ޔާމީން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 ނޮވެމްބަރ 2019 - 12:39
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެޗްއާރުސީއެމަށް ދީފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޔާމީނާ ބަދަލު ކުރެއްވުމަށް އެޗްއާރުސީއެމްގެ ތިން ބޭފުޅަކު މާލެ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސުން ދީފައިވާ ކަމަށެވެ.
އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މުނާޒް ނުދެއްވަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޔާމީން އޮންނެވި ޖަލު ގޮޅީގެ ހާލަތު ދަށް ކަމަށް ބުނެ، ޕީޕީއެމުން ވަނީ އެޗްއާރުސީއެމްގައި ޝަކުވާކޮށްފަ އެވެ. އެހެންވެ، އެޗްއާރުސީއެމުން ބޭނުންވަނީ ޔާމީން އޮންނެވި ޖަލުގެ ހާލަތު ދެނެގަތުމަށެވެ.
"HRCM ah hushahelhifaivaa massala akaa gulhigen" kureege Raees Yameen Abdul Qayyoom aai baddhal kurevvumah HRCM in 3 beyfulhaku Male' Jalah vadaigennevumun baddhal kurevvumah vanee huddha dhevifa
— Retd. Flt. A.Munaaz, CP, MCS (@a_munaaz) November 30, 2019
މުނާޒް މިއަދު ކުރެއްވި ޓުވީޓު.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފަ އެވެ.
ޖަލު ހުކުމް ތަންފީޒުކުރަން ފަށާއިރު ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހެދުމަށް ޔާމީން މިވަގުތު ބަހައްޓާފައި ހުންނެވީ މާލޭ ޖަލުގަ އެވެ. އެކަމަކު އެ ޖަލުގެ ހާލަތު ދަށް ކަމަށް ބުނެ ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ޔާމީނަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ވަނީ މާލެ ޖަލު ކައިރިއަށް އެއްވެ އަޑު ވެސް އުފުލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޔާމީން ހުންނެވީ ހަތަރު ފޫޓު/ ހަ ފޫޓު ގޮޅިއެއްގަ އެވެ. އެއީ މާލެ ޖަލުގައި ހުންނަ އެންމެ އުނދަގޫ ގޮޅި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ފާހަނާ ތަށި ފްލަޝް ނުކުރެވޭ އިރު، ޔާމީން އޮށޯވެގެން އޮންނަވަނީ ހަމަ އިސްކޮޅު ނުލިބޭ ތަނެއްގައި ކަމަށް އެމީހުން ބުނެ އެވެ.
މިހާރުގެ ސަރުކާރުގެ ވެރިންނާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތް ކުރެއްވި އެކަމަކު މިހާރު ޔާމީންގެ ހިމާޔަތުގައި އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ގެކޮޅުގައި ހުންނެވޭނެ ގޮތް ހަދައިދިނުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮމީތަރބް ބަކައްޗަން
01 December 2019
މިކަލޭގެ ޖަލަށް ލިތާ އަދި މިއުޅެނީ 30 ގަޑިއިރު ނުވެގެނެވެ. އެޗްރާސީއެމް އިން އޭނާގެ ހާލުބަލަން ގޮސް، އެކޮއި އައިޖީއެމްއެޗް އަށް ދައްކައި، އޭނާގެ ބަޔާޅީސް ވަކީލުންނާއި ބައްދަލުވެ، އޭނާ އޮތް ޖަލުކޮޅުގައި އޭސީ އާއި ހޫނު ފެނާއި ލެދަރު ސޯފާ ނެތިގެން މައްސަލައަކަށް ވެއްޖެއެވެ. ވިސްނާލާށެވެ! މާލޭ "ބޭފުޅު" އިއްޒަތްތެރިންނާއި އާންމު ފަރުދުންނާއި މެދު ކުރާ ތަފާތުގެ ބޮޑުކަމާއި އެވެ!
ދުން
01 December 2019
ހައުދަހާ އަވަހަށް
ގުރޮ
30 November 2019
ރައީސް ޔާމީނާ ދޭތެރޭ ވަރަށް ހަސަދަ ވެރިވާ ބައެއްދޯ ޒާތީ ވިޔަސްް ބޮޑިވަރު
ފިރަ
30 November 2019
ރައީސް ޔާމީންގެ ހިއްވަރު ގަދަ ކަމަށްޓަކާ ޝުކުރު ކުރަން. ރައްޔިތުންނަށް އެތައް ގިނަގުނަ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވީ ރައީސް ޔާމީން. ކެނެރީގެ ނަސީދު އުޅޭ އައްޗީޑި ގޮތަކަށް ރައީސް ޔާމީނެއް ނުއުޅުއްވާނެލ
ހުދަންބަރު
30 November 2019
ބައްލަވާ ..ޖަލަކީ އެއަރކޯންކޮށްފަ ހުންނަ ގަނޑުވަރެއްނޫން .. ޖަލަށް ޖަލޭ ކިޔަނީ އެހުރިހާ ކަންތައްތަކުން މަޙްރޫމްކޮށް، އަލުން އެމީހަކު ކޮށްފައިވާ ނުބައިކަމެއްގެ ހިތިރަހަދެކި، އެކަމަށް ތައުބާވެ، އަލުން މުޖުތަމަޢުއަށް ނެރުމަށްލެވޭ "ކޮއްޓެއް" އެއީ .. އެއީ ފަހަރެއްގައިވެސް ގަނޑުވަރެއްނޫންއިނގޭތޯއެވެ. ޔާމީނަށްވީމާ ވަކުން ގަނޑުވަރެއް ދޭންޖެހޭ ސަބަބެއް އެބައޮތްތޯއެވެ.
ފަރޭ
30 November 2019
ނިކަމެތިސޮރެއް ލައިފިނަމަ، އެކަކުވެސް ނުދާނެ. ދޭތެރެއަކުން ދެއްކުމަށް ވަދެލަފާނެއެވެ. ޤާނޫނުގައި އެންމެން ހަމަހަމަ. ކުރީގައި ރައީސްކަންކޮށްފައިވާމީހަކުނަމަވެސް ކުށެއްކޮށްގެން ޖަލަށްގެންދިޔައިމަ، އޭނާއަށްވަކިޚާއްޞަ ޢިނާޔަތްތަކެއްދީގެނެއްނުވާނެ. ހޮސްޕިޓަލަށް ގެންގޮސްވެސްބާއްވަންވާނީ ވޯޑުގަ އެހެންމީހުނާ އެއްހަމައެއްގަ. ޢިއްޒަތްދޭންޖެހޭނީ ޢިއްޒަތްތެރިންނަށް. ތިރައީސްވަނީ އޭނަގެ ޢިއްޒަތް އަމިއްލައަށް ކަފުންކޮށްފަ. އޭނަޖަލަށްލީ ހަމަހުއްޓާތަ!
ޒުވާނާ.
30 November 2019
ކީއްކުރަން ޖަލައްދާންޖެހުނީ މިސްކިތުގަ އިނދެ ދުވާކުރީ މަތަ ވައްކަ މައް ނޫނެކޭ
އަހުމަދުބޭ
30 November 2019
މިއީ އުވާލަން ޖެހޭ މުއައްސަސާއެއް، މިމުއައްސަސާޔަކާ ހެދި ކުއްވެރިއަކަށް އަދަބެއް ދެވޭނެ ގޮތެއްނެތް، ކުށެއްނުކޮށް ހާލްގައި އުޅޭ އެއްވެސް އިންސާނެއްގެ ރައިޓެއް އޮންނަކަމަކަށް މިމުއައްސަސާއަކަށް ނުފެނޭ، ހައްތާވެސް ދުވަނީ ކުއްވެރިން ސަލާމަތްކުރަން
ކުޑޭ
30 November 2019
އަޅެ ދެން ކީކޭދޯ ބުނާނީ، މިމީހުންނާހެދި ނެތޭ ކުއްވެރިއަކަށް އަދަބެއް ދެވެންވެސް، ތިޔަ ކޮމިޝަން އުވާލަންވީ، ދައުލަތުން ކުރާ ބޭކާރު ހަރަދެއް
ޚހ55
30 November 2019
ޢަސްލުގައިވެސް ރައީސް ޔާ މީން މިހާރުން މިހާރަށް ދޫކޮއްލާ