05 ޑިސެމްބަރ 2019 - 14:14
އަންނަ އަހަރަށް ލަފާ ކުރާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން ބަޖެޓު ފާސްކުރީ 77 މެންބަރުންގެ ވޯޓުންނެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާ އާ އެކު ސަރުކާރުގެ ހަރަދުތަކާއި ޕީއެސްއައިޕީ މަޝްރޫތަކަށް ބަޖެޓު އިތުރު ވެގެންދާނެ އެވެ.
ބަޖެޓަށް އިތުރުވި އަދަދަށް ފައިނޭންސް ހޯދުމަށް ހަމަޖެހިފައިވަނީ ޓީބިލް ވިއްކައިގެންނެވެ. އެއާ އެކު 929 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ޖެހޭނެ އެވެ. މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 3 ބިލިއަންގެ ޓީބިލް ވިއްކާފަ އެވެ. ޓީބިލްގެ އިތުރުން ޖަޕާނު މާކެޓަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ފާސްކުރި ބަޖެޓާ އެކު ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ޖުމްލަ ހަރަދު 37 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ އެވެ.
ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ ޖުމްލަ ޚަރަދުގެ 59 ޕަސެންޓެވެ. ގާތްގަނޑަކަށް 22 ބިލިއަން ރިކަރަންޓް ހަރަދަށް ހޭދަކުރާ އިރު ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުތަކަށް 5 މިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަލުބަފާ
06 December 2019
ބަދަލުދޭބައި ހިމަނާލާފަ 1.5 ބިލިއަން ޖަހާލިނަމަ ފުރިހަމަވީސް
ދެޓްވޭ
05 December 2019
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި ނަމަ އެބަޖެޓްގައި ހިމެނޭ ކެޕިޓަލް އިންވެސްޓްމެންޓް އިން ޖެހޭނެއޭ ޚަރަދު ކުރަން މާލެ ސަރަހައްދަށް އެގޮތުން އެބަޖެހެއޭ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދީގެން ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިން ކުއްޔަށް ދޭން އައި ވޮނާ އިޓް ދެޓް ވޭ...
ޙަނުހުންނަ މީހާ1
05 December 2019
އަޖައިބެއް 14 ބުލިޔަނުގައި ބަޖެޓް ހުރި އިރު މުސާރަބޮޑުކުރިފަހުން މުސާރަބޮޑުކުރީކީނޫން ދެންކީއްވެ ރިކަރަންޓް ޚަރަދު 22 ބިލިޔަނަށް އަރަންވީ އެހެން ވާންޖެހޭނީ ހަމައެކަނި ސަރުކާރުން ބޭކާރު ޚަރަދުކުރަންޏާ މިސާލަކަށް ބޭކާރު ދަތުރުތައް މުނާސަބަތުތައް ފާހަގަކުރަން ކުރާ ބޭކާރު ޚަރަދު
ހަކީމް
06 December 2019
ބާކީ ބައި އެއީ ސިޔާސީ މަގާމުތަށް ގިނަވެ، ސަރުކާރު ފަލަވެ މަސްޖަހާފައި ވާތީވެ. އޭގެން ސިޔާސީ މަގާމެއްގެ މުސާރަ އަކީ އާދައިގެ ސިވިލް ސާރވަންޓެއްގެ 3 ގުނަ އާއި 10 ގުނަ އާއި ދޭތެރޭ. އަދި ކޯލިޝަންނެއް ވީމަ ބޯކިބާ ބޮޑަށް ފަޅަންވެސް ޖެހޭ.
ހައްސަބިލިއަނޭ
05 December 2019
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ރައްޔިތުން ފެލާލައިގެން އިންކަމް ޓެކްސް އާއި އުނގު ޓެކްސް ނަގައިގެންނޭ ތަމެންގެ ލޭޒީ ހޮލިކް ސަރުކާރަށް ވެރިކަން ކުރަން އިނގެނީ މަމެން ޕިންކީން ވެރިކަން ކުރި އިރު އެއްވެސް ރައްޔިތެއްގެ އަތުން ޓެކްސް ނުނަގައޭ މަމެން ވެރިކަން ހިންގަން ރޭވީ އެގޮތުން މަމެން މިއަދާއި ހަމައަށް ތިބި ނަމަ މާލެ ސަރަހައްދުގެ ބިން ތައް ކުއްޔަށް ދީގެން ހުންނާނީ
ދެރަކަމެއް
05 December 2019
22 ބިލިއަން ރިކަރަންޓް، ކީއްކުރަން؟؟
ރިކަރަންޓު
05 December 2019
ރިކަރަންޓު ޙަރަދު ހިނގަނީ ކޮން ކަންތަކަކަށް ކަން އިނގޭތަ.
ބޮޓޮމްލއިން
05 December 2019
ކެޕިޓަލް އަށް 5 މިލިޔަން... އަކީ ޖޯކެއް
1234
05 December 2019
ސަރުކާރުގެ ހުރިހާ ފައިސާއެއް މުސާރައަށްދީފަ ރަސްމީ ދަތުރުތަކަށް ހުސްކޮށްލީމަ އެއޮތީ ދިވެހިން ބޭނުންވާ ޖަޒީރާ ރާއްޖެއަށް އާދެވިފަ.. ތަރައްގީގެ އެންމެ ޕްރޮޖެކްޓެއްވެސް ނެތް ފެށިފަކާ ގައުމަށް އިތުރު ފައިސާ ވަންނާނެ ގޮތެއް ނެތް ހޯދިފަކާ!
ހަނުހުންނަ މީހާ1
05 December 2019
ކަލޯ ސިވިލް ސާވިސް މީހުންނަށް މުސާރައަށް ވަރަށް ބައުވަރުދޭ އަންނި ދައުރުގައި މުސާރަ ބޮޑުކުރި ފަހުން އަދި ކަހާތަން ހިރުވާވެސް ނުލާ އޭގެ ފަހުން މުދަލުގެ އަގު 5ގުނައަށް ބޮޑުވެއްޖެ
ޙްމް
05 December 2019
ރިކަރަންޓް 50% އައް ތިރި ނުކޮށް އެއްކަމެއްވެސް ނުވާނެ.