ކުރީގެ ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް އިއްޔެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
29 ނޮވެމްބަރ 2019 - 17:10
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް އިއްޔެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްުޔޫމު މިއަދު ހެނދުނު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އެމަނިކުފާނުގެ މެޑިކަލް ޓެސްޓްތަކެއް ހަދައިފި އެވެ.
ކަރެކްޝަނަން ސާވިސްގެ މިޑިއާ އޮފިޝަލް އަހުމަދު ނަސީމް "މިހާރު" އަށް ވިދާޅުވީ ޔާމީން މިއަދު ހެއްދެވި ޓެސްޓްތަކަކީ މީހުން ފުރަތަމަ ޖަލަށް ގެންދާއިރު އާއްމު އުސޫލުން ހަދަން ޖެހޭ ޓެސްޓްތަކެއް ކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ޔާމީންގެ ޓެސްޓްތައް ހެދީ އެމަނިކުފާނު ބަހައްޓާނެ ޖަލެއް ކަނޑައެޅުމަށް ޓަކައި ކަމަށެވެ. އެކަމަކު ނަސީމް ވިދާޅުވީ ޔާމީންގެ ޓެސްޓްތައް ހެދީ އެމަނިކުފާނު ބަހައްޓާނެ ޖަލެއް ކަނޑައަޅަން ނޫން ކަަމަށެވެ.
ޔާމީން އަދިވެސް ހުންނެވީ މާލޭ ޖަލުގަ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން އިއްޔެ ބޭއްވި އަޑުއެހުމުގައި، ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަން އެނގޭ ކަމަށެވެ. އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާ ކަން ހެކިންގެ ބަހުންނާއި ކިތާބީ ހެކިން އެނގޭ ކަމަށެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޝައްކު އުފެދޭ ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް ކަން ހެކިތަކުން އެނގޭ ކަމަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
30 November 2019
ޖަލައްލާ ދުވަހުނޫން އަނެއް ދުވަހު ހޮސްޕިޓަލަށް، ދެން އެޓެސްޓުގައި ހިފައިގެން ޤާނޫނުތަކާއި ގަވައިދުތަކުގައި ހުރި ލޫޕްހޯސްތަށް ނަގައިގެން މުއައްސަސާތަކުގައިތިބި ޔާމީނުގެ ސަޕޯޓަރުންގެ މަސައްކަތަކަށްވާނީ އޭނާ މިނިވަންކުރުން، މިއީ މިޤައުމު ފަހަތަށް ފިޔަވަޅު އަޅާ ސަބަބަކީ، މައުމޫނުގެ ޒަމާނުގައި ޖަލުތަކުގައި ގާއިމްކޮށްފައި ހުންނާނެ ޑޮކްޓަރެއް، އަދި ޖަލުތަކަށް ޑޮކްޓަރުން ފޮނުވައިގެން ކުއްވެރިން ބަލާނީ
ކާފަބޭ2019
30 November 2019
މިލިޔުން ލޯހުޅުވައިގެން އަދިއެއްފަހަރުވިދާޅުވެފަ ލިއުންތައްކުރިއަށްގެންދަވާ!!!!!!!!
ލައިލާ
30 November 2019
ކަރެކްޝަނުން ހަދާ ޓެސްޓެކޯ އރއީ ޔާމީން ބަލިވެގެން ހެދި ޓެސްޓެއް ނޫނީ އާރޓިކަލް ކިޔާފަ ކޮމެންޓް ކޮށްބަލަ ހަމައެކަނި ހެޑިން ކިޔާލީމަ ވާނުވާ ނޭގޭނެ
ގުއި ކަލޯ
29 November 2019
77 މިލިއަނުން ކެޑޭގޮތަށްތަ ހެދީ ..
ނިކަމެތިއަޅާ
29 November 2019
މި މީހުން އެކަކު އަނެކަކު ޖަލަށް ލާ ޑްރާމާ ކުޅެނީ.. ރައްޔިތުން މިތިބަގެން ހަލާކުވަނީ.. ނިކަމެތިން އެހާ ނިކަމެތި.. މުއްސަދިން އަތުނުވޭ.. ވައްﷲ އައުލަމް
މުބީނު މާރނީ
29 November 2019
ހިބަރެއް ތިޔަ ބޭނީ. ހައްހައްހަ....
އޮނަރަބްލް އަފީފު ދީދީ
29 November 2019
ނޮވެމްބަރ 28 ހުކުމާއިއެކު ޔާމީނުގެއެކައުންޓްގައިހުރި މަނީލޮންޑަރިންގގެގޮތުގައިހޯދާފައިވާ 1މ ޑޮލަރާއި އަދި އިތުރަށްޖަމާކުރި 1މ ޑޮލަރަށްވާނީކިހިނެއް؟! # ޙުކުމުގައިމިފައިސާގެވާހަކަ އައިސްފައިނުވަނީޙުކުމާއިއެކު އެހެންޤާނޫނެއްގެބާރުލިބި "އިތުރު ޙުކުމަކާއިނުލާ" މިފަދަފައިސާ ދައުލަތަށްހިފޭނެގޮތް އޮތީތޯ؟! # މިއިންއެއްވެސްގޮތެއްނެތްނަމަ، މިފައިސާއަބުރާ ޔާމީނަށްލިބޭނީތޯ؟ އެހެންލިބޭނަމަ އެއީ ހަމައެންމެރަނގަޅުއިންސާފުތޯ؟ މިކަންސާފުވާން ރައއޔިތުންބޭނުންވާނެ.
ގޭމް އޯވަރ
29 November 2019
ހުކުމް ކުރި ވަޤުތު ވެފައި އިން ގޮތުން ވެސް ޑަކްޓަރަށް ދައްކަން ޖެހޭ ވަރު ވެއްޖެ ކަން މަށަށް އެގުނެވެ.
ޖާބެ
29 November 2019
ކަލޯ ގާސިމްއަށް ޖޯކްޖަހާފަ އަ.އި.ސީ.ޔޫއަށް ނުވަންނާތި ގަޓު ފައިބައިގެން ނުވާނެއްނު
އަހާ
29 November 2019
ބަލަ ޔާމީންއަށް ދިން އަދަބު އަހަރެން ބުނާނީ ވަރަށް ކުޑަ އަދަބެއްކަމުގައި އެއީ މާތްﷲ ގަންދީ ހުވާކޮށް ތެދުވރި ކަމާއި އަމާނާތްތެރިކަމާއި އެކު މުޅި ހުރިހާ ދިވެހިންނާއި އަންނަން އޮތް ދިވެހި ޖީލަށް މިޤައުމު ސަލާމަތާ ރައްކާރެތިކަންމަތީ ހަވާލުކުރުމަށް ކުރި ހުވަޔަށް ހިލާފުވެ ފަޅުތަކާ ރައްތައް ވިއްކާ އޭނަގެ އެކަންޓަށް ރައިޔަރުންގެ ލާރިތަށް ވައްދާ ފުރާލުމެވެ. އޭނަ އިހާނާތްތެރިވީ ހުރިހާ ދިވެހިންނަށެވެ. އަންނަން އޮތް ދިވެހިޖީލަށެވެ.އަހަރުމެންގެ ދަރީންނަށެވެ.