މުނިފޫހިފިލުވުން / ފަރަހަ ހާން

ހުވަފެނަކީ ޓޮމް ކްރޫޒް ލައްވައި ނެށުވުން: ފަރާ ޚާން

30 ނޮވެމްބަރ 2019 - 07:55

މިހާރު އެންމެ ބޮޑު ހުވަފެނަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ލައްވައި ނެށުވުން ކަމަށް ބޮލީވުޑްގައި އުފެދުނު އެންމެ ކާމިޔާބު އެއް އަންހެން ކޮރިއިގްރާފަރު ފަރާ ޚާން ބުނެފި އެވެ.

ކުރީގެ ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަން ފަދަ ނުފޫޒު ގަދަ ތަރިންނާ އެކު ވެސް މަސައްކަތްކޮށްފައިވާ ފަރާ ބުނީ އޭނާގެ ބަނޑިތަކަށް ޓޮމް ކްރޫޒް ނަށައިފި ނަމަ ހުވަފެންތައް ހަގީތަކަށްވީ ކަމަށެވެ.

"އެކަހަލަ ފުރުސަތެއް ލިބޭނެ ދުވަހަކަށް މިހާރު މި އިންތިޒާރު މި ކުރަނީ،" ގޯއާގައި މިހާރު ކުރިއަށްދާ 50 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) ގެ ސެޝަނެއްގައި ބުދަ ދުވަހު ފަރާ ބުންޏެވެ.

ޓޮމް ކްރޫޒް ލަައްވައި ނަށުވަން ފަރާ ބޭނުންވިޔަސް އެ ކަހަލަ ފުރުސަތެއް ލިބޭނެ ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އެފަދަ ފުރުސަތެއް ކުރިން ވަނީ ބީވެގެން ގޮސްފަ އެވެ. ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމު ކަމަށްވާ 1995 ގެ "ދިލްވާލާ ދުލްހަނިޔާ ލޭޖާއޭގޭ" އަކީ އެންމެ ފުރަތަމަ ޓޮމް ކްރޫޒް ލައްވައި ބަތަލުގެ ރޯލް ކުޅުވަން، ޑައިރެކްޓަރު އަދިތިޔާ ޗޯޕްރާ ބޭނުންވި ފިލްމެކެވެ. ސަބަބަކީ އެ ފިލްމުގެ ބަތަލާ އަކީ އިންޑިއާ އިން ބޭރުގައި އުޅޭ ކެރެކްޓާއަކަށް ވުމެވެ.

ނަމަވެސް ބިދޭސީ އެކްޓަރަކު ލައްވައި "ދިލްވާލާ ދުލްހަނިޔާ ލޭޖާއޭގޭ" ގެ ރާޖްގެ ކެރެކްޓާ ކުޅުވަން އަދިތިޔާގެ ބައްޕަ ޔާޝް ޗޯޕްރާ ގަބޫލު ނުވުމުން އެ ފުރުސަތު ޝާހްރުކް ޚާނަށް ލިބުނީ އެވެ. އެ ފިލްމުގެ ގިނަ ލަވަތަކުގެ ނެށުންތައް ތައްޔާރުކުރީ ފަރާ އެވެ. އެހެންވެ ޓޮމް ކްރޫޒް ލައްވައި ފިލްމު ކުޅުވުނު ނަމަ ފަރާގެ ހުވަފެން އޮންނާނީ މާ ކުރިން ހަގީގަތަކަށްވެފަ އެވެ.

އޭނާ ބުނި ގޮތުގައި ބޮލީވުޑްގައި ތިބި ނުޒޫފު ގަދަ ހުރިހާ ތަރިންނާ އެކީގައި މިހާރު މަސައްކަތްކުރެވިފައިވާތީ އެއީ ލިބޭ ވަރަށް ބޮޑު ޝަރަފަކާއި ފަހުރެކެވެ.

ކޮރިއޯގްރާފަރެއްގެ ތަޖުރިބާ ހިއްސާކުރަމުން ފަރާ ބުނި ގޮތުގައި އޭނާ އެންމެ ދެރަވީ 2007 ގައި ޑައިރެކްޓްކުރި ފިލްމު "އޯމް ޝާންތީ އޯމް" ގައި ޕާޓީ ލަވައެއްގެ ގޮތުގައި ފިލްމުގެ ޓައިޓްލް ލަވަ ވަރަށް ގިނަ ތަރިން ހިމަނައިގެން ގެނެސްދިން އިރު، އެ ލަވަ ލަވައިގައި އާމިރު ޚާނަށް ބައިވެރިވެވޭ ގޮތް ނުވުމުންނެވެ.

"އަހަރެން ބޭނުންވީ ވަރުގަދަ ތިން ޚާނުން އެއް ލަވައަކުން ދައްކައިލަން. އެއީ ޝާހްރުކާއި ސަލްމާން ޚާނުގެ އިތުރުން އާމިރު. އާމިރު ލަވަ އަށް އޯކޭ ވެސް ދިން،" ފަރާ ބުންޏެވެ. "އެކަމަކު އަހަރެމެން ލަވައިގެ ޝޫޓިން ކުރިއަށް ގެންދިޔަ ދުވަސްްތަކުގައި އާމިރު ތާރޭ ޒަމީން ޕަރް ފިލްމުގެ އެޑިޓިންގައި ބިޒީވެގެން ވަގުތު ނުދެވުނީ."

އާމިރާ އެކު އެ ލަވައިގައި މަސައްކަތް ނުކުރެވުނަސް ފަރާގެ ބޮލީވުޑްގެ ދަތުރުގެ ފެށުން ބަދަލުކޮށްލީ އާމިރުގެ ފިލްމެއްގެ ލަވައެއްގެ ކޮރިއޯ ހަދައިގެންނެވެ. އެއީ 1992 ގެ "ޖޯ ޖީތާ ވޮހީ ސިކަންދަރު" ގެ މަޝްހޫރު ލަވަ "ޕެހެނާ ނަޝާ" އެވެ.

ޝާހްރުކާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅުނު "އޯމް ޝާންތީ އޯމް" ގެ ޓައިޓްލް ލަވައިން ފެނުނު ތަރިންގެ ތެރޭގައި ސަލްމާނާއި ޝާހާހްރުކާއި ސައިފް އަލީ ޚާނާއި ސަންޖޭ ދަތާއި ސުނިލް ޝެޓީ އާއި ޒައިދު ޚާނާއި ޖީތެންދުރާ އާއި އޭނާގެ ދަރިފުޅު ތުޝާރު ކަޕޫރާއި ދަރުމެންދުރާ އާއި ބޮބީ ޑިއޯލް އާއި އަރުބާޒް ޚާނާއި އަފްތާބް ޝިވްދަސާނީ އާއި ގޯވިންދާ އާއި މިތުން ޗަކްރަބަތީ އާއި ރިތޭޝް ދޭޝްމުކާއި ޑީނޯ މޯރިއާ އާއި ރާނީ މުކަރްޖީ އާއި ކާޖޮލް އާއި ޕްރިޔަންކާ ޗޯޕްޅާއި ވިދިޔާ ބާލަން އާއި ޝިލްޕާ ޝެޓީ އާއި މަލައިކާ އަރޯރާ އާއި ތައްބޫ އާއި ޝަބާނާ އަޒްމީ އާއި އުރުމިލާ މަޓޯންޑްކަރާއި ކަރިޝްމާ ކަޕޫރާއި އަމްރިތާ އަރޯރާ އާއި ޖޫހީ ޗާވްލާ އާއި ޕްރިތީ ޒިންތާ އާއި ލާރާ ދައްތާގެ އިތުރުން ރޭކާ ހިމެނެ އެވެ.

ފަރާ ބުނީ އޭނާ ކޮރިއޯ ހަދައިދިން މަޝްހޫރު ބައެއް ލަވަތައް ކުޅެދޭން އެދުމުން ބައެއް ތަރިން އެކަމާ ދެކޮޅު ވެސް ހަދާފައިވާ ކަމަށެވެ. އެގޮތުން 1998 ގައި ރިލީޒްކުރި ޝާހްރުކްގެ ފިލްމު "ދިލް ސޭ" ގެ މަޝްހޫރު ލަވަ "ޗައްޔާ ޗައްޔާ" ޝިލްޕާ އާއި ރަވީނާ ޓަންޑަނަށް ހުށަހެޅުމުން އެ ދެ ތަރިން ލަވަ ގަބޫނުކުރި ކަމަށް ބުންޏެވެ.

"ދެން މަލައިކާ އެ ލަވަ ކުޅެގެން އޭނާ އެ ދުވަސްވަރުވެގެން ދިޔައީ އެންމެ ހިނގާ އައިޓަމް ގާލް އަށް،" ފަރާ ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454