ނިދާނެ މީހުން ހޯދަނީ ވޭކްފިޓުން.
04 ޑިސެމްބަރ 2019 - 07:28
އިންޑިއާގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ގޮދަޑިއެއް ޓެސްޓްކުރުމުގެ ގޮތުން އިންޓާންއެއްގެ ގޮތުގައި ތިން މަސް ދުވަސް ވަންދެން އޭގައި ނިދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ބެންގަލޫގެ ވޭކްފިޓުން ބުނިގޮތުގައި އަލަށް ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ ގޮދަޑީގައި 100 ދުވަސްވަންދެން ކޮންމެ ރެއަކު 9 ގަޑިއިރު، ނިދާ ހެދުމުގައި ނިދާނެ މިހުން ބޭނުންވެ އެވެ. މިކަމަށް ހޮވޭ މީހުންނަށް އިނާމެއްގެ ގޮތުގައި އެއް ލައްކަ ރުޕީސް (21,521ރ.) ލިބޭނެ އެވެ. ނިދާނެ ގޮދަޑި އާއި ޕަޖާމާ ވެސް ބައިވެރިންނަށް ވޭކްފިޓުން ދޭނެ އެވެ.
Looking for your #DreamJob? Wakefit presents The Sleep Internship! All you have to do is sleep. 9 hours a night. 7 days a week. 100 nights. Do you have it in you?
— Wakefit Mattress (@WakefitMattress) November 25, 2019
Apply to be a #sleepintern now: https://t.co/PE6VB9lSby. pic.twitter.com/OqxIIJzlBW
ވޭކްފިޓުން ބުނިގޮތުގައި މިކަމަށް ކުރިމަތިލެވޭނީ ހަމައެކަނި އިންޑިއާގައި ދިރިއުޅޭ އެ ގައުމުގެ 25 އަހަރުން މަތީގެ މީހުންނަށެވެ. އަދި ވޭކްފިޓްގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވަތަ މުވައްޒެއްފެއްގެ އާއިލާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ޝައުގުވެރިވާ އެ ނޫން މީހުންނަށް ވޭކްފިޓްގެ ވެބްސައިޓް މެދުވެރިކޮށް މިހާރު އެޕްލައިކުރެވޭނެ އެވެ.
ވޭކްޕިޓުން ބުނިގޮތުގައި މިކަމަކީ އަލަށް ނެރެން ނިންމާފައިވާ ގޮނދަޑީގައި ކިހާ އަރާމުކޮށް ނިދައިލެވޭތޯ ބެލުމުގެ ގޮތުން ކުރާ ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy