އެމެރިކާގައި ވަނީ "ކޮސްމިކް ކްރިސްޕް" ގެ ނަމުގައި މުޅިން އާ ވައްތަރެއްގެ އާފަލެއް އުފައްދާފައި
03 ޑިސެމްބަރ 2019 - 08:17
ހަލާކު ނުވެ އެއް އަހަރު ވަންދެން ހުންނާނެ ކަމަށް ބުނާ، އާފަލުގެ އާ ބްރީޑެއް، 20 އަހަރު ދުވަހުގެ މަސައްކަތުން އުފަންކޮށްފި އެވެ.
"ކޮސްމިކް-ކްރިސްޕް" ގެ ނަން ދީފައިވާ މި އާފަލަކީ ހަނީކްރިސްޕް އަދި އެންޓަޕްރައިސް އާފަލުގެ ބްރީޑްތައް އެއްކޮށްގެން އުފަންކުރި ވައްތަރެކެވެ. މި އާ ބްރީޑް އެންމެ ފުރަތަމަ މުޑުވައްކުރީ 1997 ވަނަ އަހަރު ވޮޝިންޓަން ސްޓޭޓް ޔުނިވަސިޓީގަ އެވެ.
މި އާފަލު އުފެއްދުމަށް 10 މިލިއަން ޑޮލަރު ހަރަދުވި ކަމަށްވެ އެވެ.
މި އާފަލު ހެއްދުމުގެ ހުއްދަ ހަމައެކަނި އެމެރިކާގެ ދަނޑުވެރިންނަށް ކުރިއަށް އޮތް 10 އަހަރަށް ވަނީ ދީފަ އެވެ.
"މިއީ އެހެން އެއްވެސް އާފަލަކަށް ވުރެ މުރަނަ އެއްޗެއް. ވަރަށް އޮމާންވާނެ. ރަހަތައް ވަރަށް ހެޔޮވަރުވާނެ އަދި ވަރަށް ޖޫސީ ވާނެ،" ވޮޝިންޓަން ސްޓޭޓް ޔުނިވަސިޓީގައި މި އާފަލު އުފެއްދުމުގައި އުޅުއްވި ކޭޓް އީވާންސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ކާލަން ވަރަށް ފަސޭހަ އަދި ފްރިޖުގައި 10-12 މަސް ދުވަސްވަންދެން އެއްވެސް ގޮތެއް ނުވެ ހުންނާނެ މޭވާއެއް ކަމަށެވެ.
މި އާފަލުގެ 12 މިލިއަން ގަސް މުޑުވައްކޮށްފައި ވާއިރު މި ގަސްތައް ހައްދަން ދަނޑުވެރިންނަށް ލައިސަންސް ދޭނީ ވެސް އެމެރިކާގެ ވަކި ހިސާބުތަކެއްގައި ހައްދަން ޝަރުތުކޮށް ހަރުކަށި ގަވައިދެއްގެ ދަށުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްކަނޑު
03 December 2019
ތިކާން ހެޔޮ ނުވާނެ. ތިއީ ޖެނެޓިކަލީ މޮޑިފައި ކޮށްފަ ހުންނަ މޭވާ.
ގައުމުގެ ދޫ
03 December 2019
ރާއްޖޭގެ ކަނޑުތަކުގާ ތިއަށްވުރެ މާ ގިނަދުވަހު ހަލާކުނުވެ މަސް ހުރޭ!
ދައްސޫރަ
03 December 2019
ޕުލާސްޓިކް އެޕަލް ޔަގީން
ހޮޓްކިންގ
03 December 2019
ތިއުޅެނީ މާ ފަހަތުގައި. ތިއަށްވުރެން މާ ގިނަދުވަހު ހުންނަ އާފަލެއް މިވެރިކަމުގައި ރާއްޖޭގެ އެގްރިކަލްޗާ މިނިސްޓަރު ވަނީ އީޖާދު ކޮށްފައި. މިހާރު ދަނީ ހައްދަމުން ގަސްގަހުން ބިންނަމުން.