އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވި އަސްލަމް: އޭނާގެ މައްޗަށް ކުރި ހޯއްދެވީ ޝިފާޒް.
23 ނޮވެމްބަރ 2019 - 16:28
މުޅި ރާއްޖޭ ގައި އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ އިންތިޚާބުގައި ނައިބު ރައީސަކު ހޮވަން ނެގި ވޯޓުގެ ނަތީޖާގެ ސައްހަ ކަމާ މެދު އެ މަގާމަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕޭން ޓީމުން ސުވާލު އުފައްދައިފި އެވެ.
އެމްޑީޕީގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް އިންތިޚާބުގައި އެ ޕާޓީގެ ރައީސަކަށް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބުގެ މަގާމަށް ނުކުންނެވީ އަސްލަމްގެ އިތުރުން އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އަސްލަމްގެ މައްޗަށް ކުރި ހޯއްދެވީ ޝިފާޒެވެ.
މިހާތަނަށް އިއުލާން ކޮށްފައިވާ 172 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ އަކީ 23،613 އެވެ. ޝިފާޒަށް އެ 172 ވޯޓު ފޮށިން ލިބިވަޑައިގަތީ 13،233 ވޯޓެވެ. އަސްލަމަށް ހޯއްދެވުނީ 9،957 ވޯޓެވެ.
ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގެ ސައްހަ ވޯޓުގެ އަދަދަކީ 23،190 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 423 އެވެ.
އަސްލަމްގެ ކެމްޕޭން ޓީމުން ބުނީ އިންތިޚާބުގައި އަދި ވޯޓުގައި މައްސަލަ ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އެކަންކަން ބަލަމުން އަންނަ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ ހުށަހަޅަން ވެސް އެދިފައިވެ އެވެ.
އިންތިޚާބުގެ ނާކާމިޔާބީއާ ގުޅޭ ގޮތުން އަސްލަމް އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނައިބު ރައީސްގެ މަގާމަށް ޝިފާޒާއި އަސްލަމް ވާދަވެރި ކެމްޕެއިނެއް ކުރެއްވި އެވެ.
ޚާއްސަކޮށް، އަސްލަމް ވަނީ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އަސްލަމަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ބައެއް ސީނިއާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އަދި ޕާޓީގެ ސޯޝަލް މީޑިއާ ޓީމުގެ ގިނަ މީހުން ވެސް ތިބީ އަސްލަމްގެ ފަހަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސީނާ
23 November 2019
ޢަހަރެން ބުނިން ޝޯޝަލް މީޑިއަރގަ އެކްޓިވް ވުމަކީ ސްޓްރެޓެޖިކް ވޯކްއެއް ކުރެވޭނެކަމުގެ ހެއްކެއްނޫނޭ، ބޭކާރު ބައެއް، ސިސްޓަމެޓިކް ޕްލޭންޑް ކެމްޕޭނެއް ރޭވޭ ވަރުގެ ބަޔަކަށް ތިއިންތިހާބުތައް ގެންދެވޭނީ، އެހެންނޫނީ އަދިވެސް ވާނީ ލޫސް
ކޯކްފުޅި ސައުދު
23 November 2019
ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް. ދިރި ތިބި ބަޔަކަށް އިބުރަތްތަކެއް
އިހުމާލް
23 November 2019
ބަލަގަ އައްޑު އަށް ނިސްބަތްވާބަޔަކަށް، ތިޔަޕާޓީގެ މަތީއެއްވެސް މަޤާމަކަށް އާދެވުން އެއީ އޮތްކަމެއްނޫން. ތާރީޙު އެކަން ހެކިވާނެ، ޑރ މުނަންވަރު އާއި ޑރ ޑީޑީ، މެންނާއި ދޭތެރެ ކަންތަކުރިގޮތް އެއޮތީ ފެއްނާން
އިބުރާ
23 November 2019
އަދިވެސް އަސްލަމުމެން ހޭއަރާކަށްނުވޭތޯ؟ ތިޔަ ކެނެރީގޭނަޝީދު ފަހަތުގައެލިގެން އުޅޭ މީހަކަށް ހިތްދަތިކަންނޫން އެހެން އެއްޗެއްނުލިބޭނެ. ތިޔަބޭ ފުޅުން ސިޔާސީ ހަރުކަށިގޮތް ދޫކޮށް އަތޮޅުކުރިއަރުވަން އަތޮޅަށް ކަމެއްކޮށްދޭކަށް ނުވޭތޯއެވެ؟ މިއަދު އައްޑުއަތޮޅު އޮތީ ޙާލުގެދުލުން ތިޔަ ބޭ ފުޅުންނަށް ގޮވަގޮވައެވެ. ވީމާ އައްޑޫގައި ގެއްލި ފައިވާލީޑާރޝިޕް އަލުން ވަރުގަދަކޮށް ތިޔަހަރުކަށިގޮތްދޫކޮށްލައްވައި އެނބުރި ވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.
އަލީރާޖާ
23 November 2019
ރާއްޖޭގައި ކޮންމެ އިންތިޚާބެއް ބޭއްވިޔަސް މިވާ ގޮތަކީ އަބަދުވެސް ބަލިވާ މީހާއަށް މި ހީވާނީ އިންތިކާބު އޮޅުވާލިއްޔޭ. އިންތިޚާބުގައި ކިހިނެއް އެންމެން މޮޅުވާނީ؟ މިއީ އަހަރުމެން ޑިމޮކްރަސީއަށް ތަސައްރަފު ނުފުދޭ ވަރު.
ބަލާމީހާ
23 November 2019
ޢަސްލަމު މޮޅުވީ، އަސްލަމު މޮޅުވީ، އަސްލަމް މޮޅުވީ، އައްޑޫ އަކީ އަސްލަމު، ހީހީ ހަލާކު.
ގަޓް ބްރޯ
23 November 2019
މަވެސް މީ މެމްޑީޕީ މެންބަރެއް. ތިޔަ ނަތީޖާ އާމެދު މަށަށްވެސް ޝައްކު! އަދި އިންތިޚާބް ވަރަށް ބޭއިންސާފު ކަމަށް ފެނޭ.
ހަގީގަތްް
23 November 2019
އަމިއްލަ އިންތިހާބުގަ ވައްކަން. އަމިއްލަ ޕާރޓީއަށް އިތުބާރެއް ނުކުރެވޭ. އަމިއްލަ ޕާރޓީ މެމްބަރުންގެ ނިންމުމަށް އިހުތިރާމްކުރާކަށް ނޭނގޭ ރައީސް ނަޝީދު ފަޅީގެ މީހުންނަށް. މިވަރުން ކޮން ޑިމޮކްރަސީއެއް؟
ލިޔަން
24 November 2019
ތިވިސްނުމުގާ ތިމާގެ އަމިއްލަ ގައުމާ ދީނައް ތިމާއައް ނޭގިނަމަވެސް ދެރަބަސް ބުނެވެ. ކުޑަކުޑަ އާއިލާއެއްގެ ތެރޭގަވެސް ގޯސްމީހުން ތިބޭ. ދެން ހުޅުވިފައޮތް މެންބަސިޕަކުން ވަދެފަތިބޭ ބަޔެއްގެތެރޭ ހެޔޮމީހުންނާ ނުބާމީހުން ތިބޭނެ. ރާއްޖޭގެ ޖިއޮގްރަފީ ނޭގޭމީހަކައް ތިބޭފުޅާނުވާނެ ވަކި ވަކިން ހުރި ރައްތަކުގާ ކަންކަން ހިގާގޮތް ޕާޓީއަކައް ބެލުމަކީ އުދަގޫކަމެއް. ރައްޓެހިމީހާ މަޖިލިހައް ހޮވަން ޕީޕީ އެމް މީހާ ފޮށިތައްބަލަހައްޓާފަ އެބަހުރި
ރަދީފު ބިން ރަފައިދާ
23 November 2019
ވެދާނެ ފުންމާކަރުދާހުގައި ޕުރިންޓުކޮށްފާހުރި ކަރުދާސްތަކެއް ބޭނުންކުރީކަމަށް. ނޫނީ އެބުނާ އަނގޮޓިއެއްގެ ސަބަބުން ވީކަމެއްކަމަށްވެދާނެ. ރަނގަޅު ތަހުގީގެއް ހިންގިގެން މިކަމުގެ އަސްލު ހޯދޭނީ.
ހުދަންބަރު
23 November 2019
ނަޝީދު އުފާފާޅުކުރައްވަން ފައްޓަވާފައިވާކަން މިބޭފުޅުންނަށް އެނގޭބާ.