އިންޑިއާގައި ރޭޕުގެ މައްސަލަ ބޮޑު. --ފޮޓޯ:ގެޓީ އިމޭޖަސް
05 ޑިސެމްބަރ 2019 - 13:46
އުއްތަރަ ޕްރަދޭޝް (ޑިސެމްބަރު 5) - ރޭޕުގެ ޝިކާރައަކަށްވި އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 23 އަހަރުގެ އަންހެނަކު ކޯޓަށް ދަނިކޮށް އޭނާގެ ގައިގައި ބަޔަކު ރޯކޮށްލައިފި އެވެ.
އަންހެން މީހާ އުއްތަރަ ޕްރަދޭޝްގެ ކޯޓަށް ދިޔައީ މާޗު މަހު އޭނާ ހުށަހެޅި މައްސަލައިގެ އަޑުއެހުމަކަށެވެ. ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށްވެ އެވެ.
އަންހެން މީހާގެ ގައިގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން މީހާ ރޭޕްކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ގްރޫޕަކުން ހަމަލާ ދީ އަންހެން މީހާގެ ގައިގައި ރޯކޮށްލި އޭނާ ކޯޓަށް ދިއުމަށްޓަކައި ރޭލް ސްޓޭޝަނަށް ދަނިކޮށެވެ. ފަސް މީހުން ވަނީ އަންހެން މީހާ ދަމާފައި ދަނޑަކަށް ގެންގޮސް ރޯކޮށްލައިފަ އެވެ.
ނޮވެމްބަރު 27 ވަނަ ދުވަހު ވަނީ ހައިދަރުއާބާދުގައި އުމުރުން 27 އަހަރުގެ އަންހެނަކު ރޭޕްކޮށް އޭނާގެ ގައިގައި ރޯކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތާދޫ ބައްތި (ފިރިހެން)
05 December 2019
މިވަރު ބަޔަކު ކިހިނެއް އެހެން ބަޔަކަށް އެހީ ދެވޭނީ؟
ފަރޭ
05 December 2019
ސުބްޙާނަﷲ! މިވަރުގެބަޔަކު ނުދެކެން! މިހާވަރުއަރުވާލާއިރުވެސް ލީޑަރުން ހައްޕުގަ! އެންމެބޮޑު ޑިމޮކްރަސީގައި ޒުވާންފުރަޔަށްއަރާ އަންހެންކުއްޖަކަށް ޢިއްފަތްތެރިކަމާއިއެކު ޒުވާންކަމަށްއައުދެވުމުގެ ޙައްޤު ކޮބައިތޯ! ބީޖޭޕީގެ ވެރިކަމުގައި ހައުދަހައިވާގިނަ މިކަހަލަ ރޭޕެކޭ!
ކިޔު5
05 December 2019
މިމީހުން އިންސާނީ ހައްގޭ ޑިމޮކްރަސީއޭ ކިޔައި އަނގަ ހުޅުވާއިރު ބަލަންތިބޭމީހުން ހިތައް އަރާނީ ކީކޭބާ!!؟؟
falcon_autho
05 December 2019
އިންޑިއާގެ ނަން ރޭޕިގެސްތާނަށް ބަދަލުކޮށްލަނިކޮށް ހަމަޔަކަށް އެޅިދާނެ.
އަލްކޯ
05 December 2019
ރަނގަޅުވާހަކައެއް. ނުކިޔާވަރެއްނޫންކަންނޭނގެ. ނޫނީ އެހެންތަންތަނުގައި ކޮށްލާވަރު ނޭނގެނީބާ ނޫނީ ހަމަމިވަރުނުވަނީބާ؟؟
ލައްޗޭ
05 December 2019
އެއްކަލަ ރޭޕިސްތާން