މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ލީނާ ޒާހިރު ހުސައިން. -- ފައިލް ފޮޓޯ/މިހާރު
26 ނޮވެމްބަރ 2019 - 21:22
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ކަމަށް ލީނާ މުހައްމަދު ޒާހިރު ހުސައިން މިއަދު ހަމަޖައްސައިފި އެވެ.
މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަނަކީ ބޯޑު މެމްބަރުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެކެވެ.
މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ބޭފުޅަކާއި ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަސް ބޭފުޅަކާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.
ޓެކްސް ނެގުމާ ބެހޭ ގާނޫނަށް މި އަހަރު ގެނައި އިސްލާހާ އެކު މީރާގެ ޗެއާޕާސަން ކަނޑައެޅުމުގެ ބާރު ލިބެނީ ފިނޭންސް މިނިސްޓަރަށެވެ. އެ މަގާމަށް ފިނޭންސް މިނިސްޓަރު ވަނީ އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް އާދަމް ހަމަޖައްސަވައިފަ އެވެ. ޑެޕިއުޓީ ކަމިޝަނާ އޮފް ޓެކްސޭޝަން އަކީ އަސްމާ ޝަފީއު އެވެ.
ޑެޕިއުޓީ ޗެއާޕާސަން ކަމަށް ހަމަޖެއްސި ލީނާ މެލޭޝިއާ އާއި އޮސްޓްރޭލިއާ އިން ބިޒްނަސްގެ ރޮނގުން ކިޔަވާ ވިދާޅުވުމަށް ފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ ފިނޭންސް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި މެދުކެނޑުމެއް ނެތި ގާތްގަނޑަކަށް 14 އަހަރު ޚިދުމަތް ކުރައްވައި މީރާ އުފެދުމާ އެކު އެ މުއައްސަސާއާ ގުޅިވަޑައިގަތެވެ. ލީނާ މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގަ އެވެ. ސްޓެލްކޯ އާއި އެމްޓީޑީސީ އާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ފަދަ ބޯޑުތަކުގައި ވެސް ލީނާ، ސަރުކާރުގެ ޝެއާހޯލްޑަރެއްގެ ގޮތުން ފިނޭންސް މިނިސްޓްރީ ތަމްސީލް ކުރެއްވި އެވެ. ފިނޭންސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމާއި މީރާގެ ޑިރެކްޓާ ޖެނެރަލް، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސްގެ މަގާމް އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝީރީން މޫސާ
27 November 2019
ރަނގަޅު މަސައްކަތްތެރި ހީވާގި ކުއްޖެއް، ރަނގަޅުވާނެ
ޙަމްދަރުދީ
27 November 2019
މިކުދިންނައް އިސްލާމީ ތައުލީމު ނުދެވުނީ ތީ ހިތާމަކުރަން މި ދިވެހިރާއްޖެ މިހާރުމިސްރާބު ހިފާފަހުރީ ހުޅަގުން ރުހޭގޮތައް....
ޑެކޯ
27 November 2019
ވަރަށް މީހުންނާ ދިމާލަށް ހަޅޭއްލަވާ މީހެއް
ނަސީބުއާވެލީ
27 November 2019
ހުރިހާ ވެރިކަމެއްގައި،މަގާމު ތަކެއްގައިވަކި ހިއްޕާފައި ތިބެނީވެސް ވެސް މައުމޫނުގެ އެންމެ ގާތް އައުވާނުންގެ ދަރިންނާއި އާއިލީ ތިމާގެ މީހުން.ދެން އަންނާން އޮތް ޖީލުގައި ކާފަ ދަރިން
މީރާސޮރު
27 November 2019
ލީނާއަކީ މަސައްކަތަށް ފޯރިހުންނަ ބޭކަނބަލެއް، ނަމަވެސް މީހުންނާމެދު ހުރިހާވަގުތެއްގާވެސް ހެޔޮކޮށް ބަސްބުނުން އިތުރުކުރާންޖެހޭ
ހާ ށަވިޔަނި
27 November 2019
އަދާކުރާ ވަޒީފާގެ ސަބަބުން އެހެން މަސައްކަތް ކުރުމަށް ހުރަސް އެޅެނީ ނުވަތަ ހުރަސް އަޅަނީ ބައެއް މީހުންނަށެވެ.
ކުޑަކަތީބް
27 November 2019
ތި މީސްމީހުން ލީޅީހެން ކުދިވިޔަފާރިވެރިން ފެލާލަނީ، ހެޔޮނުވާނެ އަހަރެމެން މިއުޅެނީ ތިޔަ ވަބާއެކުން ސަލާމަތް ނުވެގެން!
ޢޯކިޑް ފާރމް
26 November 2019
ތަޖްރިބާ އެބަ ހުއްޓެވެ.ތައުލީމު އެބަހުއްޓެވެ. ތެދުވެރި ކަމާއި އަމާނާތް ތެރިކަމާއި މުރާލިކަމާ އެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރައްވާނެ ކަމަށް އުއްމީދު ކުރަމެވެ.