ބިލީ.
08 ޑިސެމްބަރ 2019 - 07:30
މި އަހަރުގެ ކުރީކޮޅު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "އަލައްދިން" ގެ ލައިވް-އެކްޝަން ފިލްމުގެ ސްޕިންއޮފެއް ހަދަން ނިންމައިފި އެވެ.
އަދި ނަން އިއުލާންނުކުރާ މި ފީޗާ (މިނީ ސީރީޒް) ފައްކާކުރަނީ "އަލައްދިން" ގައި އެކްޓަރު ބިލީ މެގްނަޒަން ކުޅުނު ކެރެކްޓާ ޕްރިންސް އެންޑާޒްގެ ކެރެކްޓާ އިން ކުރި ފަޅުވައިގެންނެވެ. އެ ކެރެކްޓާ އަށް ބިނާކޮށް، ފިލްމުގެ ސްކްރީންޕްލޭ މިހާރު ވަނީ ޖޯޑަން ޑަން އާއި މައިކަލް ވޭމާ ހަވާލުކޮށްފަ އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވަނީ "އަލައްދިން" ގެ ވެސް ޕްރޮޑިއުސަރުން ކަމަށްވާ ރައިޑްބެކް ސްޓޫޑިއޯގެ ޑޭން ލިން އާއި ޖޮނަތަން އެއިރިޗެވެ. އަދި އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ރަޔަން ހަލްޕްރިން ވެސް ހިއްސާވާނެ އެވެ.
ނަަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ކެރެކްޓާއެއް ކަމަށްވާ ޕްރިންސް އެންޑާޒްގެ ރޯލް ކުޅުނު ބިލީ، 34، "އަލައްދިން" ގެ ސްޕިންއޮފަށް ސޮއިކުރި އިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު ރިލީޒްކުރާ ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އިންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެޓްފްލިކްސް އިން ސްޓްރީމްކުރި ސުޕަނެޗްރަލް ހޮރޯ "ވެލްވެޓް ބަޒްސޯ" އިން ފެނިގެން ދިޔަ ބިލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ މެނީ ސެއިންޓްސް އޮފް ނެވާކް" އާއި "ހެރީ ހާފްޓް" ހިމެނެ އެވެ.
ޑިޒްނީ+ އަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ތައާރަފުކުރި ޑިޒްނީ ސްޓޫޑިއޯގެ ސްޓްރީމިން ޕްލެޓްފޯމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy