ ސެރޓިފިކެޓްސް ތައް ގަބޫލުކުރެވޭނީ. ގައުމީ ޔުނިވަރސިޓީ އަށް ދިހަ އަހަރުވީއިރު ކުރީ ކޮން ކަމެއްތޯއެވެ. ވަރަށް ދަށް ޕާރފޯމަންސް. ވަރަށް ވަރަށް ދަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454