ޚަބަރު / ރިޔާސީ ކޮމިޝަން

ބިރުވެރި ދެ ރިޕޯޓް، އެކަމަކު އެޅޭނެ ފިޔަވަޅެއް ނެތް!

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު: ފޮޓޯ: ހުސައިން ވަހީދު /މިހާރު

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޮޑު ދެ ރިޕޯޓެއް ނެރުމާ އެކު ގައުމުގައި ދީނީ/ލާދީނީ ބަހުސް އުފެދި، އެއް ބަޔަކު އަނެއް ބަޔަކު ގޯސްކުރުން މި އޮތީ އިންތިހާއަށް ގޮސްފަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑު މައްސަލައަކީ އެ ދެ ރިޕޯޓާ ގުޅުވައިގެން މާ ބޮޑު ފިޔަވަޅުތަކެއް އެޅެން ނެތުމެވެ.

ގާނޫނީ ގޮތުން އެތައް ބާރުތަކެއް ލިބިދީފައިވާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްތަކަށް ބިނާކޮށް ފިޔަވަޅެއް އެޅޭ ގޮތް ނުވުން މި އޮތީ ކަންބޮޑުވުމަކަށް ވެފަ އެވެ.

ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ދައުވާކޮށް ފިޔަވަޅު އެޅޭނީ އެ ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި އެކަންޏެވެ. މިހާތަނަށް ރިޔާސީ ކޮމިޝަނުން އެގޮތަށް އެދިފައެއް ނުވެ އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންގެ ނަންތަކާ އެކު ނެރުނު ރިޕޯޓަށް ފަހު މާލެ އާއި އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރި އެވެ. ނަމަވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ދެން ނެރުނީ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ތަހުގީގީ ރިޕޯޓެވެ. އެ ގަތުލުގައި ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހިމެނުނަސް، އެއިން މީހަކާ ދެކޮޅަށް ވެސް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހަށް މިއަދު ހާޒިރުކޮށް ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމުގެ ޖާގައެއް ނެތް ކަމަށް ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ކަމާ ގުޅޭ އެހެން އިދާރާތަކުން ބުނެފައިވާ ކަމަށެވެ.

މުޅި ގައުމުގައި ބިރުވެރިކަން އުފެދޭ ފަދަ މައުލޫމާތުތައް ހުރި ރިޕޯޓްތައް އާންމުކުރުމަށް ފަހު، އެއްވެސް މީހަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ނެތް ނަމަ އެއީ އަދި މާ ބޮޑު މައްސަލައެކެވެ.

ކުރީގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް "މިހާރު" އަށް ވިދާޅުވީ އަފްރާޝީމް މައްސަލައިގެ ރިޕޯޓްގައި 14 ސިއްރު ހެއްކާއި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ ލިޔެކިޔުންތައް ހިމެނޭއިރު އެއީ ދައުވާ އުފުލައި ފިޔަވަޅުތައް އެޅޭނެ ހެކިތަކެއް ކަމަށެވެ.

ގާނޫނީ ދާއިރާގެ ކަންކަން ދިރާސާ ކުރައްވަމުން ގެންދަވާ ފާއިޒް ވިދާޅުވި ގޮތުގައި ޖިނާއީ ދައުވާގެ އިތުރުން އިދާރީ ގޮތުން ވެސް އެޅިދާނެ ފިޔަވަޅުތައް އެބަ ހުއްޓެވެ.

"ހެއްކާއި ރަސްމީ ލިޔުންތަކުގެ މައްޗަށް ހޯދާފައި ހުރި ރިޕޯޓެއްގެ މައްޗަށް އަޅާނެ ފިޔަވަޅެއް ނެތޭ ބުނީމަ ކީކޭތޯ އަޅުގަނޑުމެން ދަންނަވާނީ؟ ސުވާލަކީ މިއީ ބިލާހެއްތޯ؟ އަޅުގަނޑަށް ގަބޫލެއްނުކުރެވޭ މިއީ ބިލާހެއް ކަމަކަށް،" ފާއިޒް ވިދާޅުވި އެވެ.

Afrasheem aai Rilwan ge massalaiga fiyavalhu alhaane meeheh commission akah  bune eh nudhevey: Imran

Afrasheem aai Rilwan ge massalaiga fiyavalhu alhaane meeheh commission akah bune eh nudhevey: Imran

The most trusted news source in the Maldives

Mihaaru

ފިޔަވަޅެއް އަޅަން ނާންގާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުން---

ދައުވާކޮށް ފިޔަވަޅު ނާޅާ ނަމަ ވަކި ބައެއްގެ ނަން ހާމަކޮށް ރިޕޯޓެއް ނެރުނީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލުކުރެއްވި އެވެ.

"އެގޮތަށް [ކޮމިޝަނުން] ހޯމް މިނިސްޓްރީއަށް އަންގާފައި ވާ ނަމަ ކޮމިޝަންގެ މަސައްކަތާ ދޭތެރޭ ސުވާލު އުފެދޭނެ،" ފާއިޒް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތައް އުފައްދަނީ ރައީސަށް އޮންނަ ބާރުގެ ދަށުންނެވެ. އެހެންކަމުން ކޮންމެ ރިޕޯޓަކާ ގުޅިގެން ވެސް އަޅުއްވާނެ ފިޔަވަޅުތަކާ މެދު ރައީސް ގޮތްތަކެއް ނިންމަވަން ޖެހޭ ކަމަށް ފާއިޒް ގަބޫލުކުރައްވަ އެވެ.

ރިޕޯޓްތަކުގައި ހުންނަ ވާހަކަތައް ވަރުގަދަ އެވެ. އެކަމަކު ފިޔަވަޅެއް ނޭޅޭ ކަމަށް ވަންޏާ އެ ރިޕޯޓާ މެދު ޝައްކު އުފައްދާނެ ޖާގަ، ރިޔާސީ ކޮމިޝަންގެ މަސައްކަތްތަކާ ހިތްހަމަނުޖެހޭ މީހުންނަށް ލިބެ އެވެ. އެގޮތުން މިހާރުގެ އިދިކޮޅު ފަަރާތްތަކަށް މިނިސްޓަރު އިމްރާންގެ ވާހަކަ ނެގުނީ، ރިޔާސީ ކޮމިޝަންގެ ތަހުގީގު ފުރިހަމަ ނޫން ކަމެއްގެ ގޮތުގަ އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯމް މިނިސްޓަރު ދެއްވި ޖަވާބުން އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހެދި ރިޕޯޓް ފުރިހަމަ ނުވާކަން ހާމަވެއްޖެ ކަމަށެވެ.

"މަރު ކޮމިޝަނުން މި މައްސަލަ އަލުން ތަހުގީގު ކުރުމަށް ގޮވާލަން. ފުރިހަމަ ނުވާ ރިޕޯޓަކަށް ފިޔަވަޅެއް ނޭޅޭނެ،" އޭނާ ލިއުއްވި އެވެ.

ރިލްވާން ގެއްލުވާލުމާއި އަފްރާޝީމް އަވަހާރަކޮށްލުން، ދެ ރިޕޯޓްގައި ގުޅުވާފައި ވަނީ ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކާ އެވެ. ރިލްވާންގެ ބޯ ބުރިކޮށް މަލާރާލައިފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބީ އޭނާ ދެއްކެވި ވާހަކަތަައް ކުފުރުކޮށް، ރަސޫލާގެ ސުންނަތަށް ފުރައްސާރަ ވާ ކަމަށް ގަބޫލުކުރާ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް، ރިޕޯޓުން އެނގެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ނަންތައް ހާމަކޮށްފައިވެ އެވެ. އެކަމަކު އެއިން މީހަކު ހައްޔަރެއް ނުކުރެ އެވެ.

ރިޕޯޓްތަކާ ގުޅިގެން ބައެއް މީހުންގެ ޕާސްޕޯޓް ހިފަަހައްޓާފައިވާ ކަމަށްވެ އެވެ. ނަމަވެސް ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލަތައް އާންމުކޮށް ހާމަނުކުރާތީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

މިހާރު އޮތް އެއް ސުވާލަކީ، ނުރައްކާތެރި ދެ ހާދިސާއާ ގުޅޭ ރިޕޯޓްތައް ބޭކާރު އެއްޗަކަށް ވީ ހެއްޔެވެ؟ މިސާލު ބަހަކުން ނަމަ އެއީ "ޖަމަލު ޖެހި ފޮޑިއެއް" ހެއްޔެވެ؟ ނުވަތަ އޭގެ ބާރެއް އޮތް ނަމަ އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ އިތުރު ތަހުގީގުތަކަކަށް ދާންވީ ހެއްޔެވެ؟

މިއިން އެއްވެސް ސުވާލަކަށް ކޮމިޝަނުން އަދި ޖަވާބެއް ނުލިބެ އެވެ. ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި އެމެރިކާގަ އެވެ.

47 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 38%
icon angry icon angry 49%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމީ ލޯބީގާ

27 November 2019

މަށަށްވަރިހަމަ ސުއޫދަށްކިތަންމެ ބޮނޑު މުސާރައެއް ދީގެން ގެއްލުނުހާއެއްޗެހި ހޯދައިދެވޭނެ ވަރުގެ މީހަކީސުއޫދު ކަމަށްދެކިގެން ކިތަންމެ ބައިވަރު ތަކެއް ދީގެން ރައްޔިތުން ގުނބޯ ހައްދައިގެން ވެރިކަމަށްއަރައި ތިބެ ކިތަންމެ ބައިސާއެއް ކެނޑި އަސް މިސަރުކާރެއް ގެންނަށްވޯޓް ދިން ބަޔަކު އެކަމެއްގެ ޒިންމާއުފުލާނެ . ކިތަންމެ ވަރަކަށް ޑިމޮކްރަސީވެގެން ފާޑު ކިޔާތީއެކިޔާވާހަކަމެއް އެބައޮތްތަ . އިސްތިއުފާއެއް ވެސް ނުދޭނެ ބައިއަޅަން ބޭނުންވާބަޔަކަށްބައިވެސް އަލާނެ

The name is already taken The name is available. Register?

އައިޝާަ

27 November 2019

ތަންކޮޅެއް ކުރުކޮށް ހަބަރު ލިޔެބަލަ.

The name is already taken The name is available. Register?

ބުނިންތަ

27 November 2019

އިންތިޚާބުގައި ވޯޓް ހޯދަން ވާހަކަ ދެއްކިއިރު ބުނިތަ ފިޔަވަޅު އަޅާނަމޭ؟ އަނިޔާވެރިކޮށް މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ބަލާނަމޭ ބުނީ... ވައުދު ފުރިހަމަވީނު

The name is already taken The name is available. Register?

ކުޑޭ

27 November 2019

ސުއޫދުމެން ރިޕޯޓް ހަދާފަ އެއޮތީ މަންމަބުނީމަ ފަރައްދާ ގޮތައް

The name is already taken The name is available. Register?

ބާކޮލި

27 November 2019

ފޫނެއްފަޔަށް ފެންފުރަން އުފައްދާފަ އޮތް ތަނެއް. ހަމަ މިހާރުން މިހާރަށް ތި ކޮމިޝަން އުވާލާފައި ތި ލާރިތައް ދައުލަތުގެ ބަޖެޓުން އިސްރާފުކުރުން ހުއްޓާލަން ގޮވާލަން.

The name is already taken The name is available. Register?

އިޙްސާސް

27 November 2019

ސޫދު ރަސްމީ ދަތުރެއްގަ އެމެރިކާއަށް ދިޔައީ ކީއްވެ. މިއީ ކޮށް ހައިސިއްޔަތަކުން ކުރާ ރަސްމީ ދަތުރެއްބާ؟

The name is already taken The name is available. Register?

ސަރުކާނު

27 November 2019

ހޯ. އެމެރިކާތޯ ސުޢޫދު؟؟؟ ރަސްމީ ދަތުރެއްގަ އެމެރިކާއަށް ދިޔައިމަ ސުވާލު އަދި މިކަނަކަމުގެ ޖަވާބު ލިބިއްޖެ. އުލްމްވެރިންނަށް ވާނެގޮތް ވިސްނާ.

The name is already taken The name is available. Register?

އަހަންމާ.

27 November 2019

ހުސްނުއް އަލް ސޫދު، އިބްރާހިމް މ. ސާލިހަށް މަރުތަކުގެ މައްސަލަބަލައި އެދިނީ، ބީރު ބޮލު ވަޒީރު ރަސްގެފާނަށް ދުނިޔޭގެ މެދު ހޯދައި ދެއްކި ގޮތާއި މާ ބޮޑު ތަފާތެއްނެތް ގޮތަކަށެވެ.

The name is already taken The name is available. Register?

ކަރުކެހި

27 November 2019

ތިޔަކޮމިށަނުން ނެރުނުރިޕޯޓުގައި ރާއްޖެއިންބޭރުން ބޭނުންވާހެކި މިލިއަނުންދީގެންވެސް ހޯދަން ހުސްނުލްްސޫދު ފިލައިގެންގޮސްއެއުޅެނީ ދުވަސްކޮޅަކުން އިވޭނެ މަރުތަކުގެ ގާތިލުން ރައްޔިތުންގެކުރިމައްޗައްގެންނާނަމޭ ކިޔާފަ ކޮންމެވެސްގައުމަކުން ބަޔަކުހޮވައިގެން އެމީހުންގެ ބޮލައްތިކަންނިންމަން ސޫދުފުރައިގެން މިދަނޑިވަޅުގާ ދާންޖެހުނީ ކުރެވޭނެއިތުރުކަމެއް ނެތިގެން

The name is already taken The name is available. Register?

މިއަދު

26 November 2019

ބިރުވެރި ދެ ރިޕޯޓް، އެކަމަކު އެޅޭނެ ފިޔަވަޅެއް ނެތް! މިއީ ބޮޑުވެގެންވާ އަރަތެއް ކަންކުރިމީހައެނގޭ ރޭވިމީހުންއެނގޭ ފައިސާޚަރަދުކުރިމީހުންއެނގޭ ހެދިގޮތްއެނގޭ މިއީ ސުޢޫދުގެ ވާހަކަ އެކަމު އެޅޭނެ ފިޔަވަޅެއްނެތް އަރަތަކަށް ނުވާންވީ ކީއްވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454