26 ނޮވެމްބަރ 2019 - 23:05
ވިލިމާލޭ ފަޅުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހަ މީހަކަށް އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ބޯޓުގައި ރޯވި އަލިފާން އެ ސަރަހައްދުގައި އޮތް އެހެން އުޅަނދަކަށް ވެސް ފެތުރުނު ކަމަށެވެ. މިރޭ 10:30 ހާއިރު ރޯވި އަލިފާން ގަޑިއެއްހާއިރު ފަހުން ނިއްވާލެވުނު އިރު، ހަ މީހަކު ފިހިގެން ހޮސްޕިޓަލަސް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
އެެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ އަލިފާން ރޯވި ބޯޓުގެ އެކަކު ނުފެނިގެން އުޅޭ ކަމަށް ފުރަތަމަ މައުލޫމާތު ލިބުނު ނަމަވެސް މިހާރު އެންމެން ވެސް ފެނިފައިވާ ކަމަށެވެ.
މިދިޔަ މަހު މާލޭ ޓީ ޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ލޮރީއަކާއި ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ އެހެން ބައެއް އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ. އަދި އޭގެ ދުވަސްކޮޅެއް ކުރިން މާލޭގެ ގުދަނެއްގައި ރޯވެ އެތައް އިމާރާތެއްގައި ރޯވެ އެކަކަކު މަރު ވެސް ވެފައިވެ އެވެ. އޭގެ ފަހުން މިހާރު އަންނަނީ ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެތޮ
27 November 2019
މިހާރުވެސް މާލެ ދެކުމު ސަރަހައްދު ޖެޓީކައިރިން އުޅަނދުފަހަރަށް ތެޔޮއަޅާ. ބޭނުންވަނީ އެންމެ ފުލުހެއް ހުރެލަން. އެކަމަކު އެކަންވެސް ނުވޭ.
އަހްމަދުކަލޯ
27 November 2019
ތިޔަ ތެޔޮބޯޓު ތަކުގެ ވާހަކަ މިރަށު މީހުން ނުދައްކާ ފަރާތެއް ނުއޮންނާނެއެވެ. ވޯޓެއް ހޯދަންއަންނަ ކޮންމެ މީހެއްކާރި ވެސް ތިވާހަކަ ދައްކައެވެ. އަދި ތިބޯޓުތަކާހުރެ ތިނަނަށް ލޯންޗެއް ވެސް ކާރި ނުކުރެވެއެވެ.
ޓެޔޮ ބޯއްޓު
26 November 2019
ތިޔަ ތެޔޮބޯއްޓުތައް އެތާ އަޅާފައި އޮންނާތީ މިއަވަށުގެ ރައްޔިތުން އެކަމާކަންބޮޑުވުން ފާޅުކޮށް ސިޓީ ކައުންސިލަށް އެވާހަކަ ދަންނަވާފައިވޭ. މިކަމަށް ހައްލެއް ނާދޭ.
ލީލީކަސް
26 November 2019
ސަރުކާރުން ބޮޑު ހޭދަަ ކޮށްގެން ހަދާ ބަނދަރު ތަކުގައި އަލިފާން ނިއްވާ ނިޒާމު ގާއިމް ކުރަން ޖެހޭ.