އަފްޣާނިސްތާނުގެ މަގެއްގައި ފުލުހުން ހަރަކާތްތެރިވަނީ: އެ ގައުމުން ހައްޔަރުކުރި ދިވެއްސަކަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/އޭޕީ
03 ޑިސެމްބަރ 2019 - 16:08
އަފްޣާނިސްތާނުގައި ދިވެއްސެއްގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އަފްޣާނިސްތާނުގައި އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާ އާއި އޭނާގެ އަންހެނުންނާއި ދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރު ކުރުމަށް ފަހު ކަމަށެވެ.
އެ ބަޔާނުގައި ވަނީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އަދި ޕާކިސްތާނުން ޝާފިއު އަފްޣާނިސްތާނަށް ދަތުރުކުރީ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚޮރަސާން ޕްރޮޮވިންސާ ގުޅުމަށް ކަމަށާއި އަދި އައިއެސްއާ ގުޅުންހުރި ވީޑިއޯއެއް އޭނާގެ އަތުން ފެނުނު ކަމަށް ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމުން އަފްޣާނިސްތާނުގެ ފުލުހުންނާ ގުޅިގެން ދިވެހި ފުލުހުން ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށާއި އޭނާ އެ ގައުމަށް ފޮނުވުމުގައި ހަރަކާތްތެރިވި އިސް މީހުންގެ މައުލޫމާތު ވެސް އަފްޣާނިސްތާނުގެ ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ޝާފިއުގެ މައްޗަށް އަފްޣާނިސްތާނުގެ ފުލުހުން ތަހުގީގު ހިންގައި، ޝަރީއަތް ކުރުމަށް ފަހު ޓެރަރިޒަމްގެ ކުށުގައި އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ އޭނާ އަކީ ދީނީ ހަރުކަށި ފިކުރުގެ މީހެއް ކަމަށާއި އޭނާ ސީރިއާއަށް ދިއުމަށްޓަކައި 2015 ވަނަ އަހަރު ފުރަން އުޅެނިކޮށް ވެސް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބ. ހިބަޅިދޫއިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަށާއި އެކަމަކު ކުށް ސާބިތު ކުރެވޭނެ ހެކި ނެތުމުން 2016 ވަނަ އަހަރު އޭނާ ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ޝާފިއުގެ މައްޗަށް ކުށް ސާބިތު ނުކުރެވިގެން އޭނާ ދޫކޮށްލީ ކަމަށް ފުލުހުންގެ ބަޔާނުުގައި އޮތަސް، އެ މައްސަލާގައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ދައުލަތުން ނުކުރެ އެވެ. އެ މައްސަލާގައި ދައުވާކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްގޮވާ
04 December 2019
މިހާރު ދެން އަހައްނަވެސް ގަބޫލުކުރެވިއްޖެ ސަރުކާރުން ދައްކާވާހަކަ ދިވެހިން ހަދގުރާމައަށް ދާވާހަކަ. ކުރިން ގަބޫލުނުކުރަން.
އަހުމަދު.
04 December 2019
ހުންނާނީ ރާކަނިމަސްކެވިފަ. އެކަމަކު އޭނަގެ ދަރިން ބިކަހާލުގައި ޖެހުމަކީ އެދަރިންގެ ކުށަކަށްނުވާނެ. އަކަމަކު ޖިހާދުކުރަން ދަސްވެފަ ހުންނާނީ. 21 އަހަރު ޖަލުގަ ހޭދަކޮށްލާއިރު ރަނަގަޅަށް ޖިހާދުކުރަންދަސްވެފަ ހުންނާނީ.
ބައޯކަލޯ
04 December 2019
ތިޔައޮތީ ހަމަރަނގަޅަށް ހައްޔަރުކޮއްފައި.......
އެކްސްޕާޓް
04 December 2019
އޭނާ އެ ގައުމަށް ފޮނުވުމުގައި ހަރަކާތްތެރިވި އިސް މީހުންގެ މައުލޫމާތު ވެސް އަފްޣާނިސްތާނުގެ ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ކޮބާ އެ މީހުން؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ޢަބްދުﷲނާފިޒް
04 December 2019
ޝާފިއު 21 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުން، އޭނާގެ އަނބި ދަރިންނާ ދޭތެރޭ ނިންމީ ކިހިނެއްބާ!؟ އަނެއްކާ ޖާރިއާ.................
އަހުމަދު.
04 December 2019
އަނބިދަރިންނަށް ކިތަންމެ ދެރަގޮތެއް ވިއަސް އޯކޭނޫން. އަނބިމީހާވެސް ރުހިގެންތަ އެދިއައީ. ވީމާ 21 އަހަރުވާއިރު އަނބިމީހާއަށްވެސް ރަނގަަޅަށް ޖިހާދުކުރަން ދަސްވެފަ ހުންނާނީ.
ދޯ ކާ
03 December 2019
ކކކޮންތާ ކުން ލިބުނެ ހަތިޔާރެއްތަ! އެސޮރަށް އެތެރެކ ކުރީތަ !
falcon_autho
03 December 2019
ދެންތިމީހާވެސް ގެނެސް ރިހަބިލިޓޭޓް ކުރަންވީނުން.
ހޭކެނޑޭ
03 December 2019
ތީގެ އެއްވެސް މީހަކު މި ރާއްޖެ އަށް ނުގެންނާތި. މަމެން ދަޢުލަތައް ދައްކާ ޓެކްސް ފައިސާ ތިވެރިންނަށް ޙަރަދު ކުރާކަށް މިތަނަށް ގެނައުގެ ބޭނުމެއްނެތް. ދިވެހި ފުޅުހުންވެސް މަސައްކަތް ކުރަންވީ އެފަދަ މަޢުލޫމާތެއް ލިބިއްޖެ ނަމަ އެ ޤައުމު ތަކާއި ހިއްސާ ކޮއް އެވެރިން އެ ޤައުމު ތަކުގެ ޖަލު ތަކުގައި ހައްޔަރު ކުރެވޭތޯ. މިހެން ކަމަށް ވާނަމަ ދަޢުލަތުގެ ބަޖެޓަށްވެސް އެތައް ތަނަކުން ލުއި ވެގެން ދާނެކަމަށް ފެނޭ.
ލަވަކިޔާ އައްޔަ
03 December 2019
21 އަހަރު މާ މަދު. ތިޔަކަހަލަ މީހުން ޖަލަަށްލާން ޖެހޭނީ މުޅި އުމުރަަށް.
ހަސަނު
04 December 2019
މަރަށް މަރު... މަރުގެ އަދަބު ދީ...
ސަންރައިޒް
03 December 2019
ދެން އަނެއްކީ މިމީހުން ރާއްޖެ އަނބުރާ ގެންނާނީކީނޫން. އަމިއްލައަކަށްނު ގައުމުން ފައިބައިގެން ޖިހާދުވާންށޭ ކިޔާފަ ދިޔައީ. އަފްޣާން ޖަލުގަ ބައިތިއްބާ