ލަންކާގެ ރައީސް ގޮތަބަޔާ އާއި ޝާހިދު ބައްދަލު ކުރައްވަނީ: ލަންކާގެ ރައީސާއި ބޮޑުވަޒީރާ ޝާހިދު ވަނީ ބައްދަލު ކުރައްވާފައި -- ފޮޓޯ/ފޮރިން މިނިސްޓްރީ
06 ޑިސެމްބަރ 2019 - 14:35
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ރައީސް ގޮތަބަޔާ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސްއާ މިނިސްޓަރު ޝާހިދު ވަކިވަކިން ބައްދަލު ކުރެއްވީ އިއްޔެ ކަމަށެވެ.
އެ ބައްދަލު ކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އެ ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުރިއަށް ވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބައްދަލުވުމުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ލަންކާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ކުރީގެ ޑިފެންސް ސެކެޓްރީ ގޮތަބަޔާ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބޮޑުވަޒީރު ކަން ދެއްވީ ކުރީގެ ރައީސް އަދި އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރެން 2
07 December 2019
ދިވެހިންނަށް ވިސާގެ އުނދަގޫ ވަރަށް ބޮޑު . މިމީހުން ބައްދަލު ކޮށް ކޮށް ތިބެނީ . ހުރިހާ މޮޅެއް ބޮޑުންނަށް
ޑރ. ރާމީ ހަސަން
07 December 2019
ރާޖަޕަކްސަ ގެ އާއިލާ އިން މިހާތަނަށް ރާއްޖެއާއި ދޭތެރޭ ކަންތައްކޮށްފައި ވަނީ ލޯތްބާއި، ހަމްދަރުދީ އާއި ރުހުމާއި އަޅާލުމާއި އަންޑަރސްޓާންޑިންގް އާއި އެކު. ރާއްޖެ އަށް ފަހި ވާގޮތަށް. ނިމިދިޔަ ޔޫ.އެން.ޕީ ސަރުކާރުން ރާއްޖެއާއި ދޭތެރޭ ދެކުނީ ނަފްރަތުގެ ލޮލުން.
ފޭދޫ
06 December 2019
ޝާހިދު އެއްގޮތަކަށްވެސް މާލޭގައި ނުހުންނާތި.