ދުނިޔެ

ހަމާސް އިން ބުނަނީ ޕެރޭޒަކީ މުޖްރިމެއް ކަމަށް، އައްބާސް ވިދާޅުވީ އެއީ ހިތްވަރުގަދަ ބޭފުޅެއް ކަމަށް

އިޒްރޭލުގެ ކުރީގެ ރައީސް ޝިމޮން ޕެރޭޒް (ކ) އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ސަލާމް ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް

29 ސެޕްޓެމްބަރ 2016 - 16:23

ގުދުސް (ސެޕްޓެމްބަރު 29) - އަވަހާރަވި އިޒްރޭލުގެ ކުރީގެ ރައީސް ޝިމޮން ޕެރޭޒަކީ މުޖްރިމެއް ކަމަށް ހަމާސް ޖަމާއަތުން ބުނިއިރު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ޕެރޭޒަކީ ހިތްވަރުގަދަ ލީޑަރެއް ކަމަށް ސިފަ ކުރައްވައިފަ އެވެ.

ގާޒާގައި ވާހަކަ ދައްކަވަމުން ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހުރީ ވިދާޅުވީ ޕެރޭޒް އަވަހަރާވުމުން ފަލަސްތީނު މީހުންނަށް އުފާވެރިކަން ލިބިފައިވާ ކަމަށެވެ. އަދި ޕެރޭޒަކީ ޔަހޫދީންނަށް ފަލަސްތީނުގެ ވަޒަންވެރިކަން ހޯދައިދޭން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅަނގު އައްސޭރީގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޕެރޭޒަކީ ފަލަސްތީނާ އެކު ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ބައިވެރިއެއް ކަމަށެވެ. އަަދި އައްބާސް ވަނީ ޕެރޭޒްގެ އާއިލާ އަށް ތައުޒިޔާ ރައްދު ކުރައްވައިފަ އެވެ.

1994 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ވަނީ ޕެރޭޒް (މ) އާއި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތާއި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ރަބީން އަށް ލިބިވަޑައިގެންފައި.

ޕެރޭޒް އަވަހާރަވީ މީގެ ދެ ހަފުތާ ކުރިން ސްޓްރޯކެއް ޖެހިގެން ތެލް އަވީވުގެ ޝެބާ މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިޒްރޭލް، 1948 ވަނަ އަހަރު އުފެއްދި ފަހުން ޕެރޭޒް ވަނީ ގާތްގަނޑަކަށް ހުރިހާ ސިޔާސީ އޮފީހެއްގައި މަސައްކަތް ކުރައްވައިފަ އެވެ. އިޒްރޭލުގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ ޕެރޭޒް އިޒްރޭލުގެ ރައީސްކަން ކުރެއްވީ 2007 އިން 2014 އަށެވެ. އޮސްލޯ ސުލްހައިގެ އެއްބަސްވުމަށް ކުރެއްވި މަސައްކަތާ ގުޅިގެން 1994 ވަނަ އަހަރު ވަނީ ޕެރޭޒަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ. އެ ފަހަރުގެ ސުލްހައިގެ އިނާމު ވަނީ ޕަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތަށާއި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ޔިޒަކް ރަބީން އަށް ވެސް ލިބިވަޑައިގެންފަ އެވެ.

އިޒްރޭލުގެ ކުރީގެ ރައީސް ޝިމޮން ޕެރޭޒް (ކ) ފަަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތާ ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ޕެރޭޒް ވަނީ ފަލަސްތީނާއި އިޒްރޭލުގެ ސުލްހަ އަށް މަސައްކަތް ކުރުމަށް އެމަނިކުފާން އުފައްދަވާފައިވާ ޕެރޭޒް ސެންޓަ ފޯ ޕީސްގައި މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ.

ޕެރޭޒަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވީ ވެސް ފަލަސްތީނާ އެކު ސުލްހަ ގާއިމް ކުރުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. ޕެރޭޒް އެއް ފަހަރަކު ވަނީ ފަލަސްތީނަކީ އެންމެ ގާތް އަވަށްޓެރިއާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަލަސްތީނު މީހުންނަކީ އެންމެ ގާތް ރަހުމަތްތެރިންނަަށް ވެދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454