ޚަބަރު / ސީއެޗްއެސްއީ

ސީއެޗްއެސްއީގެ ޓީޗަރެއްގެ މައްސަލަ އެޑިއުކޭޝަނުން ބަލަނީ

ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާއެއް ކުރިއަށްދަނީ

ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި މަސައްކަތްކުރާ އިސްލާމީ މުދައްރިސެއްގެ މައްސަލަ ސީރިއަސް ގޮތެއްގައި ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސީއެޗްއެސްއީގެ ޓީޗަރު ހަސަން ޒަރީރާ ގުޅޭ ގޮތުން ދަރިވަރުން ފާހަގަކޮށްފައިވާ ކަންކަމަކީ ހިނގާފައިވާ ކަންކަން ކަމުގައި ބެލެވޭ ކަމަށެވެ. މިފަދަ ކަންކަމަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު، އޭނާގެ ބެލެހެއްޓުމުގައިވާ ކުދިންނާ މެދުގައި ހިންގައިގެން ވާނެ އަމަލުތަކެއް ނޫން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެކަމަކު، އެއީ ކޮން ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައި ނުވިޔަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީން ބަލަނީ ޓީޗަރު ދަރިވަރުންތަކަކަށް އިންޒާރު ދިން މައްސަލައެކެވެ.

މިނިސްޓްރީން ބުނީ ކްލާސް ރޫމަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރަކަށް ކުރިމަތިވާނެ ފަދަ އަމަލެއް ސްކޫލްގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ހިންގާފައިވާ ނަމަ، އެކަމަށް ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދަރިވަރެއްގެ ޖިސްމަށް، އަބުރަށް، ކަރާމާތަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ބަޔަކު ކުރާ ނަމަ، އެކަމެއް ބަލާނެ ކަމުގެ ޔަގީން ކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފަ އެވެ.

ސްކޫލް މާހައުލަކީ ރައްކާތެރިކަމާ އެކު ހިނިތުންވެ ތިބެ އުނގެނުމަށް ފަހި ފުރުސަތުތައް ތަނަވަސްވެފައިވާ ތަނެއް ކަމުގައި ހެދުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

26 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 11%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްކިޕަރ

26 November 2019

އެއްވެސް ތަހުޤީޤެއް ހިންގުމަކާ ނުލާ ތުހުމަތު ކުރެވުނު މުދައްރިސްގެ ނަން މީޑިއާއަށް ލީކް ކޮށް، އޭނާގެ އަބުރު ކަތިލުމަކީ ރޯމާދުވާލު ހިންގަމުންދާ ބޮޑު ޖަރީމާއެއް. މީގެންވެސް މި ތުހުމަތަކީ ކޮންބޭނުމެއްގައި ހިންގާ ހަރަކާތެއްކަން ވަރަށް ސާފު. ﷲގެ އިރާދަފުޅުން، އެޑިއުކޭޝަނުން މި ހިންގި ނޭދެވޭ އަމަލު ބަލާނެ ވެރިކަމެއް އަންނާނެ! ޙުދުމުހްތާރު މީހުންނަށް ހީވާނެ އަބަދުވެސް ތިމާމެންގެ ބާރު ދެމިއޮންނާނެއޭ. ﷲ ޒޮރޯ ސަރ އަށް ސާބިތުކަން ދެއްވާށި! އާމީން!

The name is already taken The name is available. Register?

ބިޔުޓިފުލް

26 November 2019

އުސްތާޒާއި ބެހޭ ގޮތުން ދޮގު ވާހަކަ ދެއްކުން ހުއްޓާލާ... އުސްތާޒު ކިޔަވައިދެއްވާތާ 20 އަހަރުވެގެންދިޔައިރު މީތޯ ދެއްވާ އިނާމަކީ؟؟

The name is already taken The name is available. Register?

ކުޑޭ

26 November 2019

ތިމައްސަލައަކީ 2017 ގައި ހިނގައި އަދި އެއާމެދު ފިޔަވަޅު އަޅާފައިވާ މައްސަލައެއް، ދެންސިޔާސީ ބޭނުމަކަށް މިހާރު ތި ވާހަކަ އަލުން ތިނެގީ.

The name is already taken The name is available. Register?

ަްއަޝްފާމް

26 November 2019

އުސްތާޒް ޒަރީރު ސަރ އަކީ މޮޅު މުދައްރިސެއް. ކޮއްމެ ސުވާލަކަށް ވެސް ޖަވާބު ދެއްވާ ކުދިންނާއި ގުޅޭ ބޭފުޅެއް. ދީނީ އިލްމު އުގަންނައިދިނުމުގައި މެދުމިން ހިފެހެއްޓެވި. އެތައް ދަރިވަރުންގެ ލޯބި ހޯއްދަވައިގެން ހުރި މުދައްރިސަކާ ގުޅޭ ޝަކުވާ އަކަށް ބިނާކޮށް ނޫސް ބަޔާްން ނެރުން ބަލަައި ގަންނަން ދަތި. އިސްލާމް ދިވެހި މާއްދާ މުގައްރަރުން އުވާލައި އޮޕްޝަނަލް ކުރުމުގެ ކޮޅުމަތި މިފެންނަނީ.

The name is already taken The name is available. Register?

ޚާލިދާ

26 November 2019

ޢެހެންވީމަ މީހުން އެ ބުނަނީ އިސްލާމް މާއްދާ އުވާލަން

The name is already taken The name is available. Register?

ނަން

26 November 2019

ދެން ނަން ހާމަކުރިއިރު ތިބަލަނީ ކޮންކަމެއްތޯވެސް ބުނެލިނަމަ. މޮޔައީކީ ވަކިވަރަކަށް ނޫން.

The name is already taken The name is available. Register?

އަސްލަމްޝާކިރު

26 November 2019

ސީ އެޗް އެސް އީ އަކީ ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަނޭ ހީވަންޏާ ވަރަށް ދެރަ.

The name is already taken The name is available. Register?

އީސަ

26 November 2019

"އާދައިގެ" މީހެއް ވީމަ ތަހުގީގު ނުނިމޭ ކުރިން ނަން ޖެހޭދޯ؟

The name is already taken The name is available. Register?

ޢިސްލާމްސަރ

26 November 2019

ދިވެއްސެއްވީ މަ ނަންޖެހުނީ، އިންޑިޔާ މީހެއް ނަ މަ ނަން ނުޖާހާނެ އަދި މިނިސްޓްރީންވެސް މިހާއަވަހަށް ބަޔާންނެރެ ފިޔަވަޅު ނާޅާނެ.

The name is already taken The name is available. Register?

ރިޕްލައި ޓު އީސަ

26 November 2019

ނަން ނުޖަހާ އިންނަމަ ބުނާނެ ކީއްވެހޭ ނަން ނުޖެހީ. އަޖައިބު!!

The name is already taken The name is available. Register?

ސޯބު

26 November 2019

ދަރިވަރުންނަށް ޒިންމާދާރުވާން ދަސްނުވެގެން މިއުޅެނީ ސިޔާސަތުގެ ސަބަބުން. އަހަރެމެން ކިޔަވަން އުޅުނު އިރު ކުށެއް ކޮށްފިއްޔާ އަދަބު ލިބޭ. އެކަމަކު އިރާދަކުރެއްވިއްޔާ ނަފްސާނީގޮތުންވެސް ވިސްނުމުގެ ގާބިލުކަމަށްވެސް ގެއްލުމެއް ނުލިބޭ. އޭގެ ބަދަލުގައި ދަސްވީ އުސޫލުތަކަށް ތަބާވުމާ މީހުންނަށް އިހުތިރާމްކުރުން. ނުވީތާކަށް އެއިން ޓީޗަރަކާމެދު އެއްވެސް ނަފުރަތުކަމެއް މިހާރަކު ހިތަކުވެސްނެތް. އޭރު އެހެން ހިތައްއެރިޔަސް މިހާރުވިސްނޭ އެއީ ރަގަޅަށް ކުރިކަމެކޭ

The name is already taken The name is available. Register?

ާއަލިމޯޑު

26 November 2019

ހަސަން ޒަރީރު (ޒޮރޯ) އަކީ ކިޔަވާދޭން މޮޅު މަައުލޫމާތު ހުުރި ސަރ އެއް.ކޮންމެ ސުވާލެއްކުރިޔަސް ޖަވާބުދޭނެ.ކިިޔަވާދޭ ކުުދިންގަޔަަށް ނާރާނެ.އިންޑިޔާ ޓީޗަރުންތައް ކިިޔަވާކުދިން ކޮޓަރިތަކަށް ވައްދާގެން ގުޅުން ހިންގީމަ ކީއްވެބާ ނަމާ އެެއްޗެހި ހާމަނުކުރަނީ.އަަބަދުވެސްް ޖަހާނީ ދެކުނުގެ ރަށެއްގައި ނުވަތަ އުތުރުގެރަށެއްގައި ކިޔާފަ.ހަގީގަތަކީ މީ ޕްްލޭންޑް ކަމެއް މިހިންގަނީ.ކުދިންނާ މީހުނާ ފޮށޭ އެެންމެންވެސް ވާނީހަރުކަށި މީހުންނަށް.އިސްލާމް ގުރުއާން ނަންވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454